Biblia Todo Logo
အွန်လိုင်း သမ္မာကျမ်းစာ

- ကြော်ငြာတွေ -




މަރުކުސް 1:27 - ކިތާބުލް މުޤައްދަސާ

27 އެތަނުގައި ތިބި އެންމެހާ މީސްތަކުން މިކަމާއި ޙައިރާންވެ އެކަކު އަނެކަކަށް ބުނަމުން ދިޔައެވެ. ”⁠މިއީ ކޮންފަދަ ކަމެއް؟ މިއީ ބާރުވެރިކަމެއް ލިބިހުރެ އުނގަންނައިދޭ އާ އުނގަންނައި ދިނުމެއްތަ؟ މި ކަލޭގެފާނަށް ނުބައި ރޫޙުތަކަށް އަމުރު ކުރުމުގެ ބާރު ލިބިގެންވޭ، އަދި އެތަކެތި މި ކަލޭގެފާނަށް ކިޔަމަންތެރިވޭ!⁠“

အခန်းကိုကြည့်ပါ။ ကော်ပီ




މަރުކުސް 1:27
15 ပူးပေါင်းရင်းမြစ်များ  

އެތަނުގައި އެއްވެތިބި މީސްތަކުންނަށް މިތަންފެނުނު ހިނދު އެބައިމީހުން ޙައިރާންވިއެވެ. މަންމަނުންނަށް މިހާރު ވާހަކަ ދެއްކުމުގެ ކުޅަދާނަކަން ލިބިގެންވިއެވެ. ކޮރު މީހުންނަށާއި އަދި ވާގިބަލީގައި ވީ މީސްތަކުންނަށް ހިނގެންފެށިއެވެ. ލޯފަން މީހުންނަށް ފެނިގެންވިއެވެ. އަދި މިކަންތައްތަކާއި މެދު އެ ހުރިހާ އެންމެން ބަނީއިސްރާއީލުންގެ ރަސްކަލާނގެ ކިބަފުޅަށް ޙަމްދު ކުރިއެވެ.


އެހެނީ އަޅުގަނޑަކީ ވެސް އަޅުގަނޑުގެ މައްޗަށް ތިބި އޮފިސަރުންގެ ދަށުގައި ހުރި މީހަކީން. ހަމައެހެންމެ އަޅުގަނޑުގެ އަމުރުވެރިކަމުގެ ދަށުގައި ފަހުލަވާނުން އެބަތިބި. އޭގެތެރެއިން ފަހުލާނަކަށް އަޅުގަނޑު ދާން އެންގުމުން އޭނާ ދޭ. އަދި ފަހުލަވާނަކަށް އަޅުގަނޑު އަންނަން އެންގުމުން އެ ފަހުލަވާނަކު އާދޭ. އަޅުގަނޑުގެ ނޯކަރަށް ކަމެއް ކުރުމަށް އަމުރު ކުރުމުން އެ ނޯކަރު އެކަމެއް ކުރޭ.⁠“


ޖިންނިއަށް އެމީހާގެ ހަށިގަނޑުގެ ތެރެއިން ނުކުމެ ދިއުމަށް އީސާގެފާނު އަމުރު ކުރެއްވިއެވެ. އަދި އެ ހިނދު އެމީހާއަށް ވާހަކަ ދެކެވެން ފެށިއެވެ. އެތާ ތިބި އެންމެން ހައިރާންވެފައި ބުންޏެވެ. ”⁠މިފަދަ ކަމެއް މީގެ ކުރިން ބަނީއިސްރާއީލުންގެ ތެރެއިން ފެނިފައިނުވޭ.⁠“


އެވަގުތު ނުބައި ރޫޙުގެ ސަބަބުން އެ ފިރިހެނާ އިދިފުށަށް ދަމަންފެށިއެވެ. އަދި ބާރު އަޑުފަށްގަނޑަކާއެކު އެ ފިރިހެނާ ދޫކޮށް ހިނގައްޖެއެވެ.


އަދި އިސާހިތަކު އީސާގެފާނާއި ބެހޭ ޚަބަރު އަވަސް ކަމާއެކު ގަލީލީގެ ސަރަހައްދުގައި ފެތުރެމުން ދިޔައެވެ.


އެކަލޭގެފާނުގެ މި ބަސްފުޅުތަކުން އެންމެހައި އަސްޙާބީން ޝޯޚުވިއެވެ. އެހެނަސް އީސާގެފާނު އެކަލޭގެފާނުގެ ވާހަކަފުޅު ކުރިއަށް ގެންދެވިއެވެ. ”⁠މަގޭ ދަރިވަރުންނޭ! މާތްރަސްކަލާނގެ ރަސްކަންފުޅު ތެރެއަށް ވަނުމަކީ ކިހާ އުނދަގޫ ކަމެއް!


އީސާގެފާނާއި އެކަލޭގެފާނުގެ އަސްޙާބީން ޖެރޫސަލަމަށް ވަޑައިގެންނެވި މަގުމަތީގައި އީސާގެފާނު ހުންނެވީ އާރުކާޓީއެއްގެ ގޮތުގައެވެ. އަދި އެކަލޭގެފާނުގެ އަސްޙާބީން މިކަމުން ޙައިރާންކުރުވިއެވެ. އެ ހިނދު އެކަލޭގެފާނުގެ ފަހަތްޕުޅުން ދިޔަ އެންމެން ތިބީ ބިރުންނެވެ. އެކަލޭގެފާނުގެ ބާރަ އަސްޙާބީންނާއި އެކުގައި މީސްތަކުންނާއި އެއްފަރާތްވެ ވަޑައިގެންނެވުމަށް ފަހު އެކަލޭގެފާނާއިމެދު ކަންތައްތައްވާނެ ގޮތުގެ ވާހަކައިން އެބޭކަލުންނަށް އަންގަވައިދެއްވިއެވެ.


އެހެންވެ، މިބައިމީހުން ޒިޔާރަތުގެ ތެރެއަށް ވަނެވެ. އެ ހިނދު ހުދުކުލައިގެ ރިދާކޮޅެއްގައި ވީ ޒުވާން ފިރިހެނަކު މިބައިމީހުންގެ ކަނާތް ފަރާތުގައި ވަނިކޮށް ފެނި އިންތިހާއަށް ބިރުގަތެވެ.


އެބޭކަލަކު ވިދާޅުވިއެވެ. ”⁠ބިރުވެތިނުވޭ! ތިޔަ ކަނބަލުން ހޯއްދަވަނީ ސަލީބަށް އެރުވުނު ނާޒަރަތުގެ އީސާގެފާނު ކަން އަހަރެންނަށް އެނގޭ. އެކަލޭގެފާނެއް މިތަނަކު ނެތް. އެކަލޭގެފާނު ވިދާޅުވި ފަދައިން އަވަހާރަވުމަށް ފަހު އަލުން ދިރިވަޑައިގެންފި. އެކަލޭގެފާނު ވެޑުވިފައިވީތަން ބަލާބަލަ.


އަދި މި ޙާދިސާގެ ޚަބަރު އެހި ކޮންމެ މީހަކު އަޖައިބުވެ އަންތަރީސް ވިއެވެ. އެބައިމީހުންނަށް ބުނެވުނެވެ. ”⁠އެކަލޭގެފާނު ބީރު މީހުންނަށް އަޑު އިވޭގޮތް ހައްދަވައި މަންމަނުންނަށް ވާހަކަދެކެވޭ ގޮތް ހައްދަވައިދެއްވި. އަދި މިހުރިހާ ކަމެއް އެކަލޭގެފާނު ކުރެއްވީ ޙައިރާން ކުރުވަނިވި ގޮތަކަށް!⁠“


މިތާ ތިބި އެންމެން މި މަންޒަރު ދެކި އަޖައިބުވެ ހައިރާންވިއެވެ. މިބައިމީހުން އެކަކު އަނެކަކަށް ބުނަން ފެށިއެވެ. ”⁠މިއީ ކޮންފަދަ އަޖައިބު ކުރުވަނިވި ބަސްތަކެއްހޭ؟ މި ކަލޭގެފާނުގެ ބަސްފުޅުތަކުގައި މަތިވެރިކަމާއި އާރާއިބާރު ވާކަން ކަށަވަރު. މީހުންނާއި އަވަލާފައިވާ ނުބައި ޖިންނިތައް ވެސް އެކަލޭގެފާނުގެ ބަސްފުޅަށް ކިޔަމަންވެ އެމީހުންދޫކޮށް އެދަނީ އޭ.⁠“


އެއްދުވަހަކު އީސާގެފާނު އެކަލޭގެފާނުގެ ޚާއްސަ ބާރަ އަސްޙާބީ ބޭކަލުން އެކަލޭގެފާނުގެ އަރިހަށް ގެންނަވައި އެބޭކަލުންނަށް ޖިންނި އަވަލާފައިވާ މީހުން ރަނގަޅު ކުރުމަށާއި ހުރިހާ ވައްތަރެއްގެ ބަލިން މީހުން ފަސޭހަ ކޮށްދިނުމުގެ ބާރާއި ހުއްދަ ދެއްވިއެވެ.


ދެން މިމީހުން ޕައުލް އެ ރަށުގެ އަރެއޮޕާގުސް ދަރުބާރަށް އައުމަށް އެދި ދައުވަތުދީފަ މިފަދައިން ބުންޏެވެ. ”⁠ޕައުލް ކަލޭތިޔަ ކިޔަވާ ދެމުން ގެންދާ ވާހަކަތަކުގެ އަޑު އެހުމަށް އަހަރެމެން ވެސް ބޭނުން.


ကြှနျုပျတို့နောကျလိုကျပါ:

ကြော်ငြာတွေ


ကြော်ငြာတွေ