Biblia Todo Logo
အွန်လိုင်း သမ္မာကျမ်းစာ

- ကြော်ငြာတွေ -




މައްތާ 8:8 - ކިތާބުލް މުޤައްދަސާ

8 އެކަމަކު އެ އޮފިސަރު ދެންނެވިއެވެ. ”⁠މާތްސާހިބާ. އަޅުގަނޑުގެ ގެއަށް ސާހިބާ ވަޑައިގަތުމަށް އަޅުގަނޑަކީ އެކަށީގެންވާ މީހަކީމެއް ނޫން. ހަމައެކަނި ސާހިބާ އަމުރުފުޅު ކުރައްވައިފިއްޔާ އަޅުގަނޑުގެ ނޯކަރު ބަލިން ރަނގަޅުވާނެ.

အခန်းကိုကြည့်ပါ။ ကော်ပီ




މައްތާ 8:8
18 ပူးပေါင်းရင်းမြစ်များ  

އިނބަރަސްކަލާނގެ އޯގާތެރިކަމާއި ނިމުމެއް ނުވާ ލޯތްބަކީ އަޅާއަށް ޙައްޤު ކަންތައްތަކެއް ނޫންމެ. އަޅާ މިދަތުރަށް ގެއިން ނުކުތް ހިނދު ހިނގަން ގެންގުޅުނު އަސާ ފިޔަވައި އިތުރު އެއްވެސް އެއްޗެއް އަޅާގެ މިލްކުގައި ނުވޭމެ. ނަމަވެސް އަދު އަޅާ އައިސް މިހުރީ މި ބޮޑު ދެ ޖަމާޢަތާއެކުގައި!


ކަލޭމެންގެ ހިތާއި އަދި ދިރިއުޅުން ބަދަލުވެއްޖެކަން ދައްކައި ދިނުމުގެ ގޮތުން އަހަރެން ކަލޭމެން ތައުބާގެ ހިނެވުމުން މި ހިނަވަނީ ފެނުން. ނަމަވެސް އަހަރެންނަށް ވުރެން މަތިވެރި ބޭކަލަކު ވަޑައިގަންނަވާނެ. އަހަރެންނަކީ އެބޭކަލެއްގެ ފައިވާން އުފުލުމަށް ވެސް އެކަށީގެންވާ މީހަކީމެއް ނޫން. އެކަލޭގެފާނު ކަލޭމެން ހިނަވާނީ މާތްރޫޙުފުޅުންނާއި އަދި އަލިފާނުން.


ނަމަވެސް ޔަޙުޔާގެފާނު އެކަންތައް ހުއްޓުމަށް ޓަކައި މަސައްކަތް ކުރެއްވުމުގެ ގޮތުން ދެންނެވިއެވެ. ”⁠ކަލޭގެފާނު އަޅުގަނޑުގެ ކައިރިއަށް ތައުބާގެ ހިނެވުމުން ހިނައިގެންނެވުމަށް ޓަކައި ތިޔަ ވަޑައިގެންނެވީ ކީއްވެ؟ އަޅުގަނޑު ތައުބާގެ ހިނެވުމުން ހިނައިދެއްވުމަށް ކަލޭގެފާނުގެ އަރިހުން އެދިވަޑައިގަންނަވަމު!⁠“


އީސާގެފާނު އެކަލޭގެފާނުގެ އަތްޕުޅު ދިއްކުރައްވައި އެމީހާގެ ގައިގައި ބީއްސަވައި ވިދާޅުވިއެވެ. ”⁠އަހަރެން އެދެން. ސާފުވެ ތާހިރުވޭ!⁠“ ކުއްލިއަކަށް އެމީހާއަށް ޖެހިފައިވާ ޖުޒާމު ބަލި ފަސޭހަވެއްޖެއެވެ.


އީސާގެފާނު އެ އޮފިސަރަށް ވިދާޅުވިއެވެ. ”⁠އަހަރެން ގޮސް އޭނާގެ ބަލި ފަސޭހަކޮށް ދޭނަން.⁠“


އެހެނީ އަޅުގަނޑަކީ ވެސް އަޅުގަނޑުގެ މައްޗަށް ތިބި އޮފިސަރުންގެ ދަށުގައި ހުރި މީހަކީން. ހަމައެހެންމެ އަޅުގަނޑުގެ އަމުރުވެރިކަމުގެ ދަށުގައި ފަހުލަވާނުން އެބަތިބި. އޭގެތެރެއިން ފަހުލާނަކަށް އަޅުގަނޑު ދާން އެންގުމުން އޭނާ ދޭ. އަދި ފަހުލަވާނަކަށް އަޅުގަނޑު އަންނަން އެންގުމުން އެ ފަހުލަވާނަކު އާދޭ. އަޅުގަނޑުގެ ނޯކަރަށް ކަމެއް ކުރުމަށް އަމުރު ކުރުމުން އެ ނޯކަރު އެކަމެއް ކުރޭ.⁠“


ވީމާ އަހަރެންނަކީ މިހާރު ބައްޕަގެ ދަރިއެއްގެ ނަން ލިބުން ޙައްޤު މީހަކީމެއް ނޫނޭ. އެހެންނަމަވެސް ބައްޕަގެ ނޯކަރުންގެ ތެރެއިން މީހަކު ކަމުގައި އަހަރެން ގަބޫލު ކުރާށޭ.⁠‘


މި ހިނދު މިދަރިފުޅު ބުނި. ’⁠ބައްޕާއޭ. އަޅުގަނޑު ބައްޕައާއި އަދި މާތްރަސްކަލާނގެ އާއި ދެކޮޅުވެ ފާފަ ކޮށްފީމޭ. ވީމާ އަޅުގަނޑަކީ މިހާރު ބައްޕަގެ ދަރިއެއްގެ ނަން ލިބުން ޙައްޤު މީހަކީމެއް ނޫނޭ.⁠‘


ޝަމްއޫނު އަށް މިތަން ފެނުމުން އީސާގެފާނުގެ ފައިންޕުޅު މައްޗަށް ތިރިވެ އެކަލޭގެފާނަށް ދެންނެވިއެވެ. ”⁠މާތްސާހިބާ. އަޅުގަނޑުގެ ކައިރިން ދުރަށް ވަޑައިގަންނަވާ. އަޅުގަނޑަކީ ފާފަވެރި އަކީން.⁠“


ကြှနျုပျတို့နောကျလိုကျပါ:

ကြော်ငြာတွေ


ကြော်ငြာတွေ