Biblia Todo Logo
အွန်လိုင်း သမ္မာကျမ်းစာ

- ကြော်ငြာတွေ -




މައްތާ 9:20 - ކިތާބުލް މުޤައްދަސާ

20 އެބޭކަލުން ހިންގަވާ ވަޑައިގަންނަވަމުން ގެންދެވި ހިނދު، މެދުނުކެނޑި ލޭފައިބަމުން ދާތާ ބާރަ އަހަރު ވެފައިވާ އަންހެނަކު އީސާގެފާނުގެ ފަހަތްޕުޅުން އައިސް އެކަލޭގެފާނުގެ ހެދުންކޮޅުގެ އަރިމަތީގައި އަތްލިއެވެ.

အခန်းကိုကြည့်ပါ။ ကော်ပီ




މައްތާ 9:20
12 ပူးပေါင်းရင်းမြစ်များ  

އީސާގެފާނު ތުރުކުރައްވައިގެން ހުންނެވި ރިދާކޮޅުގެ ކައިރިފަށުގައި އަތްލުމަށް އެދި އާދޭސް އެބައިމީހުން ދެންނެވިއެވެ. އަދި އެކަލޭގެފާނުގެ ރިދާ ކޮޅުގައި އަތްލި ކޮންމެ މީހެއްގެ ބަލި ފަސޭހަވެ ދިޔައެވެ.


އެމީހުން ހެޔޮ އަމަލުތައް ކުރާނީ މީހުންނަށް ދެއްކުމުގެ ގޮތުން. އެމީހުން ނިތްކުރީގައި އަޅައިގެން އުޅޭ ބާވައިލެއްވި ފަތްފުށްތަކުގެ އާޔަތްތައް އަޅާ ފޮށިތައް ބޮޑުކުރޭ. އަދި އެމީހުންގެ ހެދުންތަކުގެ އަތްދުއްލީ ވާނީ ވީހާވެސް ބޮޑަށް ދިގުކޮށްފައެވެ. އެއީ މީހުންނަށް ދެއްކުމުގެ ނިޔަތުގައެވެ.


ދެން އީސާގެފާނާއި އެކަލޭގެފާނުގެ އަސްޙާބީން ތެދުވެ ދީނީ މަރުކަޒުގެ ވެރިޔާ އާއި އެކުގައި ވަޑައިގަތެވެ.


ހަމައެހެންމެ އީސާގެފާނު ވަޑައިގެންނެވި ކޮންމެ ތަނެއްގައާއި ކޮންމެ އަވަށެއްގައާއި އަދި ކޮންމެ ރަށަކުން ބަލިމީހުންތައް މައިދާންތަކަށާއި މަގުތަކަށް ނެރެ ބައިތިއްބައެވެ. އަދި ބަލި މީހުންތައް އެކަލޭގެފާނުގެ ރިދާކޮޅުގެ ކައިރިފަށުގައި ކިރިޔާ އަތްލެވޭނެ ގޮތް މެދުވެރިކޮށް ދިނުން އެދި ވެސް އާދޭސް ދަންނަވަމުން ގެންދިޔައެވެ. މިގޮތުން އެކަލޭގެފާނުގެ ރިދާކޮޅުގައި އަތްލެވުނު ކޮންމެ މީހެއްގެ ބަލި ހެޔޮވެގެން ދިޔައެވެ.


އީސާގެފާނާއި އެކަލޭގެފާނުގެ އަސްޙާބީން ބެތުސައިދާ އަށް ވަޑައިގެންނެވި ހިނދު، މީސްތަކުންގެ ތެރެއިން ބަޔަކު ލޯފަން މީހަކު އެކަލޭގެފާނުގެ އަރިހަށް ގެނައެވެ. އަދި އެ ލޯފަން މީހާގެ ގައިގައި އެކަލޭގެފާނު އަތްޕުޅު ބީއްސަވާލެއްވުމަށް އެދި އެމީހުން އާދޭސް ކުރިއެވެ.


އެހެން ކަމުން އޭނާގެ ގައިގައި ބީހިފައިވާ ރުމާލެއް ނުވަތަ ފޮތިކޮޅެއް ވިޔަސް ބަލި މީހުންގެ ގައިގައި އެޅުމުން އެމީހުންގެ ބަލި ފިލައި ރަނގަޅުވަމުން ދިޔައެވެ. އަދި އެމީހެއްގެ ކިބައިގައި ނުބައިރޫޙެއް ވާނަމަ އެ ރޫޙެއް ވެސް އެމީހަކު ދޫކޮށް ވަގުތުން ދެއެވެ.


އީސާގެފާނުގެ މަންދޫބުން މީސްތަކުންގެ ބަލިތައް ފަސޭހަ ކުރަމުން ދިޔުމުގެ ސަބަބުން މީސްތަކުން އެމީހުންގެ ތެރޭގައިވާ ބަލިމީހުން އެނދުއެނދަށާއި އަށިގަނޑުތަކަށް ލައިގެން ގެނެސް މަގުމަތީގައި ބައިތިއްބިއެވެ. އެއީ އީސާގެފާނުގެ މަންދޫބެއް ކަމުގައިވާ ޕަތަރަސް އެހެން ލައިގެން ދާއިރު، އެބަލި މީހުންގެ މައްޗަށް އޭނާގެ ހިޔަނި އެޅިއްޖެ ނަމަވެސް އެމީހުންގެ ބަލިތައް ފަސޭހަވާނެ ކަމުގެ އުންމީދުގައެވެ.


ကြှနျုပျတို့နောကျလိုကျပါ:

ကြော်ငြာတွေ


ကြော်ငြာတွေ