މަރުކުސް 1:21 - ކިތާބުލް މުޤައްދަސާ21 އެއަށް ފަހު އީސާގެފާނާއި އެކަލޭގެފާނުގެ އަސްޙާބީން ވަޑައިގެންނެވީ ކަޕަރުނައުމްއަށެވެ، އަދި ޖެހިގެން އައި ސަބަތުގެ ދުވަހުގައި އީސާގެފާނު ދީނީ މަރުކަޒަށް އުނގަންނައި ދެއްވުމަށް ވަޑައިގެންނެވިއެވެ. အခန်းကိုကြည့်ပါ။ |
އަދި ސަބަތުގެ ދުވަހެއްގައި ދީނީ މަރުކަޒަށް ވަޑައިގެން މާތްރަސްކަލާނގެ ވަޙީ ބަސްފުޅުތައް މިފަދައިން ވިދާޅުވެ އުގަންނަވައި ދެއްވިއެވެ. އަދި އެކަލޭގެފާނުގެ މިބަސްފުޅު އަޑުއެހި އެތައްބަޔަކު ޙައިރާންވެ ބުނެވުނެވެ. ”މިހުރިހާ ތަކެއްޗެއް އޭނާއަށް އެނގުނީ ކޮންތާނކުން؟ ކޮން ޙިކުމަތެއް އޭނާއަށް ދެއްވައިގެންތަ އެއުޅެނީ؟ ކިހިނެއް އޭނާ މުޢުޖިޒާތްތައް ދައްކާނީ؟
އީސާގެފާނު އެނބުރި އެކަލޭގެފާނު އުޅެ ބޮޑުފުޅުވި އަމިއްލަފުޅު ރަށް ކަމަށްވާ ނާޒަރަތަށް ވަޑައިގެންނެވިއެވެ. ދެން އެކަލޭގެފާނު އާދަވެވަޑައިގެން ކަންކުރައްވާ ފަދައިން ސަބަތުގެ ދުވަހުގައި ބަނީއިސްރާއީލު މީހުންގެ ދީނީ މަރުކަޒަކަށް ވަޑައިގެންނެވިއެވެ. އެތާނގައި އެކަލޭގެފާނު މާތްރަސްކަލާނގެ ބާވައިލެއްވި ބަސްފުޅު ކިޔަވާ ވިދާޅުވުމަށްޓަކައި ތެދުވެ ވަޑައިގެންނެވިއެވެ.
އީސާގެފާނު އެމީހުންނަށް ވިދާޅުވިއެވެ. ”ކަލޭމެން ހިތާހިތުން ތިޔަ ކިޔަނީ އަހަންނާ ދިމާލަށް މިހެން ބުނަންކަން އަހަންނަށް އެނގޭ. ’އޭ ބޭސްވެރިޔާއޭ. ކަލޭގެ އަމިއްލަ ބަލި ފަސޭހަކޮށް ބަލާށޭ. ކަލޭ ކަޕަރުނައުމްގައި މުޢުޖިޒާތްތައް ދެއްކިޔޭ ބުނާތީ އިވެއޭ. ވީއިރު މުޢުޖިޒާތްތައް ކަލޭގެ އަމިއްލަ ރަށުގައި ވެސް ދައްކަން ވީނުންހޭ؟‘
ޕައުލް އަބަދުވެސް ސަބަތުގެ ދުވަހު ކަންތައް ކުރާ އާދައިގެ މަތިން ޖެހިގެން އައި ސަބަތު ދުވަހު ވެސް އޭނާ އެ ދީނީ މަރުކަޒަށް ދިޔައެވެ. އަދި މި ގޮތުގެ މަތިން ތިން ސަބަތު އޭނާ އެތަނުގައި މީސްތަކުންނާއި ވާހަކަދައްކާ ހެދިއެވެ. ޕައުލް މާތްރަސްކަލާނގެ ބާވައިލެއްވިގެންވާ ފޮތްތަކުގެ ބައިތަކުން ކިޔާދީ މީސްތަކުންނަށް ބަޔާންކޮށް އަންގައިދިނީ މާތްރަސްކަލާނގެ ޚާއްސަ ކުރައްވާ ފޮނުއްވާ ފަރާތް ކަމުގައިވާ އަލްމަސީޙަށް އަނިޔާލިބި މަރުވުމަށް ފަހު އަލުން ދިރުއްވޭނެ ކަމުގައެވެ. ޕައުލް އެމީހުންނަށް ބުންޏެވެ. ”އަހަރެން ކަލޭމެން ގާތު އެބޭކަލެއްގެ ވާހަކަ މިބުނި އީސާގެފާނަކީ މާތްރަސްކަލާނގެ ފޮނުއްވި އަލްމަސީޙު.“