Biblia Todo Logo
အွန်လိုင်း သမ္မာကျမ်းစာ

- ကြော်ငြာတွေ -




މައްތާ 9:11 - ކިތާބުލް މުޤައްދަސާ

11 ފަރީސީންނަށް މިތަން ފެނި އީސާގެފާނުގެ އަސްޙާބީންގެ ކައިރިން އެހިއެވެ. ”⁠ކަލޭމެންގެ އެދުރުކަލޭގެ ޓެކްސް ނަގާ މީހުންނާއި އަދި އެހެނިހެން ފާފަވެރިންނާއި އެކުގައި ކައި އެހަދަނީ ކީއްވެ؟⁠“

အခန်းကိုကြည့်ပါ။ ကော်ပီ




މައްތާ 9:11
14 ပူးပေါင်းရင်းမြစ်များ  

އިންސާނާގެ ދަރިކަލުން ކަމުގައިވާ އަހަރެން އައީ ރަލާއި އާދައިގެ ކާނާ ކައިގެން. ވީމާ އެމީހުން ބުނޭ. ’⁠ނިކަން ދެކެބަލަ! އޭނާއަކީ ކެއުމަށް ވަރުހުންނަ ރާބޯ މީހެކޭ. އަދި ޓެކްސް ނަގާ މީހުންނާއި އެންމެ ނުބައި ފާފަވެރިންގެ ވެސް އެކުވެރިއެކޭ.⁠‘ ނަމަވެސް، ނަތީޖާއެއްގެ ގޮތުން މާތްރަސްކަލާނގެ ޙިކުމަތްވަންތަކަން ދައްކަވައިދެއްވާނެ.⁠“


ހަމައެކަނި ތިޔަބައިމީހުން ދެކެ ލޯބިވާ ބަޔަކު ދެކެ ތިޔަބައިމީހުން ވެސް ލޯބިވާނަމަ އެކަމަށް މާތްރަސްކަލާނގެ ތިޔަބައިމީހުންނަށް ދެއްވަންވީ ކޮން ޘަވާބެއް؟ ޓެކްސް ނަގާ މީހުން ވެސް އެފަދައިން ކަންތައް ކުރޭ.


އީސާގެފާނާއި އެކަލޭގެފާނުގެ އަސްޙާބީން ފަރިއްކުޅުއްވުމަށް ޓަކައި މައްތާގެ ގޭގައި ތިއްބެވިއެވެ. އެ ހިނދު އެގޭގައި ގިނަ އަދަދެއްގެ ޓެކްސް ނަގާ މީހުންނާއި އަދި ފާފަވެރި އެތައް ބަޔަކު އައިސް އެކަލޭގެފާނާއި އަދި އަސްޙާބީންނާއި އެކުގައި ކައި ހެދިއެވެ.


ޓެކްސް ނަގާ މީހުންނާއި އަދި މި ފާފަވެރިންނާއި އެކުގައި އީސާގެފާނު ފަރީއްކުޅުވަމުން ގެންދަވާތަން ފެނިގެން ފަރީސީ މަޒުހަބުގެ ދަންނަ ބޭކަލުން އެކަލޭގެފާނުގެ އަސްޙާބީންނަށް ބުންޏެވެ. ”⁠މިފަދަ މީހުންނާއެކު އޭނާ އެއްސުފުރާ މަތީ ކައިބޮއި އެ ހަދަނީ ކީއްވެ؟⁠“


އެއްވެފައިވާ މީސްތަކުން މިކަންތައް ދެކެ މިކަމާއި ނުރުހި ފާޑުކިޔުމުގެ ގޮތުން އެކަކު އަނެކަކަށް ބުންޏެވެ. ”⁠އޭނާ އެދިޔައީ ފާފަވެރިޔެއްގެ މެހުމާނަކު ކަމުގައި ވުމަށް!⁠“


މިތަން ދެކެ ފަރީސީންނާއި އެމީހުންގެ ބައިގައި ހިމެނޭ ދީނުގެ ދަންނަބޭކަލުން ހިތްހަމަ ނުޖެހިގެން އެކަލޭގެފާނުގެ އަސްޙާބީންނަށް ބުންޏެވެ. ”⁠ކަލޭމެން ޓެކްސް ނަގާ މީހުންނާ ފާފަވެރިންނާއިއެކު އެއްސުފުރާ މަތީ ކައިބޮއި ތިޔަހަދަނީ ކީއްވެ؟⁠“


”⁠ކަލޭ ތިޔަ އައީ ބަނީއިސްރާއީލު މީހުން ކަމުގައި ނުވާ މީހުންގެ ގޭގައި ހުރެފަ. އަދި އެމީހުންނާއި އެކު އެއްސުފުރާ މަތީ ކައި ވެސްފަ.⁠“


އަހަރެންނާއި ކަލެއާ މިއީ ބަނީއިސްރާއީލު މީހުން. އަހަރެމެން ބަނީއިސްރާއީލު މީހުންގެ ތެރެއިން އީސާގެފާނަށް އީމާންވެތިބި މީހުންނަށް އެނގޭ، އަހަރެމެންނަށް ދިންނެވުން ލިބިފައިމިވަނީ އަހަރެމެން އަމުރުފުޅުތަކާއި ގަވާއިދާ އެއްގޮތަށް ކަންތައް ކުރާތީއެއް ނޫންކަން. އަހަރެމެން ދިންނެވިފައި މިވަނީ އީސާގެފާނު ގަބޫލުކޮށް އީމާންވުމުގެ ސަބަބުން. އެހެނީ އެއްވެސް މީހަކަށް އެމީހަކު ކުރާކަންތައް ތަކެއްގެ ސަބަބަކުން މާތްރަސްކަލާނގެ ރުއްސެވުމެއް ނުހޯދޭނެ.


އުއްތަމަ އިމާމުގެ ކިބައިގައިވާ ބަލިކަށިކަމުގެ ސަބަބުން މަގުން ކައްސާލާފައިވާ މީހުންގެ ޖާހިލުކަން ހިތައި އެމީހުންނާމެދު ހަމްދަރުދީ ވެވެއެވެ.


މި އުނގަންނައި ދިނުމާއި ދެކޮޅު ހަދާ އެދުރުން ތިޔަބައިމީހުންގެ ގެތަކަށް އައުމަށް ދަޢުވަތު ނުދޭށެވެ. އެމީހުންނަށް މަރުހަބާ ނުކިޔާށެވެ.


ကြှနျုပျတို့နောကျလိုကျပါ:

ကြော်ငြာတွေ


ကြော်ငြာတွေ