Biblia Todo Logo
အွန်လိုင်း သမ္မာကျမ်းစာ

- ကြော်ငြာတွေ -




މަރުކުސް 1:41 - ކިތާބުލް މުޤައްދަސާ

41 މި މީހާ އާއިމެދު އެކަލޭގެފާނު ހަމްދަރުދީވެ ވަޑައިގެން އީސާގެފާނުގެ އެކަލޭގެފާނުގެ އަތްޕުޅު ދިއްކުރައްވައި އެމީހާގެ ގައިގައި ބީއްސަވައި ވިދާޅުވިއެވެ. ”⁠އަހަރެން އެދެން. ސާފުވެ ތާހިރުވޭ!⁠“

အခန်းကိုကြည့်ပါ။ ကော်ပီ




މަރުކުސް 1:41
12 ပူးပေါင်းရင်းမြစ်များ  

ދެން މާތްކަލާނގެ ވަޙީކުރެއްވިއެވެ. ”⁠އަލިކަން ފާޅުވޭ!⁠“ ދެން ހަމަ އެއާއެކު ދުނިޔެ އަލިވެގެން ދިޔައެވެ.


އެކަލޭގެފާނުގެ އަރިހަށް އައިސްތިބި ގިނަ މީސްތަކުން ފެނިވަޑައިގެން އެކަލޭގެފާނު އެމީހުންނާމެދު ހަމްދަރުދީވެ ވަޑައިގެންނެވިއެވެ. ސަބަބަކީ އެބައި މީހުން ވަނީ ހުއިހައްޕާ ދޭނޭ މީހަކު ނެތި، އެތަން މިތަނަށް ފެތުރި، ހާސްވެ އުންމީދު ގެއްލިފައިވާ ކަންބަޅިތަކެއް ފަދައިން ވެފައެވެ.


ޖުޒާމުބަލި ޖެހިފައިވާ ފިރިހެނަކު އީސާގެފާނުގެ އަރިހަށް އައިސް ކަކޫމައްޗަށް ތިރިވެ އާދޭސް ދެންނެވިއެވެ. ”⁠ކަލޭގެފާނު އެދިވަޑައިގަންނަވާނަމަ، ކަލޭގެފާނަށް އަޅުގަނޑު މި ބަލިން ފަސޭހަކޮށް ސާފުތާހިރު ކުރެވިދާނެ.⁠“


އެ ހިނދު އެމީހާގެ ބަލި ފަސޭހަވެ އަދި އޭނާ ތާހިރުވެގެން ވިއެވެ.


އީސާގެފާނު ތެދުވެ ވަޑައިގެން އެ ގަދަ ކޮޅިގަނޑު މަޑުވުމަށް އަމުރު އަމުރުކުރެއްވިއެވެ. އެ ހިނދު ވަޔާއި ކަނޑު އިހުނެކޭ ވެސް އެއްގޮތަށް ހަނުހިމޭން ވިއެވެ.


އެކަލޭގެފާނު އެ އަންހެންކުއްޖާގެ އަތުގައި ހިއްޕެވުމަށް ފަހު އެކުއްޖާއަށް ވިދާޅުވިއެވެ. ”⁠ތަލީތާ ކޮއުމް⁠“ މާނައީ ”⁠ކުޑަ ކަނބުލޯ، ތެދުވުމަށް އަހަރެން އަމުރުކުރަން!⁠“


އީސާގެފާނު ދޯނިން ފައިބައި ވަޑައިގެންނެވި ހިނދު އެއްވެފައިވާ ގިނަ މީސްތަކުން ފެނިވަޑައިގަންނަވާ އެ މީހުންނާއިމެދުގައި ހަމްދަރުދީވެ ވަޑައިގެންނެވިއެވެ. ސަބަބަކީ އެބައިމީހުން ވަނީ ހުއިހައްޕައިދޭނޭ މީހަކުނެތް ކަންބަޅިތަކެއް ފަދައިންނެވެ. އެހެންވީމާ، އެކަލޭގެފާނު އެބައިމީހުންނަށް އުނގަންނަވައި ދެއްވަމުން ގެންދެވިއެވެ.


އެ ދަރިކަލުންނަކީ މާތްރަސްކަލާނގެ ޖަލާލަތުވަންތަ ނޫރުފުޅެވެ. އެކަލާނގެ ޒާތުފުޅުގެ ނަކަލެވެ. މުޅި ކައުނު ހިފަހައްޓަވައި ދިރުން ދަމަހައްޓަވަނީ އެކަލޭގެފާނުގެ ބާރުފުޅުގަދަ ބަސްފުޅުންނެވެ. އެކަލޭގެފާނު އަހަރެމެންގެ ފާފަތަކުން ތާހިރުކޮށް ދެއްވުމަށް ފަހު އުޑަށް އަރާވަޑައިގެން އިށީނދެވަޑައިގަތީ ގަދަކީރިތިވަންތަ ރަސްކަލާނގެ ކަނާތްޕުޅު ފަރާތުގައެވެ.


މީގެ މާނައަކީ އެކަލޭގެފާނު ހުރިހާ ގޮތަކުން ވެސް އެކަލޭގެފާނުގެ މީހުންނާ އެއްގޮތްވާން ޖެހިވަޑައިގެންނެވި ކަމެވެ. އެއީ މާތްރަސްކަލާނގެ ހަޒްރަތުގައި އެކަލޭގެފާނަށް އޯގާތެރިކަމާއި އަދި ވަފާތެރިކަމާއެކު އުއްތަމަ އިމާމެއްގެ ގޮތުގައި ޚިދުމަތް ކުރެއްވޭނެ ގޮތް ވުމަށްޓަކައެވެ. އެއީ އެގޮތުން މީސްތަކުންގެ ފާފަތަކަށް ކައްފާރާއެއް ހުށަހެޅޭނެ ގޮތް މެދުވެރި ވުމަށްޓަކައި ވެސް މެއެވެ.


އެ އުއްތަމަ އިމާމު އަހަރެމެންގެ ބަލިފައި ދެނެވަޑައިގަންނަވަ އެވެ. އެހެނީ އަހަރެމެންނާ ކުރިމަތިވި ހުރިހާ އިމްތިހާނެއް އެކަލޭގެފާނާ ވެސް ވަނީ ކުރިމަތިވެފައެވެ. ވިޔަސް އެކަލޭގެފާނު ފާފައެއް ނުކުރައްވައެވެ.


ကြှနျုပျတို့နောကျလိုကျပါ:

ကြော်ငြာတွေ


ကြော်ငြာတွေ