5 ’ތިބާގެ ފާފަތައް ފޮހެވިއްޖެއޭ‘ ނުވަތަ ’ތެދުވެ ހިނގާފައި ދާށޭ‘ މީގެ ތެރެއިން އޭނާއާއި ދިމާލަށް ބުނަން ފަސޭހައީ ކީކޭ؟
އެ ވަގުތު ބަޔަކު މީހުން ވާބަލި ޖެހިފައިވާ މީހަކު އަށިގަނޑަކަށް ލައިގެން އީސާގެފާނުގެ އަރިހަށް ގެނައެވެ. އެބައިމީހުންގެ އީމާންތެރިކަން އީސާގެފާނަށް ފެނިވަޑައިގެންނެވި ހިނދު، އެ ބަލި މީހާއަށް އެކަލޭގެފާނު ވިދާޅުވިއެވެ. ”ދަރިފުޅާ. ހިތްވަރުކުރޭ! ތިބާގެ ފާފަތައް ފޮހެވިއްޖެ!“
އިންސާނާގެ ދަރިކަލުންނަށް މިދުނިޔޭގައި މީސްތަކުންގެ ފާފަތައް ޢަފޫކޮށްދެއްވުމުގެ އިޚްތިޔާރު ލިބިގެންވާކަން އަހަރެން ތިޔަބައިމީހުންނަށް ސާބިތުކޮށްދޭނަން.“ ދެން އެވާބަލި ޖެހިފައިވާ މީހާއަށް އެކަލޭގެފާނު ވިދާޅުވިއެވެ. ”ތެދުވޭ. ތިބާގެ އަށިގަނޑު ހިފައިގެން ގެއަށް ދޭ!“
މިބައިމީހުންގެ އީމާންތެރިކަން ފެނިވަޑައިގެން ވާގިނެތިފައިވާ މީހާއަށް އީސާގެފާނު ވިދާޅުވިއެވެ. ”މަގޭ ދަރިފުޅާ، ތިބާގެ ފާފަތައް ފޮހެވިއްޖެ.“
މިބައިމީހުންގެ އީމާންތެރިކަން ދެކެވަޑައިގެން އީސާގެފާނު އެބަލި މީހާއަށް ވިދާޅުވިއެވެ. ”ރަޙުމަތްތެރިޔާ. ކަލޭގެ ފާފަތައް ފޮހެވިއްޖެ.“
ދެން އީސާގެފާނު އެ އަންހެން މީހާއަށް ވިދާޅުވިއެވެ. ”ކަލޭގެ ފާފަތައް ފުހެވިއްޖެ.“
މިމީހާ ރަނގަޅުވެފައި އެވަނީ އޭނާ އީސާގެފާނުގެ ނަންފުޅަށް އީމާންވުމުގެ ސަބަބުން. މިމީހާ އަކީ ކަލޭމެން އެންމެންނަށް ވެސް އެނގޭނެ ފަދައިން ވިހޭސުރެން ދެ ފައި ވާވެފައިވީ ނުހިނގޭ މީހެއް. އޭނާގެ ފައިގައި ވަރުޖެހި އޭނާ ރަނގަޅު އެވީ ކަލޭމެން އެންމެންގެ ކުރިމަތީގަ.
މިމީހާއަށް ޕަތަރަސް ބުންޏެވެ. ”އޭ އޭނިޔާސް. މާތްރަސްކަލާނގެ ޚާއްސަކުރައްވާ ފޮނުއްވި އީސާ އަލްމަސީޙު ކަލޭގެ ބަލި ހެޔޮކުރައްވައިފި. ތެދުވޭ. ތެދުވެ ކަލޭގެ ތަންމަތި ނަގާ އޮޅާލާ.“ ޕަތަރަސް ހަމަ އެހެން ބުނުމާއި އެކު އޭނިޔާސް ކޮޅަށް ތެދުވިއެވެ.