މައްތާ 9:35 - ކިތާބުލް މުޤައްދަސާ35 އީސާގެފާނު އެ ސަރަހައްދުގައި ހުރި ސަހަރުތަކަށާއި އަވަށްތަކަށް ދަތުރު ކުރެއްވިއެވެ. އެކަލޭގެފާނު މާތްރަސްކަލާނގެ ރަސްކަންފުޅާއި ބެހޭ ހެޔޮޚަބަރުފުޅުން ދީނީ މަރުކަޒުތަކުގައި ވަޢުޡު ވިދާޅުވެ، އުންގަންނަވައި ދެއްވަމުން ގެންދެވިއެވެ. އަދި ހުރިހާ ބާވަތެއްގެ ބަލިމަޑުކަމެއް ފިއްލަވައި ފަސޭހަކޮށް ދެއްވިއެވެ. အခန်းကိုကြည့်ပါ။ |
ހަމައެހެންމެ އީސާގެފާނު ވަޑައިގެންނެވި ކޮންމެ ތަނެއްގައާއި ކޮންމެ އަވަށެއްގައާއި އަދި ކޮންމެ ރަށަކުން ބަލިމީހުންތައް މައިދާންތަކަށާއި މަގުތަކަށް ނެރެ ބައިތިއްބައެވެ. އަދި ބަލި މީހުންތައް އެކަލޭގެފާނުގެ ރިދާކޮޅުގެ ކައިރިފަށުގައި ކިރިޔާ އަތްލެވޭނެ ގޮތް މެދުވެރިކޮށް ދިނުން އެދި ވެސް އާދޭސް ދަންނަވަމުން ގެންދިޔައެވެ. މިގޮތުން އެކަލޭގެފާނުގެ ރިދާކޮޅުގައި އަތްލެވުނު ކޮންމެ މީހެއްގެ ބަލި ހެޔޮވެގެން ދިޔައެވެ.
އަޅުގަނޑު މި ކިޔާދޭ ނާޒަރަތުގެ އީސާގެފާނާއި ބެހޭ ވާހަކަތަކުގެ އަޑުއަހާ. އީސާގެފާނަކީ ތިޔަ ބައިމީހުންނަށްޓަކައި މާތްރަސްކަލާނގެ ފޮނުއްވި ބޭކަލެއްކަން ޚުދު އެކަލާނގެ ސާބިތުކޮށް ދެއްވައިފި. އެއީ އެކަލޭގެފާނު ކުރެއްވި ކަންތައްތަކުން ފެންނަން ހުރި މުޢުޖިޒާތްތަކުންނާއި ހައިރާން ކުރުވަނިވި އަލާމާތްތަކުންނާއި ނިޝާންތަކުން އެކަލޭގެފާނަކީ މާތްރަސްކަލާނގެ ކިބަފުޅުން ވަޑައިގެންނެވި ބޭކަލެއްކަން ޔަޤީންވެ ސާބިތުވޭ. ތިޔަބައިމީހުންގެ ތެރެއިން ކޮންމެ މީހަކަށް ވެސް މި ކަންތައްތައް ރަނގަޅަށް އެނގޭނެ.