Biblia Todo Logo
အွန်လိုင်း သမ္မာကျမ်းစာ

- ကြော်ငြာတွေ -




މަރުކުސް 1:32 - ކިތާބުލް މުޤައްދަސާ

32 އިރުއޮއްސެނިކޮށް އީސާގެފާނުގެ އަރިހަށް ތަފާތު ބަލި ޖެހިފައިވީ މީހުންނާއި ޖިންނި މޮޔަވެފައިވީ މީހުން މީސްތަކުން ގެނައެވެ.

အခန်းကိုကြည့်ပါ။ ကော်ပီ




މަރުކުސް 1:32
8 ပူးပေါင်းရင်းမြစ်များ  

މުޅި ސޫރިޔާ ސަރަހައްދުގައި އީސާގެފާނުގެ ޚަބަރުފުޅު ފެތުރިގެން ދިޔައެވެ. އަދި މީސްތަކުން އެކަލޭގެފާނުގެ އަރިހަށް ބަލިމީހުން ގެންނަމުން ގެންދިޔައެވެ. އެބައިމީހުންނީ ތަފާތު ބަލިމަޑުކަމުގެ ވޭން އުފުލަމުން ގެންދާ މީހުން ވެސް މެއެވެ. އޭގެ ތެރޭގައި އިންތިހާއަށް ވޭނުގައި ތިބި ފަރާތްތަކާއި ޖިންނީގެ އުނދަގުލުގައި ތިބި މީހުންނާއި ހޭނެތި އިދިފުށަށް ދަމާ މީހުންގެ އިތުރުން ވާބަލީގައި ތިބި މީހުން ހިމެނެއެވެ. އީސާގެފާނު މިހުރިހާ މީހުންގެ ބަލި ފަސޭހަ ކޮށްދެއްވިއެވެ.


އިރުއޮއްސުމާއި ކައިރިވެފައިވީ ހިނދު މީސްތަކުން ޖިންނި އަވަލާފައި ތިބި އެތައް ބަޔަކު އީސާގެފާނުގެ އަރިހަށް ގެނައެވެ. އީސާގެފާނު ވިދާޅުވި އެންމެ ބަސްފުޅަކުން ޖިންނިތައް ފައްސާލައްވައި އެމީހުން ރަނގަޅު ކޮށްދެއްވިއެވެ. އަދި އެތަނުގައި ވީ އެހެން ބަލިމީހުންގެ ބަލިތައް ވެސް އެކަލޭގެފާނު ފަސޭހަ ކޮށްދެއްވި އެވެ.


މިކަން މިހެން ހިނގީ ނަބީ ޔަޝަޔާޙުގެފާނުގެ ފޮތުގައި ލިޔެވިފައިވާ ކަންތައް އެފަދައިން ހިނގަދިއުމަށެވެ. ލިޔެވިގެން ވެއެވެ: ”⁠އަހަރެމެންގެ ވޭންތައް އެކަލޭގެފާނު އުފުއްލަވައެވެ. އަދި އެކަލޭގެފާނު އަހަރެމެންގެ ބަލިތައް ގެންދަވައެވެ.⁠“


އެއަށް ފަހު އީސާގެފާނާއި އެކަލޭގެފާނުގެ އަސްޙާބީން ވަޑައިގެންނެވީ ކަޕަރުނައުމްއަށެވެ، އަދި ޖެހިގެން އައި ސަބަތުގެ ދުވަހުގައި އީސާގެފާނު ދީނީ މަރުކަޒަށް އުނގަންނައި ދެއްވުމަށް ވަޑައިގެންނެވިއެވެ.


ޝަމްޢޫނުގެ މައިދައިތަ ކައިރިއަށް އެކަލޭގެފާނު ވަޑައިގަންނަވައި އެކަނބުލޭގެ އަތުގައި ހިއްޕަވާ ކޮޅަށް ތެދުކުރުމަށް އެހީތެރިވެ ވަޑައިގަތެވެ. އެ ހިނދު އެކަނބުލޭގެ ހުންފިލައި ރަނގަޅުވިއެވެ. އަދި އެކަނބުލޭގެ ތެދުވެ އެބޭކަލުންނަށް ފަރިއްކޮޅު ތައްޔާރު ކޮށްދެއްވިއެވެ.


އެތަނުގައި ތިބި ފަރީސީންނާއި ބައެއް އެހެނިހެން މީހުން އީސާގެފާނާމެދު ތުހުމަތު ކުރެވޭފަދަ ކަމަކަށް ބަލަބަލާ ތިބިމެއެވެ. އެގޮތުން، އީސާގެފާނު އެ ފިރިހެނާގެ އަތް ސަބަތުގެ ދުވަހެއްގައި ރަނގަޅު ކޮށްދެއްވާތޯ ވަރަށް ފަރުވާތެރިކަމާއެކު އެމީހުން ބަލަމުން ގެންދިޔައެވެ.


އިރުއޮއްސުމާއި ކައިރިވެފައި ވަނިކޮށް މީސްތަކުން އީސާގެފާނުގެ އަރިހަށް އެކި ފާޑުފާޑުގެ ބަލިތައް ޖެހިފައިވާ މީހުން ގެނައެވެ. މި އެންމެންގެ ގައިގައި އެކަލޭގެފާނުގެ އަތްޕުޅު ބީއްސަވާ އެކަލޭގެފާނު އެއެންމެންގެ ބަލި ހެޔޮކުރެއްވިއެވެ.


އަދި މީގެ އިތުރުން، އެމީހުންގެ ތެރޭގައި ޖިންނީންގެ ސަބަބުން ބަލިތައް ޖެހިފައި ވީ އެތައް ބައެއް ވެސް ރަނގަޅުކުރެއްވިއެވެ. މި ޖިންނިތަކަށް އީސާގެފާނަކީ ކޮން ބޭކަލެއްކަން އެނގެއެވެ. އެޖިންނިތައް ގޮވާ ހަޅޭއްލެވިއެވެ. ”⁠ކަލޭގެފާނު ތިޔައީ މާތްރަސްކަލާނގެ ދަރިކަލުން.⁠“ އީސާގެފާނު އެ ޖިންނިތަކަށް ވާހަކަ ނުދެއްކުމަށް ހަރުކަށިކަމާއި އެކު އަމުރުފުޅު ކުރެއްވިއެވެ. އެއީ އެއެއްޗިއްސަށް އެކަލޭގެފާނަކީ މާތްރަސްކަލާނގެ ޚާއްސަކުރެއްވި އަލްމަސީޙުކަން އެނގޭކަން އީސާގެފާނަށް އެނގިވަޑައިގެންފައި ވާތީއެވެ.


ကြှနျုပျတို့နောကျလိုကျပါ:

ကြော်ငြာတွေ


ကြော်ငြာတွေ