މައްތާ 8:3 - ކިތާބުލް މުޤައްދަސާ3 އީސާގެފާނު އެކަލޭގެފާނުގެ އަތްޕުޅު ދިއްކުރައްވައި އެމީހާގެ ގައިގައި ބީއްސަވައި ވިދާޅުވިއެވެ. ”އަހަރެން އެދެން. ސާފުވެ ތާހިރުވޭ!“ ކުއްލިއަކަށް އެމީހާއަށް ޖެހިފައިވާ ޖުޒާމު ބަލި ފަސޭހަވެއްޖެއެވެ. အခန်းကိုကြည့်ပါ။ |
އެތަނުގައި ތިބި މީސްތަކުން ހަލުއިކޮށް ދުވެފައި އަންނަތަން އެކަލޭގެފާނަށް ފެނިވަޑައިގެންނެވި ހިނދު، އެ ޖިންނިއަށް އެކަލޭގެފާނު އަމުރު ކުރެއްވިއެވެ. ”އޭ. މީސްތަކުން މަންމަނުކޮށް އަދި ބީރު ކުރަމުން ގެންދާ ނުބައި ވެގެންވީ ރޫޙާ، އެ ފިރިހެން ކުއްޖާގެ ހަށިގަނޑުން ނުކުމޭ. އަދި މިއަށް ފަހު އޭނާއަށް އެއްވެސް އުނދަގުލެއް ކޮށްގެންނުވާނެ!“
ހަމަ އެފަދައިން ބަނީއިސްރާއީލުންގެ މެދުގައި ނަބީ އަލިޔަޝަޢުގެފާނު އުޅުއްވި އިރު، އެތައްބައިވަރު ޖުޒާމުބަލި ޖެހިފައި ވީ ބަޔަކު ބަނީއިސްރާއީލުގައި ވި. ނަމަވެސް އަލިޔަޝަޢުގެފާނު މެދުވެރިކޮށް އޭގެތެރެއިން އެއްވެސް މީހެއްގެ ޖުޒާމުބަލި ރަނގަޅުކޮށް މުޢުޖިޒާތެއް ނުދައްކަވާ. ނަމަވެސް ބަނީއިސްރާއީލުގެ ޤައުމެއް ކަމުގައި ނުހިމެނޭ ސޫރިޔާގައި އުޅުނު ނަޢުމާނު އޭ ކިޔުނު މީހެއްގެ ޖުޒާމުބަލި އަލިޔަޝަޢުގެފާނު މެދުވެރިކޮށް ރަނގަޅުކުރައްވާ އެކަލާނގެ މުޢުޖިޒާތެއް ދެއްކެވި.“