މަރުކުސް 1:24 - ކިތާބުލް މުޤައްދަސާ24 ”އޭ. ނާޒަރަތުގެ އީސާ، ކަލޭގެފާނު ތިޔަ އުޅުއްވަނީ އަހަރެމެންނަށް ކީއްކުރައްވަން؟ ކަލޭގެފާނު މިތަނަށް ތިޔަ ވަޑައިގަތީ އަހަރެމެން ނެތިކޮށްލައްވަންތަ؟ އަހަރެންނަށް ކަލޭގެފާނަކީ ކޮން ބޭކަލެއްކަން އެނގޭ. ކަލޭގެފާނީ މާތްރަސްކަލާނގެ މަތިވެރިކުރައްވައި ޚާއްސަ ކުރެއްވި ފަރާތް!“ အခန်းကိုကြည့်ပါ။ |
މިނުބައި ޖިންނިތަކުގެ ބާރުގެ ދަށުގައި އެމީހާ ވެފައިވާތާ އެތައް ދުވަހެއް ވެއްޖެއެވެ. މީހުން އޭނާ ހިފަހައްޓައިގެން ގެންގުޅުމަށް ވަނީ އެތައް މަސައްކަތެއް ވެސް ކޮށްފައެވެ. އޭނާގެ އަތާއި ފައިގައި ހިލިހިލާ ވެސް ޖެހިއެވެ. ނަމަވެސް އެޖިންނީންގެ ބާރުން އޭނާ އެހުރިހާ ހިލިހިލާތައް ވެސް ކަނޑާ ހަލާކުކޮށްލައެވެ. ދެން އަނެއްކާ ވެސް އެޖިންނިތައް އޭނާ މީހުން ނޫޅޭ ހިސާބުގަނޑަށް ދިއުމަށް މަޖުބޫރުކޮށް ފޮނުވާލައެވެ. އީސާގެފާނު އެޖިންނިތަކަށް އޭނާ ދޫކޮށްލުމަށް އަމުރުކުރެއްވިއެވެ. އޭނާއަށް އީސާގެފާނު ފެންނަ އިރަށް ހަޅޭއްލަވަމުން އައިސް އެކަލޭގެފާނުގެ ފައިންޕުޅު މައްޗަށް ވެއްޓުނެވެ. ދެން އަޑުގައި ނެތް ތަނަށް ހަޅޭއްލަވަމުން ބުންޏެވެ. ”އެންމެމަތިވެރިކަލާނގެ ދަރިކަލުން އީސާގެފާނު! ކަލޭގެފާނު އަހަރެންގެ ފަރާތުން ބޭނުމީ ކޮންކަމެއް؟ އަހަރެން އާދޭސްކޮށްފަބުނަން. އަހަންނަށް އަނިޔާ އެއް ނުދޭތި.“
ދެން މިބައިމީހުން ބިރުން އީސާގެފާނަށް އާދޭސްކޮށް ދެންނެވީ އެބައިމީހުންގެ ސަރަހައްދު ދޫކުރައްވާ ވަޑައިގަތުމަށެވެ. އީސާގެފާނު އެތަނުން ވަޑައިގަތުމަށްޓަކައި ދޯންޏަށް އަރައިވަޑައިގަންނަވަނިކޮށް ޖިންނިތަކުގެ ބާރުގެ ދަށުން ސަލާމަތް ކުރެވުނު މީހާ އެކަލޭގެފާނާއިއެކު ދިއުމަށް އެދި އާދޭސް ކުރިއެވެ. ނަމަވެސް އީސާގެފާނު މިކަމާމެދު އިންކާރު ކުރައްވާ ވިދާޅުވިއެވެ. ”ކަލޭގެ އާއިލާގެ ކައިރިއަށް ގޮސް މާތްރަސްކަލާނގެ ކަލެއާ މެދު ކަންތައްތައް ކުރެއްވި ގޮތުގެ ވާހަކަ އެބައިމީހުންނަށް ކިޔާދީ.“ ދެން މިމީހާ އެނބުރިގޮސް މުޅި ހިސާބުގަނޑުގެ ރަށްތަކުގެ ތެރޭގައި އީސާގެފާނު އޭނާއާ ދޭތެރޭ ކަންތައްތައް ކުރެއްވި ގޮތުގެ ވާހަކަތައް ކިޔާހެދިއެވެ. އީސާގެފާނު ދޯންޏަށް އަރާވަޑައިގެން އެރަށުން ފުރާވަޑައިގެންނެވި އެވެ.
އެތައް ޒަމާނެއްގެ ކުރިން މާތްރަސްކަލާނގެ އެންގެވި މި ބަސްފުޅުތަކާއި އެއްފަދައިން މިތާ ޖެރޫސަލަމުގައި ވެސް ކަންތައްތައް ވެއްޖެ. އެއީ ހެރޮދު ރަސްގެފާނާއި ގަވަރުނަރު ޕޮންތިޔުސް ޕިލާތުސް އާއި އީމާން ނުވާ މީހުންނާއި ބަނީއިސްރާއީލު މީހުންނާއި އެކުވެ، މާތްރަސްކަލާނގެ ޚާއްސަ ކުރެއްވި އަލްމަސީޙު، އިނބަރަސްކަލާނގެ މާތް ޚާދިމު، އީސާގެފާނާއި ދެކޮޅު ހެދި.
”ފިލަދެލްފިޔާގެ މަސީޙީ ޖަމާޢަތުގެ މަލާއިކަތާއަށް ލިޔޭ: މި ޚަބަރަކީ މާތް އަދި ތެދުވެރި ފަރާތުން ދިން ޚަބަރެއް. ދާއޫދުގެފާނަށް މިލްކުވެގެންވީ ތަޅުދަނޑި ވަނީ އަހަރެންގެ އަތުގައި. އަދި އަހަރެން ދޮރެއް ހުޅުވައިފިނަމަ އެ ދޮރެއް ބަންދުކުރެވެނޭ ފަރާތެއް ނުހުންނާނެ. އަދި އަހަރެން ދޮރެއް ލައްޕައިފިނަމަ އެ ދޮރެއް ހުޅުވޭނޭ ފަރާތެއް ވެސް ނުހުންނާނެމެ.