މައްތާ 9:28 - ކިތާބުލް މުޤައްދަސާ28 އީސާގެފާނު ގެއެއްގެ ތެރެއަށް ވަދެ ވަޑައިގެންނެވި ހިނދު އެ ލޯފަން ދެމީހުން ވެސް އެކަލޭގެފާނުގެ އަރިހަށް އައެވެ. އަދި އެ ދެމީހުންނަށް އެކަލޭގެފާނު ވިދާޅުވިއެވެ. ”އަހަރެންނަށް ތިޔަބައިމީހުންގެ ބަލި ހެޔޮ ކޮށްދެވިދާނެ ކަމުގައި ތިޔަބައިމީހުން ގަބޫލު ކުރަންތަ؟“ އެ ދެމީހުން އެކަލޭގެފާނަށް ޖަވާބު ދެއްވިއެވެ. ”އާދެ، މާތްސާހިބާ.“ အခန်းကိုကြည့်ပါ။ |
ޕައުލް މާތްރަސްކަލާނގެ ދެއްވި ދިންނެވުމުގެ އުފާވެރި ޚަބަރުގެ ވާހަކަތައް ދައްކަމުން ދިޔަ އިރު މީނާ ވަރަށް ކަނުލާ އެ ވާހަކަތައް އަޑު އަހަން އިނެވެ. ޕައުލް އޭނާ އާއި ދިމާލަށް ވަރަށް ފަރުވާވެ ބެލިއެވެ. އަދި އޭނާގެ ހިތުގައި އީސާގެފާނުގެ މައްޗަށް އީމާންކަން ވާތީ އީސާގެފާނު އޭނާއަށް ޖެހިފައިވާ ވާބަލިން އޭނާ ސަލާމަތް ކޮށްދެއްވާނެކަން ޕައުލްއަށް އެނގުނެވެ.