މަރުކުސް 1:43 - ކިތާބުލް މުޤައްދަސާ43-44 ދެން އީސާގެފާނު އެމީހާއަށް ގަދައަށް އިންޒާރު ކުރައްވާ ފޮނުއްވާ ލައްވަމުން ވިދާޅުވިއެވެ. ”އަޑުއަހާ، މި ވާހަކަ އެއްވެސް މީހެއްގެ ކައިރީގައި ނުބުނާތި. އެހެނަސް ސީދާ ގޮސް ތިބާ އިމްތިޙާނު ކުރުމަށްޓަކާ އިމާމަކަށް ހަށިގަނޑު ދައްކާ. އެއަށް ފަހު ތިބާގެ ބަލިން ރަނގަޅުވެ ތާހިރުވެއްޖެކަން މީސްތަކުންނަށް ސާބިތުކޮށްދިނުމުގެ ގޮތުން މޫސާގެފާނު އަމުރުކުރެއްވި ޤުރުބާންތައް ކުރޭ.“ အခန်းကိုကြည့်ပါ။ |