Biblia Todo Logo
အွန်လိုင်း သမ္မာကျမ်းစာ

- ကြော်ငြာတွေ -




މަރުކުސް 1:23 - ކިތާބުލް މުޤައްދަސާ

23 ކުއްލިއަކަށް ނުބައި ރޫޙެއް އަވަލާފައިވީ ފިރިހެނަކު ދީނީ މަރުކަޒުގެ ތެރެއަށް އައިސް ހަޅޭލަވަން ފެށިއެވެ.

အခန်းကိုကြည့်ပါ။ ကော်ပီ




މަރުކުސް 1:23
10 ပူးပေါင်းရင်းမြစ်များ  

”⁠ނުބައި ރޫޙެއް މީހެއްގެ ހަށިގަނޑުން ބޭރުވެ އެމީހާ ދޫކޮށްދާ ހިނދު އޭތި ހަނަފަސް ސަހަރާ ތެރެއަށް ގޮސް އެހެން މަންޒިލެއް ފެނޭތޯ ހޯދާ ބަލާނެ. ނަމަވެސް އެ ނުބައި ރޫޙަށް އެހެން ތަނެއް ނުފެނުމުން އެ ނުބައި ރޫޙު ބުނާނެ. ’⁠އަހަރެން އެނބުރި ދާނީ ނުކުމެގެން އައި ގެއަށޭ.⁠‘ އެ ނުބައި ރޫޙު އެނބުރި އަންނަ ހިނދު އެ ގެ ހުހަށް، އެއްވެސް މީހަކު ނެތި ސާފުކޮށް ތަރުތީބު ކުރެވިފައިވާތަން އެ އެއްޗަށް ފެންނާނެ.


އެކަލޭގެފާނު އުނގަންނަވައިދެއްވި ގޮތާ މެދު މީސްތަކުން ޙައިރާންވިއެވެ. އެކަލޭގެފާނު އުނގަންނަވައި ދެއްވީ ދީނީ ދަންނަބޭކަލުންގެ ގޮތުގައި ނޫނެވެ. އެއާ ޚިލާފަށް އެކަލޭގެފާނު އުނގަންނަވައި ދެއްވީ އާރާއިބާރު ލިބިވަޑައިގެންފައިވާ ބޭކަލެއްގެ ގޮތުގައެވެ.


”⁠އޭ. ނާޒަރަތުގެ އީސާ، ކަލޭގެފާނު ތިޔަ އުޅުއްވަނީ އަހަރެމެންނަށް ކީއްކުރައްވަން؟ ކަލޭގެފާނު މިތަނަށް ތިޔަ ވަޑައިގަތީ އަހަރެމެން ނެތިކޮށްލައްވަންތަ؟ އަހަރެންނަށް ކަލޭގެފާނަކީ ކޮން ބޭކަލެއްކަން އެނގޭ. ކަލޭގެފާނީ މާތްރަސްކަލާނގެ މަތިވެރިކުރައްވައި ޚާއްސަ ކުރެއްވި ފަރާތް!⁠“


އީސާގެފާނާއި އެކަލޭގެފާނުގެ އަސްޙާބީން، ދީނީ މަރުކަޒުން ނުކުންނެވުމަށް ފަހު ޝަމްއޫނު އާއި އަންދުރާއިގެ ގެއަށް ސީދާ ވަޑައިގަތެވެ. އެކަލޭގެފާނުގެ އަރިހުގައި ޔާމިޒާއި ޔޫޙަންނާ ވެސް ގެންދެވިއެވެ.


ތަފާތު ބަލި ޖެހިފައިވީ މީސްތަކުންގެ ބަލި ހެޔޮ ކުރައްވާ ޖިންނި މޮޔަވެފައިވީ މީހުން އެކަމުން ރަނގަޅު ކޮށްދެއްވިއެވެ. އެ ޖިންނިތަކަށް ވާހަކަ ދެއްކުމުގެ ހުއްދައެއް ލިބިގެން ނުވިއެވެ. ސަބަބަކީ އެ ތަކެއްޗަށް އެކަލޭގެފާނު އެނގިގެންވުމެވެ.


އެގޮތުން އެކަލޭގެފާނު މުޅި ގަލީލީގެ ސަރަހައްދުގައިވާ ދީނީ މަރުކަޒުތަކުގައި ވަޢުޡު އިއްވައި ދެއްވާ ޖިންނީގެ އުނދަގޫ ކުރިމަތިވެފައިވީ މީސްތަކުން ރަނގަޅު ކުރައްވަމުން ގެންދެވިއެވެ.


އީސާގެފާނު ދޯނިން ފައިބައި ވަޑައިގެންނެވި ތަނާހެން އެތަނުގައި ހުރި ގަބުރުސްތާނުގެ ތެރެއިން ނުކުމެގެން އައި މީހަކާ އެކަލޭގެފާނާއި ދިމާވިއެވެ. މި މީހާއަށް ޖިންނި އަވަލައިފައި ވުމުން ދިރިއުޅެމުން ގެންދަނީ މަހާނަތަކުގެ ތެރޭގައެވެ. ބިޑިއަޅުވައި ހިލިހިލާ ޖަހައިގެން ވެސް މީސްތަކުންނަށް އޭނާ ހިފެހެއްޓިފައި ނުވެއެވެ.


އީސާގެފާނު ހުންނެވި ޚަބަރު އިވި ޖިންނީގެ އުނދަގޫ ކުރިމަތިވެފައިވީ އަންހެން ކުއްޖެއްގެ މަންމަ އެކަލޭގެފާނުގެ އަރިހަށް އައިސް ހަމައެ ހިނދު އެކަލޭގެފާނުގެ ފައިންޕުޅު މައްޗަށް ތިރިވިއެވެ.


އެތަނުގައި ތިބި މީސްތަކުން ހަލުއިކޮށް ދުވެފައި އަންނަތަން އެކަލޭގެފާނަށް ފެނިވަޑައިގެންނެވި ހިނދު، އެ ޖިންނިއަށް އެކަލޭގެފާނު އަމުރު ކުރެއްވިއެވެ. ”⁠އޭ. މީސްތަކުން މަންމަނުކޮށް އަދި ބީރު ކުރަމުން ގެންދާ ނުބައި ވެގެންވީ ރޫޙާ، އެ ފިރިހެން ކުއްޖާގެ ހަށިގަނޑުން ނުކުމޭ. އަދި މިއަށް ފަހު އޭނާއަށް އެއްވެސް އުނދަގުލެއް ކޮށްގެންނުވާނެ!⁠“


ကြှနျုပျတို့နောကျလိုကျပါ:

ကြော်ငြာတွေ


ကြော်ငြာတွေ