Biblia Todo Logo
အွန်လိုင်း သမ္မာကျမ်းစာ

- ကြော်ငြာတွေ -




މައްތާ 9:37 - ކިތާބުލް މުޤައްދަސާ

37 އީސާގެފާނު އެކަލޭގެފާނުގެ އަސްޙާބީންނަށް ވިދާޅުވިއެވެ. ”⁠ގިނަ ޢަދަދަކަށް ގޮވާން އެބަހުރި. ނަމަވެސް އެތަކެތި އެއްތަން ކުރުމަށް ޓަކައި ވަނީ ވަރަށް މަދު ބަޔަކު.

အခန်းကိုကြည့်ပါ။ ကော်ပီ




މައްތާ 9:37
17 ပူးပေါင်းရင်းမြစ်များ  

”⁠މާތްރަސްކަލާނގެ ރަސްކަންފުޅު ވަނީ މި ބިންވެރިޔާގެ މިސާލު ފަދައިން. މިމީހާ ހެނދުނު ހެނދުނާ ނިކުމެ އޭނާގެ މޭބިސްކަދުރު ދަނޑުގައި މަސައްކަތް ކުރުވުމަށް ޓަކައި މަސައްކަތްތެރިން ހޯދުމަށް ދިޔަ.


އެހެންވީމާ އެންމެހާ ޤައުމުތަކަށް ގޮސް އަހަރެންގެ އަސްޙާބީން އުފައްދާ. މަތިވެރި ބައްޕާފުޅާއި ދަރިކަލުންނާއި އަދި މާތްރޫޙުފުޅުގެ ނަންފުޅުމަތީ އެމީހުން ތައުބާގެ ހިނެވުމުން ހިނަވާ. ހަމައެހެންމެ އަހަރެން ތިޔަބައިމީހުންނަށް ކިޔަމަންތެރިވުމަށް އަމުރުކުރި އެންމެހާ ކަންތައްތައް އެބައިމީހުންނަށް އުނގަންނައިދީ. އަދި އަހަރެން ބުނަން. ދުނިޔެ ނިމިގެން ދިއުމަށް ދާންދެން ތިޔަބައިމީހުންނާއި އެކުގައި ދާއިމަށް އަހަރެން ވާނަން.⁠“


ވީމާ ގޮވާންތަކުގެ ވެރިފަރާތް، ސާހިބުވަންތަ ކަލާނގެ ކިބަފުޅަށް އެކަލާނގެ ގޮވާން ދަނޑަށް މަސައްކަތްތެރިން ފޮނުއްވައި ދެއްވުމަށް އެދި ދަންނަވާ.⁠“


އަދި އީސާގެފާނު އެބޭކަލުންނަށް ވިދާޅުވިއެވެ. ”⁠މުޅި ދުނިޔޭގެ އެކިކަންކޮޅުތަކުގައިވާ މީސްތަކުންނަށް ހެޔޮޚަބަރުފުޅާއި ބެހޭގޮތުން އިޢުލާން ކުރުމަށްޓަކައި ދޭ.


އެކަލޭގެފާނު އެމީހުންނަށް ވިދާޅުވިއެވެ. ”⁠މާތްރަސްކަލާނގެ އެންގެވުންތަކަށް އީމާންވުމަށް ތައްޔާރަށް ވާ އެތައް ބަޔަކު ވެސް ވޭ. ވީމާ އެމީހުންގެ ގާތަށް އަހަރެންގެ ބަސްތަކާއިގެން ދާނެ މީހުންނަށް އެދި އެމީހުންގެ ހިތްތައް އީމާންވުމުގެ މަގަށް އެނބުރުއްވި މާތްރަސްކަލާނގެ ކިބަފުޅަށް ދަންނަވަން.


އަދި މި ގޮވާލެއްވުން ދުނިޔޭގެ ހުރިހާ ޤައުމަކަށް ގޮވާލެވޭނެ. މި ގޮވާލެއްވުމަކީ މަތިވެރި މާތްރަސްކަލާނގެ ޚާއްސަ ކުރައްވާފައިވާ އަލްމަސީޙުގެ ނަންފުޅުގައި މީސްތަކުން މާތްރަސްކަލާނގެ ކިބަފުޅަށް އެނބުރުމުން އެމީސްތަކުންގެ ފާފަތައް ފުއްސަވާނެ ކަމުގެ ގޮވާލެއްވުން. މި ގޮވައިލެއްވުން ދުނިޔޭގެ ޤައުމުތަކަށް ފެތުރޭނީ ޖެރޫސަލަމުން.


އެ ރަށަށް އާދެވުނު ރޭ ޕައުލްއަށް ހުވަފެނެއް ފަދަ ގޮތެއްގައި ފެނުނީ މެސެޑޯނިޔާގެ މީހަކު އައިސް އާދޭހާއިއެކު މިފަދައިން އެދި ބުނިތަނެވެ. ”⁠މެސެޑޯނިޔާއަށް އައިސް އަހަރެމެންނަށް އެހީވޭ.⁠“


ތިމަންކަލޭގެފާނު މި ވަނީ ކަލެއާއި އެކުގަ. އެއްވެސް މީހަކަށް ކަލެއަކަށް ގެއްލުމެއް ނުދެވޭނެ. އެއީ ތިމަންކަލޭގެފާނުގެ މީހުން ކަމުގައިވާނެ އެތައް ބަޔަކު ވެސް މި ރަށުގައި ވޭ.⁠“


އަހަރެމެން ޖުސްތުސްގެ ނަމުން މުޚާތަބުކުރާ ޔަސޫޢު ވެސް ތިޔަބައިމީހުންނަށް ތަހުނިޔާ ފޮނުވައެވެ. ބަނީއިސްރާއީލުންގެ އީސާއީންގެ ތެރެއިން އަހަރެންނާއިއެކު މިތަނުގައި ވަނީ މިތިން މީހުން އެކަންޏެވެ. އެމީހުން އަހަރެންނާއިއެކުގައި މަސައްކަތް ކުރަނީ މާތްރަސްކަލާނގެ ރަސްކަންފުޅަށްޓަކައެވެ. އަދި އެމީހުންގެ ފަރާތުން ނުހަނު ލުއިފަސޭހަކަށް އަހަރެންނަށް ލިބިދެއެވެ.


މަސީޙީ ޖަމާޢަތުގެ ބޮޑުންގެ މީހަކު ފުރިހަމަ ގޮތުގައި އޭނާގެ މަސައްކަތް އަދާކުރާނަމަ އޭނާއަށް އެކަށީގެންވާ ހެޔޮ ބަދަލާއި ޝަރަފު ލިބިދޭން ވާނެއެވެ. ޚާއްސަ ގޮތެއްގައި ގަދައަޅާ މަސައްކަތްކުރާ މީހުންގެ ތެރެއިން ޚިތާބުކުރާ މީހުންނާއި އުނގަންނައިދޭ ފަރާތްތަކަށެވެ.


އަދި ކަލޭމެންގެ ދަނޑުތަކުގައި ގޮވާން ކޮށްދިން ދަނޑުވެރިންނަށް ކަލޭމެން ޚިޔާނާތްތެރިވެ އެބައިމީހުންނަށް ލިބިދޭންޖެހޭ މަސައްކަތުގެ އުޖޫރަ ނުދިނުމުން ކަލޭމެންނާއި ދެކޮޅުވެރިވެ އެބައިމީހުން އަޑުލަނީއެވެ. އެބައިމީހުން އުޖޫރައަށް އެދި ކުރި ޝަކުވާތަކުގެ އަޑު އެންމެހާ ކަމަކަށް ކުޅަދުންވަންތަ މާތްރަސްކަލާނގެ އައްސަވާވޮޑިގެންވިއެވެ.


ကြှနျုပျတို့နောကျလိုကျပါ:

ကြော်ငြာတွေ


ကြော်ငြာတွေ