Biblia Todo Logo
အွန်လိုင်း သမ္မာကျမ်းစာ

- ကြော်ငြာတွေ -




މައްތާ 9:33 - ކިތާބުލް މުޤައްދަސާ

33 ޖިންނިއަށް އެމީހާގެ ހަށިގަނޑުގެ ތެރެއިން ނުކުމެ ދިއުމަށް އީސާގެފާނު އަމުރު ކުރެއްވިއެވެ. އަދި އެ ހިނދު އެމީހާއަށް ވާހަކަ ދެކެވެން ފެށިއެވެ. އެތާ ތިބި އެންމެން ހައިރާންވެފައި ބުންޏެވެ. ”⁠މިފަދަ ކަމެއް މީގެ ކުރިން ބަނީއިސްރާއީލުންގެ ތެރެއިން ފެނިފައިނުވޭ.⁠“

အခန်းကိုကြည့်ပါ။ ကော်ပီ




މައްތާ 9:33
12 ပူးပေါင်းရင်းမြစ်များ  

މިވާހަކަތައް އީސާގެފާނު އަޑުއައްސަވައި އެކަލޭގެފާނު ޙައިރާންވެ ވަޑައިގެންނެވިއެވެ. އަދި އެކަލޭގެފާނުގެ އަރިހުގައި ތިބި މީސްތަކުންނާއި ދިމާލަށް އެނބުރި ވަޑައިގަންނަވާ ވިދާޅުވިއެވެ. ”⁠އަހަރެން މިބުނަނީ ތެދެއް. މުޅި ބަނީއިސްރާއީލުންގެ ތެރެއިން ވެސް މިވަރުގެ އީމާންކަން ހުރި މީހަކު އަހަރެން ނުދެކެން!


މި ދެ މީހުން އެތަނުން ދިޔުމަށް ފަހު، ބަޔަކުމީހުން އީސާގެފާނުގެ އަރިހަށް އިތުރު މީހަކު ގެނައެވެ. ޖިންނި އަވާލާފައި ވުމުގެ ސަބަބުން މި މީހާއަށް ވާހަކައެއް ނުދެއްކެއެވެ.


ހަމަ ވަގުތުން އެންމެންގެ ކުރިމަތީގައި މިމީހާ ތެދުވެ އޭނާގެ އަށިގަނޑު ހިފައިގެން ހިނގައްޖެއެވެ. މިކަމާމެދު އެ މީސްތަކުން އިންތިހާއަށް ޙައިރާންވެ، މާތްރަސްކަލާނގެ ކިބަފުޅަށް ޙަމްދާއި ސަނާ ކިޔައި ބުނެވުނެވެ. ”⁠މިފަދަ ޙައިރާން ކުރުވަނިވި ކަމެއް އަހަރެމެން ނުދެކެން!⁠“


އެއްފަހަރަކު އީސާގެފާނު މަންމަނު ޖިންނިއެއް މީހެއްގެ ހަށިގަނޑުން ނެރެ ބޭރުކުރެއްވިއެވެ. މި ޖިންނި އެމީހާގެ ހަށިގަނޑުން ނުކުތުމާއި އެކު އެޖިންނީގެ ސަބަބުން ވާހަކަ ނުދެއްކޭ މީހާ ކުއްލިއަކަށް ވާހަކަ ދައްކަން ފަށައިފިއެވެ. މިތަން ދެކެ އެންމެން ވަރަށް ބޮޑަށް ހައިރާންވިއެވެ.


އީސާގެފާނަށް އިވިވަޑައިގެން ރޯމުގެ ސިފައިންގެ މީހާގެ މިބަސްތަކުގެ ސަބަބުން އީސާގެފާނު ހައިރާންވެ ވަޑައިގެން އެކަލޭގެފާނުގެ އަރިހުގައި ވީ މީސްތަކުންނަށް ވިދާޅުވިއެވެ. ”⁠މިފަދަ މަތިވެރި އީމާންކަމެއް މުޅި ބަނީއިސްރާއީލުންގެ ތެރެއިން ވެސް އަހަރެން ނުދެކެން.⁠“


ကြှနျုပျတို့နောကျလိုကျပါ:

ကြော်ငြာတွေ


ကြော်ငြာတွေ