Biblia Todo Logo
အွန်လိုင်း သမ္မာကျမ်းစာ

- ကြော်ငြာတွေ -




މައްތާ 9:16 - ކިތާބުލް މުޤައްދަސާ

16 އެއްވެސް މީހަކު އާ ފޮތި ނުދޮވެ ބާ ހެދުމެއްގައި ވީ ބާގަނޑަކު ނާޅާނެ. އެފަދައިން އަމަލު ކޮށްފިނަމަ، އާ ފޮތިކޮޅު ކުޑަވެ ބާ ހެދުމުގައި ވީ ލޯވަޅު އިތުރަށް ހަލާކުވާނޭ.

အခန်းကိုကြည့်ပါ။ ကော်ပီ




މައްތާ 9:16
11 ပူးပေါင်းရင်းမြစ်များ  

އެހެންވީމާ، ސާހިބާ، ތިބާގެ ޚާދިމުންނާއި އެކުގައި ކުރިއަށްދޭ. އަހަރެންގެ ދަރިންނާއި، މި ޖަނަވާރު ތަކާއި އަދި އެހެނިހެން ތަކެއްޗާއިގެން މަޑުމަޑުން ހިނގާފައި ކުރިއަށް ދާނަން. އަހަރެމެން ސާހިބާއާ ބައްދަލު ކުރާނީ އަދޫމަށް ދެވުނީމަ.⁠“


އީސާގެފާނު އެބައިމީހުންނަށް ޖަވާބު ދެއްވިއެވެ. ”⁠ކައިވެނި ވާ ފިރިހެނާ މެހުމާނުންނާއި އެކުގައި ހުންނަ ހިނދު އެބައިމީހުން ދެރައެއް ނުވާނެ. އެކަމަކު ކައިވެނި ވާ ފިރިހެނާ އެބައިމީހުންގެ ކައިރިން ދުރަށް ދިއުމުގެ ވަގުތު ޖެހުމުން އެބައިމީހުން ދެރަވެ ނުކާނެ.


އެފަދައިން އެކަކު ވެސް ރޯ މޭބިސްކަދުރުގެ ދިޔަ ބާ ހަމަކަށް ނާޅާނެ. އޭރުން އެ ރޯ ދިޔަ ހުތްވުމުން އުފެދޭ ވައިގެ ސަބަބުން އެ ބާ ހަން ފަޅައިގެން ގޮސް މޭބިސްކަދުރުގެ ދިޔަ ފައިބައިގެން ދާނެ. ރޯ މޭބިސްކަދުރުގެ ދިޔަ އަޅަންވާނީ އާ ހަމަކަށް. އޭރުން މޭބިސްކަދުރުގެ ދިޔައާއި އަދި ހަން ވެސް ރަނގަޅު ޙާލަތުގައި ވާނެ.⁠“


އެއްވެސް މީހަކު އާ ފޮތިކޮޅެއް ނުދޮވެ ބާ ހެދުމެއްގައި ހުންނަ ބާގަނޑަކު ނާޅާނެ. އެހެން ހަދައިފިނަމަ އާ ފޮތިކޮޅު ކުރުގެޅި ބާ ހެދުމުގައި މަރާމާތު ކުރިތަން އިތުރަށް ހަލާކުވާނޭތީވެ.


ދެން އެކަލޭގެފާނު އެމީހުންނަށް މި މާނަފުން ވާހަކަތައް ވިދާޅުވެދެއްވިއެވެ. ”⁠އެއް ވެސް މީހަކު އާ ހެދުމަކުން ފޮތިގަނޑެއް ވީދާލާފައި ބާ ހެދުމެއްގައެއް ނާޅާނެ. އޭރުން އާ ހެދުމެއް ވީދާ ވެސް ލެވުނީ. އަދި އާ ފޮތިގަނޑެއް ބާ ހެދުމަކާ ނުގުޅޭނެ.


އަހަރެން ކަލޭމެން ގާތު ބުނަން ބޭނުން އެތައް އެތައް ބަސްތަކެއް އަދިވެސް އެބަހުރި. ނަމަވެސް މި ވަގުތު އެހުރިހާ ކަމެއް ވިސްނި އެނގުމުގެ ކުޅަދާނަކަމެއް ކަލޭމެންނަކަށް އަދި ލިބިފައެއް ނުވޭ.


ကြှနျုပျတို့နောကျလိုကျပါ:

ကြော်ငြာတွေ


ကြော်ငြာတွေ