3 މީހުން ނޫޅޭ އެކަހެރި ހިސާބުގަނޑުގެ ތެރެއިން ނަބީބޭކަލަކު ގޮވާލައްވަމުން ދާނެ. ’މާތްރަސްކަލާނގެއަށްޓަކާ ތައްޔާރުވެ، އެކަލާނގެއަށްޓަކާ ސީދާ މަގެއް ތައްޔާރު ކުރޭ.‘“
އެދުވަސްވަރު ޖުދެއާ ސަހަރާގެ ތެރެއިން ޔަޙުޔާގެފާނު މީސްތަކުންނަށް ގޮވާލައްވަމުން ގެންދެވިއެވެ. ”ތައުބާވޭ! ސަބަބަކީ މާތްރަސްކަލާނގެ ރަސްކަންފުޅު ވަނީ ކައިރީގައި ކަމަށް ވާތީ.“
ޔަޝަޔާޙުގެފާނުގެ ބަސްފުޅުތަކުގައި އެ އިޝާރާތް ކުރައްވާފައި ވާ ނަބިއްޔަކީ ޔަޙުޔާގެފާނެވެ. ޔަޝަޔާޙުގެފާނު ވިދާޅުވިއެވެ: ”މީހުން ނޫޅޭ އެކަހެރި ހިސާބުގަނޑުގެ ތެރެއިން މީހަކު ގޮވަމުން ދާނެއޭ: ’މާތްރަސްކަލާނގެއަށްޓަކާ މަގެއް ތައްޔާރުކުރޭ! އަދި އެ މަގު ސީދާ މަގަކަށް ހަދާ!‘“
އޭރު ބަނީއިސްރާއީލުގެ އުއްތަމަ އިމާމުންނަށް ތިއްބެވީ ހަންނާނު އާއި ކައިފާސް އެވެ. އެދުވަސްވަރު މާތްރަސްކަލާނގެ ވަޙީގެ ބަސްފުޅު ޔަޙުޔާގެފާނަށް ފޮނުއްވިއެވެ. ޔަޙުޔާގެފާނު އޭރު މީހުން ނޫޅޭ އެކަހެރި ހިސާބެއްގައި ދިރިއުޅުއްވަމުން ގެންދެވިއެވެ.
އެއްވެފައި ތިބި މީހުންނަށް ގޮވައި ޔަޙުޔާގެފާނު މިކަން އިޢުލާން ކުރެއްވި އެވެ. ”އަހަރެން ބުނަމުން އައީ މިކަލޭގެފާނެއްގެ ވާހަކައެވެ. އަހަރެން ބުނިން، ’އަހަރެންގެ ފަހަތުން އަހަންނަށް ވުރެން މާ މަތިވެރި ބޭކަލަކު އެބަ ވަޑައިގަންނަވައޭ، އެބޭކަލަކީ އަހަންނަށް ވުރެ މާ ކުރީގައި ވެސް އުޅުއްވި ބޭކަލެކޭ.‘“