Biblia Todo Logo
အွန်လိုင်း သမ္မာကျမ်းစာ

- ကြော်ငြာတွေ -




މައްތާ 9:18 - ކިތާބުލް މުޤައްދަސާ

18 އީސާގެފާނު މިފަދައިން ވާހަކަ ދައްކަވަނިކޮށް ދީނީ މަރުކަޒުގެ ވެރިޔަކު އެކަލޭގެފާނުގެ އަރިހަށް އައިސް އެކަލޭގެފާނުގެ ފައިންޕުޅު މައްޗަށް ތިރިވެ ދެންނެވިއެވެ. ”⁠އަޅުގަނޑުގެ އަންހެން ދަރިފުޅު ހަމަ ދެންމެ ނިޔާވެއްޖެ. ނަމަވެސް ކަލޭގެފާނު ވަޑައިގެން އޭނާގެ ގައިގާ ކަލޭގެފާނުގެ އަތްޕުޅު ބީއްސަވާލައްވައިފިނަމަ، އޭނާއަށް އަލުން އަނބުރާ ދިރުން ލިބިދެއްވާނެ!⁠“

အခန်းကိုကြည့်ပါ။ ကော်ပီ




މައްތާ 9:18
25 ပူးပေါင်းရင်းမြစ်များ  

އެ ހިނދު ދޯނީގައި ތިބި އެންމެން އީސާގެފާނަށް އަޅުކަން ކުރިއެވެ. އަދި އެބައިމީހުން އެކަލޭގެފާނަށް ދެންނެވިއެވެ. ”⁠ކަލޭގެފާނީ ޙަޤީޤަތުގައި ވެސް މާތްރަސްކަލާނގެ ދަރިކަލުން.⁠“


ނަމަވެސް އެ އަންހެނާ އީސާގެފާނުގެ އަރިހަށް ގޮސް އެކަލޭގެފާނުގެ ފައިންޕުޅު މައްޗަށް ތިރިވެ ދެންނެވިއެވެ. ”⁠މާތްސާހިބާ. އަޅުގަނޑަށް އެހީތެރިވެ ދެއްވާ!⁠“


އީސާގެފާނާއި އެކަލޭގެފާނުގެ އަސްޙާބީން އެއްވެފައި ތިބި މީސްތަކުންގެ ތެރެއަށް ވަޑައިގެންނެވި ހިނދު ފިރިހެނަކު އައިސް އީސާގެފާނުގެ ކުރިފުޅުމަތީ ކަކޫމައްޗަށް ތިރިވެ އެކަލޭގެފާނަށް ދެންނެވިއެވެ. ”⁠މާތްސާހިބާ، އަޅުގަނޑުގެ ފިރިހެން ދަރިފުޅުގެ މައްޗަށް ރަޙުމް ކުރައްވާ! އެ ދަރިފުޅަށް ވަނީ ވެއްޓޭބަލި ޖެހިފަ. އޭނާގެ ހާލު ވަރަށްވެސް ދެރަ. އަދި ވަރަށް ގިނަ ފަހަރު މަތިން އޭނާ އަލިފާނާއި އަދި ފެނުގެ ތެރެއަށް ވެސް ވެއްޓޭ.


އެއަށް ފަހު ޔާމީޒު އާއި ޔޫޙަންނާގެ މަންމަ އެ ދެބެއިންނާއި އެކުގައި އީސާގެފާނުގެ އަރިހަށް އައިސް އެކަލޭގެފާނުގެ ކުރިފުޅުމަތީގައި އެކަނބުލޭގެ ކުރުނީސްކޮށް ކަމަކަށް އެދި އާދޭސް ދެންނެވިއެވެ.


އީސާގެފާނު އެތަނުގައި ހުންނަވަނިކޮށް އެބައިމީހުންނަށް ފެނުނެވެ. އަދި އެބައިމީހުން އެކަލޭގެފާނަށް އަޅުކަން ކުރިއެވެ. އެކަމަކު ބައެއް އަސްޙާބީންނަށް އެއީ އީސާގެފާނު ކަމާ މެދު ޝައްކު ކުރެވުނެވެ.


ކުއްލިއަކަށް ޖުޒާމުބަލި ޖެހިފައިވާ މީހަކު އީސާގެފާނުގެ އަރިހަށް އައިސް އެކަލޭގެފާނުގެ ކުރިފުޅު މަތީގައި ކަކޫމައްޗަށް ތިރިވެ ދެންނެވިއެވެ. ”⁠މާތްސާހިބާ. ކަލޭގެފާނު އެދިވަޑައިގަންނަވާނަމަ، ކަލޭގެފާނަށް އަޅުގަނޑު މި ބަލިން ފަސޭހަކޮށް ސާފުތާހިރު ކުރެވިދާނެ.⁠“


އެކަލޭގެފާނުގެ އަސްޙާބީން އެކަލޭގެފާނުގެ އަރިހަށް ވަޑައިގެން އަވަހާރަފުޅުން ހޭލައްވައި އެކަލޭގެފާނަށް ދެންނެވިއެވެ. ”⁠މާތްސާހިބާ، އަޅުގަނޑުމެން ސަލާމަތް ކޮށްދެއްވާ! އަޅުގަނޑުމެން ގެނބި މި މަރުވަނީ!⁠“


އެފަދައިން އެކަކު ވެސް ރޯ މޭބިސްކަދުރުގެ ދިޔަ ބާ ހަމަކަށް ނާޅާނެ. އޭރުން އެ ރޯ ދިޔަ ހުތްވުމުން އުފެދޭ ވައިގެ ސަބަބުން އެ ބާ ހަން ފަޅައިގެން ގޮސް މޭބިސްކަދުރުގެ ދިޔަ ފައިބައިގެން ދާނެ. ރޯ މޭބިސްކަދުރުގެ ދިޔަ އަޅަންވާނީ އާ ހަމަކަށް. އޭރުން މޭބިސްކަދުރުގެ ދިޔައާއި އަދި ހަން ވެސް ރަނގަޅު ޙާލަތުގައި ވާނެ.⁠“


ދެން އީސާގެފާނާއި އެކަލޭގެފާނުގެ އަސްޙާބީން ތެދުވެ ދީނީ މަރުކަޒުގެ ވެރިޔާ އާއި އެކުގައި ވަޑައިގަތެވެ.


އެ ހިނދު އެކަލޭގެފާނު ވިދާޅުވިއެވެ. ”⁠ހުރިހާ އެންމެން ބޭރަށް ނުކުމޭ! އެ އަންހެންކުއްޖާ އެ ވަނީ މަރުވެފައެއް ނޫން. އޭނާ އެވަނީ ނިދާފައި!⁠“ އެމީހުން އީސާގެފާނާއި ދިމާލަށް ބަލައި ހޭންފެށިއެވެ.


މިދީނީ މަރުކަޒުގެ މުދިމު މިކަންތައްތައް ދެކެ ވަރަށް ބޮޑަށް ރުޅިއައެވެ. އެއީ ސަބަތުގެ ދުވަހެއްގައި އީސާގެފާނު މީހެއްގެ ބަލި ފަސޭހަ ކުރެއްވީތީއެވެ. އޭނާ އެއްވެފައި ތިބި މީސްތަކުންނަށް ބުންޏެވެ. ”⁠ހަފްތާއަކު މަސައްކަތް ކުރުމަށް ހަ ދުވަސް ވޭ. ވީމާ ބަލިން ހެޔޮވުމަށް އެއިން ދުވަހެއްގެ ތެރެއިން ދުވަހެއްގައި އާދޭ. ސަބަތުގެ ދުވަހުގައި ނަޔަކަސް ވެދާނެ.⁠“


އެއްދުވަހަކު ދީނުގެ މަތީ ވެރިއަކު އީސާގެފާނު ކުރެން ސުވާލު ކުރެއްވިއެވެ. ”⁠މަތިވެރި އެދުރުކަލޭގެފާނު. އަޅުގަނޑު ނިމުންނުވާ ޙަޔާތް ލިބިގަތުމަށް ކުރަންވީ ކޮން ކަމެއްތޯ؟⁠“


އެރަށުގަވީ ރޯމުގެ ސިފައިންގެ މަތީ މީހެއްގެ ނޯކަރުންގެ ތެރެއިން އޭނާއަށް ވަރަށް މުހިންމު އިތުބާރު ކުރެވޭ ނޯކަރަކު ވަރަށް ބޮޑަށް ބަލިވެ މަރަށް ހާޒިރު ވެފައި ވިއެވެ.


އީސާގެފާނު ވިދާޅުވިއެވެ. ”⁠މީހުންނަށް އަލުން ދިރުން ދޭނީ އަހަރެން. އަދި މީހުންނަށް ނިމުންނުވާ ދިރިހުރުން ދެނީ ވެސް ހަމަ އަހަރެން. އަހަރެން ގަބޫލުކޮށް އީމާންވާ މީހުން މަރުވިޔަސް ދިރިތިބޭނެ.


މަރިޔަމް ދިޔަ ގޮތަށް ދިޔައީ އީސާގެފާނު ހުންނެވި ތަނަށެވެ. އޭނާއަށް އެކަލޭގެފާނު ފެނުމާއި އެކު އެކަލޭގެފާނުގެ ފައިންޕުޅު މައްޗަށް ވެއްޓި ރޮއިގެންފައި ދެންނެވިއެވެ. ”⁠މާތް ސާހިބާ! ކަލޭގެފާނު މިތާ އަޅުގަނޑުމެންގެ ކާރީގައި ހުންނެވިނަމަ އަޅުގަނޑުގެ ކޮއްކޮ މަރެއް ނުވީސް.⁠“


ތައުރާތުގައިވާ މޫސާގެފާނަށް މާތްރަސްކަލާނގެ އެންގެވި ގަވާއިދުތަކާ ރަސޫލުންނާއި ނަބީބޭކަލުން މެދުވެރިކޮށް މާތްރަސްކަލާނގެ މީސްތަކުންނަށް އެންގެވި ބަސްފުޅުތައް ކިޔަވާ ނިމުމުން އެ ދީނީ މަރުކަޒުގެ ބޮޑުން މީހަކު ފޮނުވާ ބަރުނައްބާސް އާއި ޕައުލް އަށް ބުންޏެވެ. ”⁠އަޚުންނޭ، މިތާނގައި މިވާ މީސްތަކުންނަށް ހިތްވަރު ލިބޭނެ ފަދަ އެމީހުންގެ އީމާން ކަން އިތުރު ވުމަށް ހިތްވަރު ލިބޭނެ ފަދަ ޚަބަރެއް، ބަހެއްވާނަމަ އެމީހުންނާއި މުޚާޠަބުކޮށް ވާހަކަދައްކާ ބުނެދީ.⁠“


އޭރު ޕޫބްލިޔުސްގެ ބައްޕަ ވަނީ ވަރަށް ބޮޑަށް ހުންއައިސް ބޭރަށް ހިންގުމުގެ ރޯގާއެއްޖެހިފައެވެ. ޕައުލް ގޮސް އޭނާގެ ކޮނޑުގައި އަތްލާ އޭނާގެ މައްޗަށް ދުޢާ ކުރުމުން އޭނާގެ ބަލި ފިލާ ރަނގަޅުވިއެވެ.


ကြှနျုပျတို့နောကျလိုကျပါ:

ကြော်ငြာတွေ


ကြော်ငြာတွေ