Biblia Todo Logo
အွန်လိုင်း သမ္မာကျမ်းစာ

- ကြော်ငြာတွေ -




މަރުކުސް 1:26 - ކިތާބުލް މުޤައްދަސާ

26 އެވަގުތު ނުބައި ރޫޙުގެ ސަބަބުން އެ ފިރިހެނާ އިދިފުށަށް ދަމަންފެށިއެވެ. އަދި ބާރު އަޑުފަށްގަނޑަކާއެކު އެ ފިރިހެނާ ދޫކޮށް ހިނގައްޖެއެވެ.

အခန်းကိုကြည့်ပါ။ ကော်ပီ




މަރުކުސް 1:26
7 ပူးပေါင်းရင်းမြစ်များ  

އީސާގެފާނު އެ ނުބައި ރޫޙަށް އަމުރު ކުރެއްވިއެވެ. ”⁠އަނގަ މަޑުކޮށް އޭނާގެ ހަށިގަނޑުން ނުކުމޭ!⁠“


އެތަނުގައި ތިބި އެންމެހާ މީސްތަކުން މިކަމާއި ޙައިރާންވެ އެކަކު އަނެކަކަށް ބުނަމުން ދިޔައެވެ. ”⁠މިއީ ކޮންފަދަ ކަމެއް؟ މިއީ ބާރުވެރިކަމެއް ލިބިހުރެ އުނގަންނައިދޭ އާ އުނގަންނައި ދިނުމެއްތަ؟ މި ކަލޭގެފާނަށް ނުބައި ރޫޙުތަކަށް އަމުރު ކުރުމުގެ ބާރު ލިބިގެންވޭ، އަދި އެތަކެތި މި ކަލޭގެފާނަށް ކިޔަމަންތެރިވޭ!⁠“


އެބައިމީހުން އެކަލޭގެފާނުގެ އަރިހަށް އެފިރިހެން ކުއްޖާ ގެނައެވެ. އަދި ޖިންނިއަށް އީސާގެފާނު ފެނުނު ހިނދު، ޖިންނި އެ ފިރިހެން ކުއްޖާ ބިންމައްޗަށް ނަގާ ވައްޓާލުމުން އެކުއްޖާގެ ހަށިގަނޑަށް ބާރެއް އަރައި އިދިފުށަށް ދަމަން ފެށިއެވެ. އަދި ބިންމަތީގައި މިފަދަ ޙާލަތެއްގައި ފުރޮޅެމުން އަނގައިން ފޮނުއަރުވަން ފެށިއެވެ.


ގަދަ އަޑުފަށްގަނޑަކާއެކު އެ ފިރިހެން ކުއްޖާ އިދިފުށަށް ދަމައިގަތުމަށް ފަހު ޖިންނި އެ ފިރިހެން ކުއްޖާގެ ހަށިގަނޑުން ބޭރުވެގެން ދިޔައެވެ. އެ ހިނދު އެ ފިރިހެންކުއްޖާ ވަނީ ޙަރަކާތްނެތި މަރުވެފައިވާ މައްޔިތެއް ފަދައިންނެވެ. އަދި އެ ކުއްޖާ ދުށް ގިނަ މީހުންނަށް ބުނެވުނެވެ. ”⁠އެ ކުއްޖާ އެ އޮތީ މަރުވެފަ!⁠“


ނަމަވެސް އޭނާއަށް ވުރެ ވަރުގަދަ މީހަކު އޭނާއާއި ހަމަލާދީ ބަލިކޮށްލައިފި ނަމަ ބަލިވިމީހާ އިތުބާރުކުރި ހަތިޔާރުތައް އެވަރުގަދަ މީހާ ގެންދާނެ. އަދި ބަލިވިމީހާގެ ގޭގައި ވާ މުދާތައް ވެސް އޭނާގެ އެކުވެރިންނަށް ބަހާލާނެ.


ޖިންނިއެއް އޭނާއާއި އަވަލައިފި. އޭނާ ކުއްލިއަކަށް ހުރެފައި ހަޅޭއްލަވަން ފަށާ. އޭތި އޭނާ ހޭ ނައްތާލުމުން އޭނާގެ އަނގައިން ފޮނު ވެސް އަރާ. އޭތި އޭނާ އެންމެ އިރުކޮޅަކަށް ވެސް ދުލެއް ނުކުރޭ. އޭތި އޭނާ އެ ނެތި ކޮށްލަނީ.


އެކުއްޖާ އީސާގެފާނުގެ އަރިހަށް އައިސް ހުއްޓާ ވެސް ޖިންނި އޭނާ ހޭނައްތާ ވައްޓާލުމުން އެކުއްޖާގެ ދަތްޕިލާޖެހި އަނގައިން ފޮނުއެރިއެވެ. ނަމަވެސް އީސާގެފާނު އެ ޖިންނިއަށް ރައްކާވެ ދިއުމަށް އަމުރު ކުރެއްވިއެވެ. އަދި އެކުއްޖާ ރަނގަޅުކޮށް އޭނާގެ ބައްޕަ އާއި ހަވާލުކުރެއްވިއެވެ.


ကြှနျုပျတို့နောကျလိုကျပါ:

ကြော်ငြာတွေ


ကြော်ငြာတွေ