Biblia Todo Logo
အွန်လိုင်း သမ္မာကျမ်းစာ

- ကြော်ငြာတွေ -




މަރުކުސް 1:13 - ކިތާބުލް މުޤައްދަސާ

13 އެތަނުގައި އެކަލޭގެފާނު ސާޅީސް ދުވަސް ވޭތު ކުރެއްވިއެވެ. މި ދުވަސްތަކުގައި އެކަލޭގެފާނު ލައްވާ ފާފައެއް ކުރެއްވުމަށް ޝައިތާނާ ވަސްވާސް ދިނެވެ. ވަލު ޖަނަވާރުތައް މި ސަހަރާގައި ވިއެވެ. އެހެނަސް މަލާއިކަތުން ވަޑައިގެން އެކަލޭގެފާނަށް އެހީތެރިވެދެއްވިއެވެ.

အခန်းကိုကြည့်ပါ။ ကော်ပီ




މަރުކުސް 1:13
13 ပူးပေါင်းရင်းမြစ်များ  

ދެން މޫސާގެފާނު ވިލާގަނޑުގެ ތެރޭން އެ ކުންނަށް އަރާ ވަޑައިގެންފިއެވެ. އެކަލޭގެފާނު އެފަރުބަދަ މަތީގައި ސާޅީސް ދުވަހާއި ސާޅީސް ރޭ ހޭދަ ކުރެއްވިއެވެ.


މޫސާގެފާނު މާތްރަސްކަލާނގެ ޙަޟްރަތުގައި އެ ފަރުބަދަމަތީ ސާޅީސްރޭ ސާޅީސް ދުވަސް ވަންދެން ހުންނެވިއެވެ. އެހުރިހާ ދުވަހު އެކަލޭގެފާނު އެއްޗެއް ފަރީއްކުޅުއްވައި ފެންފޮދު ހިއްޕަވައެއް ނަހައްދަވައެވެ. އެކަލޭގެފާނު އެ ހިލަކޮޅުތަކުގައި ޢަހުދުނާމާގެ އެއްބަސްވުން ލިޔުއްވިއެވެ. އެއީ ދިހަ އަމުރުފުޅެވެ.


އަހަރެންގެ ބައްޕާފުޅަށް އަހަރެން އެދި ދަންނަވައިފިނަމަ މަލާއިކަތުންގެ ބާރަ ލަޝްކަރު އަހަރެންނަށް ދެއްވާނެކަން ތިޔަބައިމީހުންނަށް ޔަޤީން ކުރެވޭނެ.


އެއަށް ފަހު މާތްރޫޙުފުޅު އީސާގެފާނަށް ސަހަރާގެ ތެރެއަށް ވަޑައިގަތުމަށް މަގުދެއްކެވީ އިބިލީސް އީސާގެފާނަށް ވަސްވާސްތައް ދިނުމަށެވެ.


މާތްރޫޙުފުޅު އީސާގެފާނަށް އެންގެވީ އުރުދުން ކޯރު ދޫކުރެއްވުމަށް ފަހު މީހުން ނޫޅޭ ހިސާބުގެ ތެރެއަށް ވަޑައިގަތުމަށެވެ. އެކަލޭގެފާނު ވަނީ މާތްރޫޙުފުޅުން ފުރިފައެވެ.


އެއްވެސް ސުވާލެއް ނެތި އަހަރެމެންގެ އީމާންތެރިކަމުގެ ސިއްރަކީ މިއީ: އަލްމަސީޙު، އީސާގެފާނު ފުރިހަމަ އިންސާނެއްގެ ގޮތުގައި ފާޅުވެ ވަޑައިގެން މާތްރޫޙުފުޅުން އެކަލޭގެފާނުގެ މައުސޫމުކަން ދެއްކެވި ހިނދު މަލާއިކަތުންނަށް ފެނިވަޑައިގެންވިއެވެ. އަދި މި އުފާވެރި ޚަބަރު އެންމެހާ ވަންހަތަކަށް އިޢުލާން ކުރެވިގެން ދިޔައެވެ. މިދުނިޔޭގައި ބަޔަކު އެކަލޭގެފާނު ގަބޫލުކޮށް ތަބާވިއެވެ. އަދި އެކަލޭގެފާނު މަތިވެރި ޖަލާލަތާއެކު އުޑަށް އުފުއްލެވުނެވެ.


އެ އުއްތަމަ އިމާމު އަހަރެމެންގެ ބަލިފައި ދެނެވަޑައިގަންނަވަ އެވެ. އެހެނީ އަހަރެމެންނާ ކުރިމަތިވި ހުރިހާ އިމްތިހާނެއް އެކަލޭގެފާނާ ވެސް ވަނީ ކުރިމަތިވެފައެވެ. ވިޔަސް އެކަލޭގެފާނު ފާފައެއް ނުކުރައްވައެވެ.


ကြှနျုပျတို့နောကျလိုကျပါ:

ကြော်ငြာတွေ


ကြော်ငြာတွေ