މައްތާ 8:34 - ކިތާބުލް މުޤައްދަސާ34 އެ ސަހަރުގެ ހުރިހާ އެންމެން އީސާގެފާނާއި ބައްދަލު ކުރުމަށް އައެވެ. އެމީހުންނަށް އެކަލޭގެފާނު ފެނުނު ހިނދު، އެމީހުންގެ ސަރަހައްދު ދޫކުރައްވާ ވަޑައިގެންނެވުމަށް އެދި އެމީހުން އެކަލޭގެފާނަށް އާދޭސް ދެންނެވިއެވެ. အခန်းကိုကြည့်ပါ။ |
މިނުބައި ޖިންނިތަކުގެ ބާރުގެ ދަށުގައި އެމީހާ ވެފައިވާތާ އެތައް ދުވަހެއް ވެއްޖެއެވެ. މީހުން އޭނާ ހިފަހައްޓައިގެން ގެންގުޅުމަށް ވަނީ އެތައް މަސައްކަތެއް ވެސް ކޮށްފައެވެ. އޭނާގެ އަތާއި ފައިގައި ހިލިހިލާ ވެސް ޖެހިއެވެ. ނަމަވެސް އެޖިންނީންގެ ބާރުން އޭނާ އެހުރިހާ ހިލިހިލާތައް ވެސް ކަނޑާ ހަލާކުކޮށްލައެވެ. ދެން އަނެއްކާ ވެސް އެޖިންނިތައް އޭނާ މީހުން ނޫޅޭ ހިސާބުގަނޑަށް ދިއުމަށް މަޖުބޫރުކޮށް ފޮނުވާލައެވެ. އީސާގެފާނު އެޖިންނިތަކަށް އޭނާ ދޫކޮށްލުމަށް އަމުރުކުރެއްވިއެވެ. އޭނާއަށް އީސާގެފާނު ފެންނަ އިރަށް ހަޅޭއްލަވަމުން އައިސް އެކަލޭގެފާނުގެ ފައިންޕުޅު މައްޗަށް ވެއްޓުނެވެ. ދެން އަޑުގައި ނެތް ތަނަށް ހަޅޭއްލަވަމުން ބުންޏެވެ. ”އެންމެމަތިވެރިކަލާނގެ ދަރިކަލުން އީސާގެފާނު! ކަލޭގެފާނު އަހަރެންގެ ފަރާތުން ބޭނުމީ ކޮންކަމެއް؟ އަހަރެން އާދޭސްކޮށްފަބުނަން. އަހަންނަށް އަނިޔާ އެއް ނުދޭތި.“