Biblia Todo Logo
အွန်လိုင်း သမ္မာကျမ်းစာ

- ကြော်ငြာတွေ -




މައްތާ 9:6 - ކިތާބުލް މުޤައްދަސާ

6 އިންސާނާގެ ދަރިކަލުންނަށް މިދުނިޔޭގައި މީސްތަކުންގެ ފާފަތައް ޢަފޫކޮށްދެއްވުމުގެ އިޚްތިޔާރު ލިބިގެންވާކަން އަހަރެން ތިޔަބައިމީހުންނަށް ސާބިތުކޮށްދޭނަން.⁠“ ދެން އެވާބަލި ޖެހިފައިވާ މީހާއަށް އެކަލޭގެފާނު ވިދާޅުވިއެވެ. ”⁠ތެދުވޭ. ތިބާގެ އަށިގަނޑު ހިފައިގެން ގެއަށް ދޭ!⁠“

အခန်းကိုကြည့်ပါ။ ကော်ပီ




މައްތާ 9:6
24 ပူးပေါင်းရင်းမြစ်များ  

މުޅި ސޫރިޔާ ސަރަހައްދުގައި އީސާގެފާނުގެ ޚަބަރުފުޅު ފެތުރިގެން ދިޔައެވެ. އަދި މީސްތަކުން އެކަލޭގެފާނުގެ އަރިހަށް ބަލިމީހުން ގެންނަމުން ގެންދިޔައެވެ. އެބައިމީހުންނީ ތަފާތު ބަލިމަޑުކަމުގެ ވޭން އުފުލަމުން ގެންދާ މީހުން ވެސް މެއެވެ. އޭގެ ތެރޭގައި އިންތިހާއަށް ވޭނުގައި ތިބި ފަރާތްތަކާއި ޖިންނީގެ އުނދަގުލުގައި ތިބި މީހުންނާއި ހޭނެތި އިދިފުށަށް ދަމާ މީހުންގެ އިތުރުން ވާބަލީގައި ތިބި މީހުން ހިމެނެއެވެ. އީސާގެފާނު މިހުރިހާ މީހުންގެ ބަލި ފަސޭހަ ކޮށްދެއްވިއެވެ.


އީސާގެފާނު އޭނާއަށް ވިދާޅުވިއެވެ. ”⁠ހިޔަޅުތައް އުޅޭނެ ހޮހަޅަތައް ހުރޭ. އުދުހޭ ދޫނިތަކަށް ހާލިތައް ހުރޭ. އެކަމަކު އިންސާނާގެ ދަރިކަލުން ބޯ އަޅާލާނެ ތަނެއް ވެސް ނުވޭ.⁠“


އެ ވަގުތު ބަޔަކު މީހުން ވާބަލި ޖެހިފައިވާ މީހަކު އަށިގަނޑަކަށް ލައިގެން އީސާގެފާނުގެ އަރިހަށް ގެނައެވެ. އެބައިމީހުންގެ އީމާންތެރިކަން އީސާގެފާނަށް ފެނިވަޑައިގެންނެވި ހިނދު، އެ ބަލި މީހާއަށް އެކަލޭގެފާނު ވިދާޅުވިއެވެ. ”⁠ދަރިފުޅާ. ހިތްވަރުކުރޭ! ތިބާގެ ފާފަތައް ފޮހެވިއްޖެ!⁠“


’⁠ތިބާގެ ފާފަތައް ފޮހެވިއްޖެއޭ⁠‘ ނުވަތަ ’⁠ތެދުވެ ހިނގާފައި ދާށޭ⁠‘ މީގެ ތެރެއިން އޭނާއާއި ދިމާލަށް ބުނަން ފަސޭހައީ ކީކޭ؟


އެހިނދު އެ މީހާ ތެދުވެގެން ގެއަށް ދިޔައެވެ.


މި ދުނިޔޭގައި އިންސާނާގެ ދަރިކަލުންނަށް މީސްތަކުންގެ ފާފަތައް ފުއްސެވުމުގެ އިޚްތިޔާރު ލިބިދީފައިވާކަން ތިމަންކަލޭގެފާނު ތިޔަބައިމީހުންނަށް ސާބިތުކޮށްދޭނަން.⁠“ މިހެން ވިދާޅުވެ އެވާބަލި ޖެހިފައިވާ މީހާއަށް އީސާގެފާނު ވިދާޅުވިއެވެ.


”⁠ކުފުރުގެ ބަސްތައް ބުނެ މި ގޮތަށް ގޮންޖަހަން މީ ކާކު؟ ހަމައެކަނި ފާފަފުއްސެވޭނެ ފަރާތަކީ މާތްރަސްކަލާނގެ!⁠“


އެތާތިބި ދީނުގެ ދަންނަބޭކަލުންނާއި ފަރީސީނުގެ ހިތަށްއެރިއެވެ. ”⁠ކުފުރުވެރި ބަސްތައް ބުނާ މިމީހަކީ މީކާކު؟ މާތްރަސްކަލާނގެ ފިޔަވާ ފާފަ ފުއްސެވޭނެ ފަރާތަކީ ކޮބާ؟⁠“


އަހަރެން އެމީހުންނަށް ނިމުންނުވާ ދިރިހުރުން ދެން. އެހެންކަމުން އެމީހުން އެއީ ފަނާވެދާނެ ބައެއް ނޫން. އަދި އެއްވެސް މީހަކަށް އެމީހުން އަހަރެންގެ އަތުން ޖަހައެއް ވެސް ނުގަނެވޭނެ.


ބައްޕާފުޅު އަޅުގަނޑާއި ހަވާލު ކުރެއްވި އެންމެހައި މީސްތަކުންނަށް ނިމުންނުވާ ދިރިހުރުން ދިނުމުގެ އިޚުތިޔާރުވަނީ އަޅުގަނޑަށް ދެއްވާފައި.


އަދި މީސްތަކުންނާއި މެދު ހިސާބު ބެއްލެވުމުގެ އިޚުތިޔާރު ބައްޕާފުޅު ވަނީ ދަރިކަލުންނަށް ދެއްވާފައި. އެއީ އެ ދަރިކަލުންނަކީ އިންސާނާގެ ދަރިކަލުން ކަމަށް ވާތީ.


ދެން އީސާގެފާނު ވިދާޅުވިއެވެ. ”⁠ތެދުވޭ! އަދި ކަލޭ އޮށޯވެ ތިޔަ އޮތް ތަންމަތިގަނޑު ނަގައިގެން ހިނގައި ގަނޭ.⁠“


އެންމެ މަތިވެރިކަލާނގެ ދެއްވާ އެންމެ މަތިވެރި މަޤާމުގައި އެކަލާނގެ އީސާގެފާނު ލެއްވި. މަތިވެރި ވެރިއަކު ކަމުގަޔާއި، އަދި މީސްތަކުންގެ ދިންނެވުން ކަމުގައި އެކަލޭގެފާނު ލެއްވި. މާތްރަސްކަލާނގެ މި ފަދައިން ކަން ކުރެއްވީ އެއީ ބަނީއިސްރާއީލުގެ އެންމެ ހާ މީސްތަކުން ވެސް އެކަލޭގެފާނުގެ ކިބައަށް އެނބުރި ތައުބާވުމުން އެއެންމެންގެ ފާފަތައް ވެސް ފޮހެވި އެމީހުންނަށް ވެސް އަލުން ފުރުސަތެއް ދެއްވުމަށްޓާކާ.


މިމީހާއަށް ޕަތަރަސް ބުންޏެވެ. ”⁠އޭ އޭނިޔާސް. މާތްރަސްކަލާނގެ ޚާއްސަކުރައްވާ ފޮނުއްވި އީސާ އަލްމަސީޙު ކަލޭގެ ބަލި ހެޔޮކުރައްވައިފި. ތެދުވޭ. ތެދުވެ ކަލޭގެ ތަންމަތި ނަގާ އޮޅާލާ.⁠“ ޕަތަރަސް ހަމަ އެހެން ބުނުމާއި އެކު އޭނިޔާސް ކޮޅަށް ތެދުވިއެވެ.


އޭގެބަދަލުގައި އެކަކު އަނެކަކަށް އޯގާތެރިވެ، ހަމްދަރުދީގެ ހިތަކުން ބަލާށެވެ. އަދި އަލްމަސީޙު މެދުވެރި ކުރައްވާ މާތްރަސްކަލާނގެ ތިޔަބައިމީހުންނަށް މަޢާފު ދެއްވި ފަދައިން އެކަކު އަނެކަކަށް މަޢާފު ދޭށެވެ.


އަނެކާއާމެދު ކުރާނެ ޝަކުވާއެއް އޮވެއްޖެނަމަ އެކަން ބަރުދާސްތުކޮށް މަޢާފު ކުރާށެވެ. މާތްކަލާނގެ ތިޔަބައިމީހުންނަށް ވެސް މަޢާފުކޮށްދެއްވި ފަދައިން އެކަކުއަނެކާއަށް ތިޔަބައިމީހުން ވެސް މަޢާފު ކުރާށެވެ.


ကြှနျုပျတို့နောကျလိုကျပါ:

ကြော်ငြာတွေ


ကြော်ငြာတွေ