Biblia Todo Logo
အွန်လိုင်း သမ္မာကျမ်းစာ

- ကြော်ငြာတွေ -




މައްތާ 9:14 - ކިތާބުލް މުޤައްދަސާ

14 އެއްދުވަހަކު ޔަޙުޔާގެފާނުގެ އަސްޙާބީން އީސާގެފާނުގެ އަރިހަށް އައިސް ދެންނެވިއެވެ. ”⁠އަޅުގަނޑުމެންނާއި އަދި ފަރީސީން ވެސް ރޯދަ ހިފަން. އެކަމަކު ކަލޭގެފާނުގެ އަސްޙާބީން ރޯދަ ނުހިފަނީ ކީއްވެ؟⁠“

အခန်းကိုကြည့်ပါ။ ကော်ပီ




މައްތާ 9:14
10 ပူးပေါင်းရင်းမြစ်များ  

ތިމަންނައަށް އިތުބާރު ކުރާށޭ ވަރަށް ގިނަ މީހުން ބުނެއެވެ. އެކަމަކު ޙަޤީޤަތުގައި އިތުބާރު ކުރެވޭ ބަޔަކު ފެނިދާނެ ހެއްޔެވެ؟


އެ ހިނދު ޔަޙުޔާގެފާނު ޖަލުގައި ހުންނަވަނިކޮށް އަލްމަސީޙު ކުރައްވަމުން ގެންދަވާ މަސައްކަތްޕުޅުގެ ޚަބަރު އެކަލޭގެފާނަށް ލިބިވަޑައިގެންނެވިއެވެ. އަދި ޔަޙުޔާގެފާނުގެ އަސްޙާބީން އީސާގެފާނުގެ އަރިހަށް ފޮނުވައި ސުވާލު ކުރެއްވިއެވެ.


”⁠ތިޔަބައިމީހުން ރޯދަޔަށް ތިބޭ ހިނދު މުނާފިޤުން ފަދައިން މޫނުމަތިން މަޑުމޮޅިގޮތް ދައްކައި ނުހަދާ. އެފަދަ މުނާފިޤުން ތިބީ ރޯދައަށްކަން މީސްތަކުންނަށް ދެއްކުމުގެ ގޮތުން އެބައިމީހުންގެ މޫނުތަކުން ހިތާމަވެރިގޮތް ދައްކުވާ. އެފަދަ މުނާފިޤުންނަށް ލިބިގެންވާނީ ހަމައެކަނި އިންސާނީ ހުޝާމަދު ކުރުންކަމުގައި އަހަރެން ޔަޤީންކަމާއެކުގައި ބުނަން.


އީސާގެފާނު އެބައިމީހުންނަށް ޖަވާބު ދެއްވިއެވެ. ”⁠ކައިވެނި ވާ ފިރިހެނާ މެހުމާނުންނާއި އެކުގައި ހުންނަ ހިނދު އެބައިމީހުން ދެރައެއް ނުވާނެ. އެކަމަކު ކައިވެނި ވާ ފިރިހެނާ އެބައިމީހުންގެ ކައިރިން ދުރަށް ދިއުމުގެ ވަގުތު ޖެހުމުން އެބައިމީހުން ދެރަވެ ނުކާނެ.


އެތަނުގައި ޔަޙުޔާގެފާނުގެ އަސްޙާބީންގެ ބަޔަކާއި ބަނީއިސްރާއީލު މީހަކާ ދެމެދު ދީނީ ގޮތުން ސާފުތޯހިރުވުމަށް ހިނައިގަނެވޭ ހިނައިގަތުންތަކާއި ބޭހޭގޮތުން ޒުވާބެއް ހިނގިއެވެ.


އީސާގެފާނު ޔަޙުޔާގެފާނަށް ވުރެވެސް ގިނަ މީހުން ތައުބާގެ ހިނެވުން ހިނަވަމުން ގެންދަވާ ކަމަށް ފަރީސީންނަށް އިވިއްޖެކަން އީސާގެފާނަށް އެނގިވަޑައިގެންފިއެވެ.


ကြှနျုပျတို့နောကျလိုကျပါ:

ကြော်ငြာတွေ


ကြော်ငြာတွေ