މަރުކުސް 1:16 - ކިތާބުލް މުޤައްދަސާ16 އީސާގެފާނު ގަލީލީ ކަނޑުގެ އައްސޭރިފަށުގައި އޮތްގޮތަށް ހިންގަވާ ވަޑައިގެންނެވި ހިނދު އެކަލޭގެފާނަށް މަސްވެރިންގެ ދެމީހަކު ފެނިވަޑައިގަތެވެ. އެއީ ޝަމްއޫނު އާއި އޭނާގެ ކޮއްކޮ އަންދުރާއި އެވެ. އޭރު އެދެމީހުން ތިބީ މަސްހިފުމަށްޓަކައި ދާ އެއްލައިގެންނެވެ. အခန်းကိုကြည့်ပါ။ |
މިބާރަ އަސްޙާބީންގެ ތެރޭގައި ހިމެނުނީ ފަހުން ޕަތަރަސްއޭ ނަމަކަށް ކިޔުނު ޝަމްއޫނު، މި ޝަމްއޫނުގެ ކޮއްކޮ އަންދުރާއި އަދި ޔާމިޒު އާއި ޔޫޙަންނާ އާއި ފިލިޕު އާއި ބަރުތުލޫމު އާއި މައްތާ އާއި ތޯމާސް އެވެ. އަދި ހަލްފާހުގެ ދަރި ޔާމިޒު އާއި އަދި ދީނާއި ސިޔާސީ ކަންތަކުގައި ހަރުދަނާ މީހެއް ކަމުގައި މަޝްހޫރު ސިމުއާންއެވެ.