Biblia Todo Logo
အွန်လိုင်း သမ္မာကျမ်းစာ

- ကြော်ငြာတွေ -




މައްތާ 9:30 - ކިތާބުލް މުޤައްދަސާ

30 އެވަގުތު އެމީހުންގެ ލޯތައް ހުޅުވި ލޮލަށް ފެންނަން ފެށިއެވެ. އީސާގެފާނު އެބައިމީހުންނަށް އިންޒާރު ކުރެއްވިއެވެ. ”⁠އެއްވެސް މީހެއްގެ ކައިރީގައި މި ހިނގާ ދިޔަ ކަންތައްތަކުގެ ވާހަކަ ބުނެގެން ނުވާނެ.⁠“

အခန်းကိုကြည့်ပါ။ ကော်ပီ




މައްތާ 9:30
13 ပူးပေါင်းရင်းမြစ်များ  

ނަމަވެސް އެކަލޭގެފާނަކީ ކޮންބޭފުޅެއްކަން އެހެން މީހުން ކައިރީގައި ނުބުނުމަށް މީސްތަކުންނަށް އެކަލޭގެފާނު އަމުރު ކުރެއްވިއެވެ.


އީސާގެފާނާއި އެކަލޭގެފާނުގެ އަސްޙާބީން ފަރުބަދަ މަތިން ތިރިއަށް ފައިބަވަޑައިގެންނެވި ހިނދު އީސާގެފާނު އެބޭކަލުންނަށް އަމުރު ކުރައްވައި ވިދާޅުވިއެވެ. ”⁠އިންސާނާގެ ދަރިކަލުން މަރުވުމަށް ފަހު އަލުން ދިރިގެން ތެދުވަންދެން ތިޔަބައިމީހުންނަށް ފެނިދިޔަ ކަންތައްތަކުގެ ވާހަކަ އެއްވެސް މީހަކަށް އަންގައިގެން ނުވާނެ.⁠“


ދެން އީސާގެފާނު އެމީހާއަށް ވިދާޅުވިއެވެ. ”⁠މިވާހަކަ އެއްވެސް މީހެއްގެ ކައިރީގައި ނުބުނާތި. އެކަމަކު ތިބާގެ ހަށިގަނޑު އިމާމަކަށް ދެއްކުމަށްދޭ. އަދި މިފަދަ ބަލިތައް ޖެހިފައިވާ މީހުން ފަސޭހަ ވުމުން ތައުރާތުގައި މޫސާގެފާނު އިރުޝާދު ދެއްވާފައިވާ ފަދައިން ޤުރުބާންތައް ހުށަހަޅާ. އެއީ ހުރިހާ އެންމެންނަށް ތިޔަބަލިން ތިބާ ރަނގަޅުވެއްޖެކަން އަންގައި ދިނުމަށް ޓަކާ.⁠“


ދެން އީސާގެފާނު އެމީހާއަށް ގަދައަށް އިންޒާރު ކުރައްވާ ފޮނުއްވާ ލައްވަމުން ވިދާޅުވިއެވެ. ”⁠އަޑުއަހާ، މި ވާހަކަ އެއްވެސް މީހެއްގެ ކައިރީގައި ނުބުނާތި. އެހެނަސް ސީދާ ގޮސް ތިބާ އިމްތިޙާނު ކުރުމަށްޓަކާ އިމާމަކަށް ހަށިގަނޑު ދައްކާ. އެއަށް ފަހު ތިބާގެ ބަލިން ރަނގަޅުވެ ތާހިރުވެއްޖެކަން މީސްތަކުންނަށް ސާބިތުކޮށްދިނުމުގެ ގޮތުން މޫސާގެފާނު އަމުރުކުރެއްވި ޤުރުބާންތައް ކުރޭ.⁠“


ނަމަވެސް އީސާގެފާނު އެ ޖިންނިތަކަށް އެކަލޭގެފާނީ ކޮން ބޭކަލެއްކަން ނުބުނުމަށް ހަރުކަށިކަމާއެކު އިންޒާރުދެއްވިއެވެ.


އެހެނަސް އީސާގެފާނު އެކަލޭގެފާނާއިއެކު އެތަނުގައި ތިބި މީހުންނަށް މިވާހަކަ އެއްވެސް މީހެއްގެ ކައިރީ ނުބުނުމަށް އިންޒާރު ކުރެއްވުމަށް ފަހު ވިދާޅުވިއެވެ. ”⁠އެ ކަނބުލޮއަށް ކޮންމެވެސް ކާއެއްޗެއް ދީ.⁠“


ދެން އީސާގެފާނު އޭނާއަށް އަމުރުފުޅު ކުރެއްވިއެވެ. ”⁠ކަލޭގެ ހަށިގަނޑު އިމާމަކަށް ދައްކާ. އަދި ޖުޒާމުބަލި ޖެހިފައި ފަސޭހަވެއްޖެ މީހަކު ސާފުތާހިރުވުމުގެ ގޮތުން ކުރުމަށް ތައުރާތުގައި މޫސާގެފާނު އަމުރުފުޅު ކުރެއްވި ޤުރުބާންތައް ކުރޭ. އެއީ ކަލޭ ތިޔަބަލިން ފަސޭހަވެ ސާފުވެތާހިރުވީ ކަން އެންމެންނަށް ހާމަކޮށް ދިނުމުގެ ހެއްކެއްގެ ގޮތުން. ނަމަވެސް އަހަރެން ކަލޭގެ ބަލި ފަސޭހަ ކޮށްދިން ވާހަކަ އެއްވެސް މީހެއް ގާތު ބުނެގެންނުވާނެ.⁠“


މިތަންދެކެ އެކުއްޖާގެ މައިންބަފައިން ހައިރާންވެ އަޖައިބުވިއެވެ. ނަމަވެސް މިކަންތަކުގެ ވާހަކަ އެއްވެސް މީހަކު ކައިރީ ނުބުނުމަށް އީސާގެފާނު އެމީހުންނަށް އަމުރުކުރެއްވިއެވެ.


ကြှနျုပျတို့နောကျလိုကျပါ:

ကြော်ငြာတွေ


ကြော်ငြာတွေ