މައްތާ 9:17 - ކިތާބުލް މުޤައްދަސާ17 އެފަދައިން އެކަކު ވެސް ރޯ މޭބިސްކަދުރުގެ ދިޔަ ބާ ހަމަކަށް ނާޅާނެ. އޭރުން އެ ރޯ ދިޔަ ހުތްވުމުން އުފެދޭ ވައިގެ ސަބަބުން އެ ބާ ހަން ފަޅައިގެން ގޮސް މޭބިސްކަދުރުގެ ދިޔަ ފައިބައިގެން ދާނެ. ރޯ މޭބިސްކަދުރުގެ ދިޔަ އަޅަންވާނީ އާ ހަމަކަށް. އޭރުން މޭބިސްކަދުރުގެ ދިޔައާއި އަދި ހަން ވެސް ރަނގަޅު ޙާލަތުގައި ވާނެ.“ အခန်းကိုကြည့်ပါ။ |
އީސާގެފާނު މިފަދައިން ވާހަކަ ދައްކަވަނިކޮށް ދީނީ މަރުކަޒުގެ ވެރިޔަކު އެކަލޭގެފާނުގެ އަރިހަށް އައިސް އެކަލޭގެފާނުގެ ފައިންޕުޅު މައްޗަށް ތިރިވެ ދެންނެވިއެވެ. ”އަޅުގަނޑުގެ އަންހެން ދަރިފުޅު ހަމަ ދެންމެ ނިޔާވެއްޖެ. ނަމަވެސް ކަލޭގެފާނު ވަޑައިގެން އޭނާގެ ގައިގާ ކަލޭގެފާނުގެ އަތްޕުޅު ބީއްސަވާލައްވައިފިނަމަ، އޭނާއަށް އަލުން އަނބުރާ ދިރުން ލިބިދެއްވާނެ!“