24 އެ ހިނދު އެކަލޭގެފާނު ވިދާޅުވިއެވެ. ”ހުރިހާ އެންމެން ބޭރަށް ނުކުމޭ! އެ އަންހެންކުއްޖާ އެ ވަނީ މަރުވެފައެއް ނޫން. އޭނާ އެވަނީ ނިދާފައި!“ އެމީހުން އީސާގެފާނާއި ދިމާލަށް ބަލައި ހޭންފެށިއެވެ.
އެތަނުގައި ތިބި މީސްތަކުން އެކަލޭގެފާނަށް މަލާމަތްކޮށް ހީނ ހެދިއެވެ. އެއަށް ފަހު އެމީހުން ބޭރަށް ދިއުމަށް އީސާގެފާނު އަމުރު ކުރައްވައި އެތަނުން ފޮނުވާލެއްވިއެވެ. އަދި އެ ކުއްޖާގެ މައިންބަފައިންނާއި އެކަލޭގެފާނުގެ ތިން އަސްޙާބީންނާއެކު އެ ކުއްޖާ ބޭއްވިފައިވާ ކޮޓަރި ތެރެއަށް ވެދެވަޑައިގަތެވެ.
މިމީހުން އީސާގެފާނަށް މަލާމާތް ކޮށް ހީ ހެދިއެވެ. އެއީ އެމީހުންނަށް އެކުއްޖާ ވަނީ މަރުވެފައިކަން ޔަޤީން ވާތީއެވެ.
އީސާގެފާނު ވިދާޅުވިއެވެ. ”ތިޔަ ބަލީގެ ނަތީޖާއަކީ ލާޒަރުގެ މަރުވުމެއް ނޫން. އެކަން އެފަދައިން އެވަނީ އެކަމުން މާތްރަސްކަލާނގެ ނަންފުޅަށް ޖަލާލުވަންތަކަން ލިބި، މާތްރަސްކަލާނގެ ދަރިކަލުންނަށް ވެސް އެކަމުގެ ސަބަބުން ޖަލާލަތު ލިބިގެން ދިއުމަށް.“
ޕައުލް ތިރިއަށް ގޮސް އޭނާގެ ކައިރީ އިށީނދެ އެ ޒުވާނާ ނަގާ އޭނާގެ ގައިގައި ބައްދާލިއެވެ. އަދި އެތާނގައި ތިބި މީސްތަކުންނަށް ޕައުލް ބުންޏެވެ. ”ދެރަނުވޭ. އޭނާ މަރެއްނުވޭ.“
ޕަތަރަސް އެތާނގައި ތިބި އެންމެންނަށް އެތަނުން ދިއުމަށް އެންގިއެވެ. ދެން ޕަތަރަސް ކަކޫމައްޗަށް ތިރިވެ ދުޢާ ކުރިއެވެ. ދެން ތަބިތާގެ ގަބުރާއި ދިމާއަށް އެނބުރި އޭނާ ބުންޏެވެ. ”ތަބިތާ، ތެދުވޭ.“ އެހެން ބުނުމާއި އެކު ތަބިތާގެ ދެ ލޯ ހުޅުވުނެވެ. އަދި އޭނާއަށް ޕަތަރަސް ފެނުމާއި އެކު ތެދުވެ އިށީނެވެ.