5 އީސާގެފާނު ކަޕަރުނައުމްއަށް ވަޑައިގެންނެވިހިނދު ރޯމު ސިފައިންގެ އޮފިސަރެއް އެކަލޭގެފާނުގެ އަރިހަށް އައިސް އެހީތެރިކަމަށް އެދި ދެންނެވިއެވެ.
ކަޕަރުނައުމްގެ އަހުލުވެރިންނޭ! ކަލޭމެންނަށް ސުވަރުގެ ލިބިދޭނޭ ކަމުގައި ހީކުރަނީތަ؟ ނޫން. ކަލޭމެން ވެއްޓިގެން ދާނީ ނަރަކައިގެ އެންމެ ފުންމިނަށް. ކަލޭމެންގެ މެދުގައި އަހަރެން ދެއްކި މުޢުޖިޒާތްތައް ސަދޫމުގައި ދެއްކި ކަމުގައި ވީނަމަ މިއަދު ވެސް އެ ރަށް ފެންނަން އޮތީސް.
ބިންހެލުން ކުރިމަތިވުމުން ރޯމުގެ އޮފިސަރާއި އަދި އީސާގެފާނު ސަލީބަށް އެރުއްވުމުގައި އުޅުނު ސިފައިން ބިރުގަތެވެ. މިހުރިހާ ކަމެއް ހިނގައި ދިޔުމަށް ފަހު އެބައިމީހުން ބުންޏެވެ. ”ތެދެއް. މިއީ މާތްރަސްކަލާނގެ ދަރިކަލުން.“
އަދި ނާޒަރަތަށް ވަޑައިގެންނެވުމުގެ ބަދަލުގައި ކަޕަރުނައުމް އަވަށަށް ވަޑައިގެން ދިރިއުޅުއްވަމުން ގެންދެވިއެވެ. އެއީ ޒަބޫލޫން އާއި ނަފްތާލީ ސަރަހައްދުގެ ތެރެއިން ގަލީލީ ކަނޑުގެ އައްސޭރި ފަށުގައިވާ އަވަށެކެވެ.
އީސާގެފާނު އެކަލޭގެފާނުގެ އަސްޙާބީންނާއި އެކުގައި ދޯންޏަށް އަރާވަޑައިގެން ކަނޑު ހުރަސްކުރެއްވުމަށް ފަހު، އެކަލޭގޭފާނު ދިރިއުޅުއްވާ އަވަށަށް ވަޑައިގަތެވެ.
އަދި ސަލީބުގެ ކުރިމަތީގައި ކޮޅަށް ހުރި ސިފައިންގެ އޮފިސަރަކަށް އީސާގެފާނު އަވަހާރަވެދިޔަ މަންޒަރު ފެނިގެން ދިޔައެވެ. އެ ހިނދު އޭނާއަށް ބުނެވުނެވެ. ”ޙަޤީޤަތުގައި ވެސް މި ފިރިހެނާއަކީ މާތްރަސްކަލާނގެ ދަރިކަލުން!“
އޭގެ ކުޑަ ދުވަސްކޮޅެއް ފަހުން އީސާގެފާނު ކަޕަރުނައުމް އަށް އެނބުރި ވަޑައިގެންނެވިއެވެ. އަދި އެކަލޭގެފާނު ރަށަށް ވަޑައިގެންނެވި ޚަބަރުފުޅު ފެތުރިގެން ދިޔައެވެ.
ސިފައިން ޕައުލް ގައިގައި ތެޅުމަށް އޭނާ ބަންނަމުން ދަނިކޮށް ޕައުލް އެތާނގައި ހުރި އޮފިސަރަށް ބުންޏެވެ. ”ރޯމުސަރުކާރުގެ ރައްޔިތަކާ ދޭތެރޭ ކޯޓުގައި ޝަރީއަތް ނުކުރެވޭހާ ހިނދަކު އެމީހެއްގެ ގައިގައި ތެޅުން އެއީ ހުއްދަ ކަމެއް ތޯ؟“
ދެން ޕައުލް އެތަނުގައި ހުރި ސިފައިންގެ އޮފިސަރަކަށް ދެންނެވިއެވެ. ”މީނާ ކޮމާންޑަރުގެ އަރިހަށް ގެންގޮސް ދީ. އޭނާ ކޮމާންޑާރަށް ދޭން އެދޭ ޚަބަރެއް އެބައޮތް.“
ދެން ކޮމާންޑަރު އޭނާގެ ދެ އޮފިސަރުންނަށް ވިދާޅުވިއެވެ. ”ދުއިސައްތަ ސިފައިން ކައިސަރިޔާއަށް ދިއުމަށް ހަމަމިހާރު ތައްޔާރު ކުރޭ. އަދި އެމީހުންނާއި އެކު ހަތްދިހަ އަހުގެ ސިފައިންނާއި އަދި ދުއިސައްތަ ފަހުލަވާނުން ވެސް ދާން ޖެހޭނެ. އެމީހުން މިރޭގެ ނުވައެއްޖަހާއިރު މި ރަށުން ފުރަން ޖެހޭނެ.
ދެން ދެކުނުން މަޑު ވަޔެއް ޖެހެން ފެށިއެވެ. އޮޑީގެ ފަޅުވެރިން ހީކުރީ އެމީހުންގެ ނިންމުމާއި އެއްގޮތަށް އެމީހުންނަށް ދަތުރުކޮށްފައި ދެވޭނެ ކަމުގައެވެ. އެހެން ކަމުން އެމީހުން ނަގިލި ނަގާ ފުރައިގެން ކަރަގޮނޑާއި ކައިރިން ލާފައި ދަތުރުކޮށް ދިޔައެވެ.
ނަމަވެސް ޕައުލް އޮފިސަރަށާއި ސިފައިންނަށް ބުންޏެވެ. ”ފަޅުވެރިން އޮޑި ދޫކޮށް ގޮއްސި ކަމަށް ވަންޏާ ކަލޭމެން އެންމެން ވެސް މަރުވާނެ.“
ނަމަވެސް އޮފިސަރު ޖޫލިޔުސް ޕައުލްގެ ފުރާނަ ސަލާމަތް ކުރުމަށް ބޭނުންވިއެވެ. އެހެން ކަމުން އޭނާ ސިފައިން ކުށްވެރިންތައް މެރިއަކަ ނުދިނެވެ. އޭގެ ބަދަލުގައި އޭނާ އެންގީ ފަތަން އެނގޭ މީހުން ކުރިން ފުންމަލައިގެން އެއްގަމާ ދިމާލަށް ފެތުމަށެވެ.
ޖައްފާގައި ވީ އީސާގެފާނަށް އީމާންވާ މީހުންނަށް ޕަތަރަސް ލިއްދާގައިވާ ޚަބަރުވަނީ ލިބިފައެވެ. ލިއްދާ އަކީ ޖައްފާ އާއި ވަރަށް ކައިރި ރަށެއް ކަމުން އެމީހުން ޕަތަރަސްގެ ގާތަށް ދެމީހުން ފޮނުވާ ބުންޏެވެ. ”ވީހާ ވެސް އަވަހަކަށް އަހަރެމެންގެ ގާތަށް ޖައްފާއަށް އައިސް ދޭށޭ.“