މައްތާ 9:9 - ކިތާބުލް މުޤައްދަސާ9 އެތަން ދޫކުރައްވައި އީސާގެފާނު ވަޑައިގެންނެވި މަގުމަތީގައި ޓެކްސް ނަގާ މީހެއް ކަމުގައިވާ މައްތާ އާއި އެކަލޭގެފާނާއި ދިމާވިއެވެ. އެ ހިނދު މައްތާ އިނީ އޭނާ ޓެކްސް ނެގުމަށް ހަދާފައިވާ އޮފީހުގައެވެ. މައްތާއަށް އީސާގެފާނު ވިދާޅުވިއެވެ. ”އަހަރެންނާއި އެކު އާދޭ.“ އޭނާ ތެދުވެ އެކަލޭގެފާނާއި އެކުގައި ދިޔައެވެ. အခန်းကိုကြည့်ပါ။ |
އަދި އެކަލާނގެ ދަރިކަލުންއީސާ އަލްމަސީޙު އަހަރެންނަށް ދައްކަވައި ހާމަކުރެއްވުމަށް ވެސް އިރާދަ ކުރެއްވިއެވެ. އެއީ އީސާގެފާނާ ބެހޭ ހެޔޮޚަބަރުފުޅު ބަނީއިސްރާއީލު މީހުން ފިޔަވާ އެހެން މީހުންނަށް އަހަރެން މެދުވެރިކޮށް އަންގައިދިނުމަށްޓަކައެވެ. އަހަރެން މިކަމާމެދު ވާހަކަދައްކާ ލަފައެއް އަހާކަށް އެއްވެސް މީހެއްގެ ގާތަކަށް ނުދަމެވެ.