29 އީސާގެފާނާއި އެކަލޭގެފާނުގެ އަސްޙާބީން، ދީނީ މަރުކަޒުން ނުކުންނެވުމަށް ފަހު ޝަމްއޫނު އާއި އަންދުރާއިގެ ގެއަށް ސީދާ ވަޑައިގަތެވެ. އެކަލޭގެފާނުގެ އަރިހުގައި ޔާމިޒާއި ޔޫޙަންނާ ވެސް ގެންދެވިއެވެ.
އެއަށް ފަހު އީސާގެފާނާއި އެކަލޭގެފާނުގެ އަސްޙާބީން ވަޑައިގެންނެވީ ކަޕަރުނައުމްއަށެވެ، އަދި ޖެހިގެން އައި ސަބަތުގެ ދުވަހުގައި އީސާގެފާނު ދީނީ މަރުކަޒަށް އުނގަންނައި ދެއްވުމަށް ވަޑައިގެންނެވިއެވެ.
ކުއްލިއަކަށް ނުބައި ރޫޙެއް އަވަލާފައިވީ ފިރިހެނަކު ދީނީ މަރުކަޒުގެ ތެރެއަށް އައިސް ހަޅޭލަވަން ފެށިއެވެ.
އަދި އިސާހިތަކު އީސާގެފާނާއި ބެހޭ ޚަބަރު އަވަސް ކަމާއެކު ގަލީލީގެ ސަރަހައްދުގައި ފެތުރެމުން ދިޔައެވެ.
އޭރު ޝަމްއޫނުގެ މައިދައިތައަށް ހުންޖެހި ބަލި އެނދުގައި އޮތެވެ. އީސާގެފާނު އެގެއަށް ވަޑައިގަތުމާއެކު ޝަމްއޫނު އެކަލޭގެފާނަށް މައިދައިތަގެ ބަލި ޚަބަރު ދެއްވިއެވެ.
އީސާގެފާނު ޖަވާބުގައި ވިދާޅުވިއެވެ. ”ހިޔަޅުތައް އުޅުމަށް އެސޮރުމެންގެ ހޮހަޅަތައް ވޭ. އުދުހޭ ދޫނިތަކަށް އެސޮރުމެންގެ ހާލިތައްވޭ. ނަމަވެސް އިންސާނާގެ ދަރިކަލުންނަށް އޭނާގެ ބޯ އަޅާލާނެ ތަނެއް ވެސް ނުވޭ.“