Biblia Todo Logo
အွန်လိုင်း သမ္မာကျမ်းစာ

- ကြော်ငြာတွေ -




މައްތާ 8:6 - ކިތާބުލް މުޤައްދަސާ

6 އަދި އެ އޮފިސަރު ދެންނެވިއެވެ. ”⁠މާތްސާހިބާ. އަޅުގަނޑުގެ ނޯކަރު ވަނީ ބަލިވެ ގޭގައި. އޭނާއަށް އޭނާގެ ހަށިގަނޑުން ހަރަކާތެއް ވެސް ނުކުރެވެ. އަދި އޭނާ ވަނީ ނުހަނު ވޭނުގައި.⁠“

အခန်းကိုကြည့်ပါ။ ကော်ပီ




މައްތާ 8:6
12 ပူးပေါင်းရင်းမြစ်များ  

މުޅި ސޫރިޔާ ސަރަހައްދުގައި އީސާގެފާނުގެ ޚަބަރުފުޅު ފެތުރިގެން ދިޔައެވެ. އަދި މީސްތަކުން އެކަލޭގެފާނުގެ އަރިހަށް ބަލިމީހުން ގެންނަމުން ގެންދިޔައެވެ. އެބައިމީހުންނީ ތަފާތު ބަލިމަޑުކަމުގެ ވޭން އުފުލަމުން ގެންދާ މީހުން ވެސް މެއެވެ. އޭގެ ތެރޭގައި އިންތިހާއަށް ވޭނުގައި ތިބި ފަރާތްތަކާއި ޖިންނީގެ އުނދަގުލުގައި ތިބި މީހުންނާއި ހޭނެތި އިދިފުށަށް ދަމާ މީހުންގެ އިތުރުން ވާބަލީގައި ތިބި މީހުން ހިމެނެއެވެ. އީސާގެފާނު މިހުރިހާ މީހުންގެ ބަލި ފަސޭހަ ކޮށްދެއްވިއެވެ.


އީސާގެފާނު އެ އޮފިސަރަށް ވިދާޅުވިއެވެ. ”⁠އަހަރެން ގޮސް އޭނާގެ ބަލި ފަސޭހަކޮށް ދޭނަން.⁠“


އެ ވަގުތު ބަޔަކު މީހުން ވާބަލި ޖެހިފައިވާ މީހަކު އަށިގަނޑަކަށް ލައިގެން އީސާގެފާނުގެ އަރިހަށް ގެނައެވެ. އެބައިމީހުންގެ އީމާންތެރިކަން އީސާގެފާނަށް ފެނިވަޑައިގެންނެވި ހިނދު، އެ ބަލި މީހާއަށް އެކަލޭގެފާނު ވިދާޅުވިއެވެ. ”⁠ދަރިފުޅާ. ހިތްވަރުކުރޭ! ތިބާގެ ފާފަތައް ފޮހެވިއްޖެ!⁠“


މި މަލާއިކަތާ މި ބަސްތައް ވިދާޅުވުމަށް ފަހު އެނބުރި ދިޔައެވެ. ހަމަ އެވަގުތު ކޮރުނޭލިޔުސް އޭނާގެ ދެ ނޯކަރުންނާއި އޭނާގެ ބައިގައި ހިމެނޭ ސިފައިންގެ މީހުންގެ ތެރެއިން މީހަކު ގެނައެވެ. މި ސިފައިންގެ މީހާއަކީ ވެސް މާތްރަސްކަލާނގެ ކިބައަށް އީމާންވެގެންވާ ޞާލިޙު މީހެކެވެ.


އެމީހުންގެ ތެރޭގައި ނުބައި ރޫޙުތަކުގެ ބާރުގެދަށުވެފައި ވީ އެތައް ބަޔަކު ވިއެވެ. ފިލިޕު އެހުރިހާ އެންމެން އެ ނުބައި ރޫޙުތަކުގެ ދަށުން ސަލާމަތްކޮށް އެ ނުބައި ރޫޙުތައް ފޮނުވާލިއެވެ. އެ ރޫޙުތައް އަޑުގައި ނެއްތަނަށް ރޮއެ ހަޅޭއްލަވަމުން އެމީހުން ދޫކޮށް ދިޔައެވެ. އޭގެ އިތުރުން އެތާނގައި ތިބި ވާބަލި ޖެހިފައިވީ މީހުންނާއި ކޮރު މީހުން ވެސް ފިލިޕު ރަނގަޅު ކުރިއެވެ.


އެ ރަށުގައި ވީ އޭނިޔާސްއޭ ކިޔުނު މީހަކާއި ޕަތަރަސްއާއި ބައްދަލުވިއެވެ. މިމީހާއަކީ އޭރު ވާބަލީގެ ސަބަބުން އޮތް ތަނުން ނުތެދުވެވޭތާ އަށް އަހަރު ވެފައިވާ މީހެކެވެ.


މި އާ ޙަޔާތުގައި އެއްވެސް މީހަކު އަނެކާއަށްވުރެ މަތިވެރިއެއް ނޫނެވެ. އެއީ ޚިތާނު ކުރެވިފައިވާ މީހެއް ކަމުގައި ވިޔަސް، ނުވަތަ ޚިތާނު ނުކުރެވި ހުރި މީހެއްކަމުގައި ވިޔަސް، ނުވަތަ ބަނީއިސްރާއީލީއަކު ކަމުގައި ވިޔަސް، ނުވަތަ ޣައިރު ބަނީއިސްރާއީލީއަކު ކަމުގައިވިޔަސް އަދި ތަރައްޤީނުވާ މީހަކު ނުވަތަ ނާތަހުޒީބު މީހަކު ނުވަތަ އަޅަކު ނުވަތަ މިނިވަނަކު ވިޔަސްމެއެވެ. ހުރިހާ އެންމެންނަށްވުރެ އެންމެ މުހިންމީ އީސާއަލްމަސީޙުއެވެ. އެކަލޭގެފާނު ތިޔަ އެންމެންގެ ކިބައިގައި ވެއެވެ.


ސާހިބުންނޭވެ! ތިޔަމީހުންގެ އަޅު ނޯކަރުންނާއިމެދު އަޅާލައި އިންސާފާއެކު އެމީހުންނާމެދު އަމަލުތައް ބަހައްޓާށެވެ. ތިޔަ ސާހިބުންނަށްޓަކައި ވެސް ސުވަރުގޭގައި ސާހިބަކު ވަޑައިގެން ވާކަން ހަނދާން ބަހައްޓާށެވެ.


މިފަދައިން މަސީޙީ ނޯކަރުންނަށް މަސީޙީ ދީނުގެ ސާހިބަކު ލިބިފައިވާނަމަ އެސާހިބަކަށް ކުރާ ގަދަރާއި އިޙުތިރާމު މާ ބޮޑަށް ފުރިހަމަ ކުރާންވާނެއެވެ. ސަބަބަކީ އެމީހުންނަކީ މާތް ސާހިބު، އީސާގެފާނަށް އީމާންވެގެންވާ ބައެއްކަމުގައި ވުމުން އެފަދަ ނޯކަރުންނަށް އެ އެހީތެރިވެވެނީ ހުރިހާ މާނައެއްގައި ލޯތްބާއި އަޚުވަންތަ ކަމާއެކުގައެވެ. ތިމޮތީއެވެ. މި ތެދު ޙަޤީޤަތް މީސްތަކުންނަށް އުނގަންނައިދޭށެވެ. އަދި އީމާންވީ ފަރާތްތަކުން މި މަގުގައި ކުރިއަށް ދިއުމަށް ހިތްވަރު ދޭށެވެ.


މިއަދު އޭނާ އަކީ ތިބާގެ ހަމައެކަނި އަޅެއް ނޫނެވެ. އެކަމަކު އަޅަކަށްވުރެ މާ މަތިވެރި މީހެކެވެ. އޭނާ އަކީ ތިބާގެ ލޮބުވެތި އަޚެއް ވެސްމެއެވެ. ޚާއްސަކޮށް އަހަރެންގެއެވެ. އެކަމަކު އަހަރެމެން ދެމީހުންނަށް އޭނާ ކިހާ މުހިންމު ތޯ؟ އަޅެއްގެ ގޮތުންނާއި އަދި އަލްމަސީޙުގެ ފަރާތުން ލިބިފައިވާ އަޚެއްގެ ގޮތުންނެވެ.


ကြှနျုပျတို့နောကျလိုကျပါ:

ကြော်ငြာတွေ


ကြော်ငြာတွေ