Biblia Todo Logo
အွန်လိုင်း သမ္မာကျမ်းစာ

- ကြော်ငြာတွေ -




މަރުކުސް 1:2 - ކިތާބުލް މުޤައްދަސާ

2 މި ހެޔޮޚަބަރުފުޅު ފެށިގެން އައީ ނަބީ ޔަޝަޔާޙުގެފާނަށް މާތްރަސްކަލާނގެ ބާވައިލެއްވި ވަޙީފުޅާ އެއްގޮތްވާ ފަދައިންނެވެ. އެކަލޭގެފާނުގެ ފޮތްކޮޅުގައި ލިޔެވިގެން ވަނީ: ”⁠ކަލޭގެފާނު ވަޑައިގަތުމުގެ ކުރިން ކަލޭގެފާނަށްޓަކާ މަގެއް ތައްޔާރުކުރުމަށް ތިމަން ކަލާނގެ އެބައިމީހުންގެ ގާތަށް ނަބީ ބޭކަލަކު ފޮނުއްވާނަމު.

အခန်းကိုကြည့်ပါ။ ကော်ပီ




މަރުކުސް 1:2
13 ပူးပေါင်းရင်းမြစ်များ  

މާތްވެގެންވާ ފަތްފުށްތަކުގައި ޔަޙުޔާގެފާނާއި މެދު ބަޔާންކޮށް ދެއްވާފައި ވަނީ އެކަލޭގެފާނަކީ ޚާއްސަ ނަބީބޭކަލެއް ކަން. އެކަލޭގެފާނާއި މެދު މާތްރަސްކަލާނގެ ވަޙީ ކުރައްވާފައިވޭ: ’⁠ނިކަން ބައްލަވާ! ކަލޭގެފާނު ފޮނުއްވުމުގެ ކުރިން ތިމަންކަލާނގެ ނަބިއްޔާ ފޮނުއްވާނަމޭ. ކަލޭގެފާނަށް ޓަކައި މަގު އެ ނަބިއްޔާ ތައްޔާރު ކުރައްވާނޭ.⁠‘


އެމީހުން ދެންނެވިއެވެ. ”⁠އަލްމަސީޙު އުފަންވެ ވަޑައިގަންނަވާނީ ޖުދެއާ ކަރައިގެ ބައިތުލަޙަމް އަވަށުގައި. އެއީ ނަބީބޭކަލުން ބަޔާންކުރައްވާފައިވާ ފަދައިން:


މުޤައްދަސް ފަތްފުށްތަކުގައި ލިޔެވިގެންވާ ފަދައިން އިންސާނާގެ ދަރިކަލުން އަވަހާރަވާނެ. ނަމަވެސް އަހަރެންނަށް ޚިޔާނާތްތެރި ވާނެ މީހާއަށް ހުރި ހިތާމައެއްގެ ބޮޑުކަމާއޭ! އެފަދަ މީހަކަށް އޭނާ ދުނިޔެއަށް އުފަން ނުވިނަމަ މާ ރަނގަޅުވީސް.⁠“


އެވަގުތު އީސާގެފާނު އަސްޙާބީންނަށް ވިދާޅުވިއެވެ. ”⁠މި ރޭ ނިމުމުގެ ކުރިން އަހަރެންނާ ހެދި ތިޔަ އެންމެން ވިއްސިވިހާލިވެގެން ދާނެ. އެހެނީ މާތްވެގެންވާ ފަތްފުށްތަކުގައި ބަޔާންވެގެން ވަނީ: ’⁠ތިމަންކަލާނގެ ހުއިހައްޕާމީހާ ޤަތުލު ކުރާނަމޭ. އަދި ކަންބަޅިތައް އެތަންމިތަނަށް ފަތުރާލާނަމޭ.⁠‘


އެއީ އެކަލާނގެ އެތައް ޒަމާނެއްގެ ކުރިން ރަސޫލުންނާއި ނަބީބޭކަލުން މެދުވެރިކޮށް ކުރައްވާފައިވާ ވަޢުދުފުޅާ އެއްގޮތްވާ ގޮތުގެ މަތިން.


އެއަށް ފަހު ޒަކަރިއްޔާ އޭނާގެ ދަރިފުޅަށް ބުންޏެވެ. ”⁠މަގޭ ދަރިފުޅާ! ތިޔައީ މާތް ސާހިބުވަންތަ ރަސްކަލާނގެ ދުނިޔެއަށް ޒިޔާރަތްކުރެއްވުމުގެ ކުރިން އެކަލާނގެއަށްޓަކައި މަގު ތައްޔާރުކުރުމަށް އެކަލާނގެ ފޮނުއްވި ރަސޫލާ.


އީސާގެފާނު އެކަލޭގެފާނުގެ ބާރަ އަސްޙާބީންނާއިގެން މީސްތަކުންނާއި ދުރަށް އެއްފަރާތަކަށް ވަޑައިގެން އެބައިމީހުންނަށް ވިދާޅުވިއެވެ. ”⁠އަހަރެމެން މި ވަނީ ޖެރޫސަލަމާއި ވަރަށް ކައިރިވެފަ. އަދި އެރަށުގައި އިންސާނާގެ ދަރިކަލުންނާއި މެދު އިހު ޒަމާނުގެ ނަބީބޭކަލުން ލިޔުއްވި ކަންތައްތައް އެބޭކަލުން ލިޔުއްވި ފަދައިން ހިނގާ ނިމިދާނެ.


ကြှနျုပျတို့နောကျလိုကျပါ:

ကြော်ငြာတွေ


ကြော်ငြာတွေ