Biblia Todo Logo
အွန်လိုင်း သမ္မာကျမ်းစာ

- ကြော်ငြာတွေ -




މައްތާ 8:32 - ކިތާބުލް މުޤައްދަސާ

32 އެ ޖިންނިތަކަށް އީސާގެފާނު އަމުރު ކުރެއްވިއެވެ. ”⁠ދޭ!⁠“ ދެން އެ ޖިންނިތައް އެމީހުންގެ ހަށިގަނޑުން ނުކުމެގެން ގޮސް އެ އޫރު ބައިގަނޑުގެ ތެރެއަށް ވަނެވެ. އެ ހިނދު އެ އޫރު ބައިގަނޑު އުސްކޮށް އޮތް ފަސްގަނޑުގެ މަތީން ތިރިއަށް ދުވަމުންގޮސް ކަނޑަށް ވެއްޓި ގެނބި މަރުވިއެވެ.

အခန်းကိုကြည့်ပါ။ ကော်ပီ




މައްތާ 8:32
10 ပူးပေါင်းရင်းမြစ်များ  

ވީމާ އެ ޖިންނިތައް އީސާގެފާނަށް އާދޭސް ދެންނެވިއެވެ. ”⁠އަޅުގަނޑުމެން ފައްސާލާ ކަމުގައިވާނަމަ އެ އޫރުތަކުގެ ތެރެއަށް އަޅުގަނޑުމެން ފޮނުވައިދެއްވާ!⁠“


އެ އޫރު ބަލަހައްޓަން ތިބި މީހުންނަށް މިތަން ފެނި ދުވެފައި ސަހަރުގެ ތެރެއަށް ގޮސް ހިނގާދިޔަ ޙާދިސާ ކިޔައިދިނެވެ. އަދި ޚާއްސަކޮށް ޖިންނި އަވަލާފައި ތިބި ދެމީހުންނާއި ބެހޭ ގޮތުން ކިޔައިދިނެވެ.


އީސާގެފާނު އެ ޖިންނިތަކަށް ހުއްދަ ދެއްވުމުން އެ ފިރިހެނާގެ ހަށިގަނޑުގެ ތެރެއިން ނުކުމެ ދުވެ ގޮސް އެ އޫރުތަކުގެ ތެރެއަށް ވަދެގެންފިއެވެ. އެ ހިނދު އެ އޫރު އައިނުގައި ވީ ދެހާހެއްހާ އޫރު ކުއްލިއަކަށް އުސްބިމުގެ މަތިން ދުވެފައި ގޮސް ތިރީގައި އޮތް ކަނޑުގެ ތެރެއަށް ފުންމާލައިފިއެވެ. އަދި ހުރިހާ އޫރެއް ގެނބި މަރުވިއެވެ.


މި ޖިންނިތައް އެމީހާގެ ހަށިގަނޑުގެ ތެރެއިން ނުކުމެގެން ގޮސް މިއޫރުތަކުގެ ތެރެއަށް ވަދެއްޖެއެވެ. ހަމަވަގުތުން މިއޫރުގެ ބައިގަނޑު އުސްބިމުގެ މަތިން ތިރިއަށް ދުވެފައި ގޮސް ކަނޑުގެ ތެރެއަށް ވެއްޓި ގެނބި މަރުވެއްޖެއެވެ.


އެކަލޭގެފާނު އަވަހާރަ ކޮށްލެއްވުމަށްޓަކައި ތިޔަބައިމީހުންނާއި ހަވާލު ކުރެވޭނެ ކަމަކީ އެކަލާނގެ މާކުރިން ރާއްވަވާ ނިންމަވައިފައިވީ ކަމެއް. ތިޔަބައިމީހުން ނުބައި ނުލަފާ ކާފަރުންގެ ބަޔަކު ލައްވާ އެކަލޭގެފާނު ނުބައި ކުށްވެރިޔެއްގެ ގޮތުގައި ސަލީބަކަށް ނަގާ އަވަހާރަ ކޮށްލުވި.


މިމީހުން އެކުރި އެހުރިހާ ކަމަކީ އިނބަރަސްކަލާނގެ މަތިވެރި ބާރުފުޅާއި އިރާދަފުޅުގައި ހިންމެވުމަށް ހަމަޖެހިފައިވީ ކަންތައްތައް.


އެއްހާސް އަހަރު ނިމުމަށް ފަހު، ޝައިތާނާ ހުރަގެއިން މިނިވަން ކުރެވިގެންވާނެއެވެ.


ကြှနျုပျတို့နောကျလိုကျပါ:

ကြော်ငြာတွေ


ကြော်ငြာတွေ