24 ކުއްލިއަކަށް ގަދަ ކޮޅިގަނޑަކާއި ޖެހި ވައި ބާރުވެ ރާޅު ބިޔަވި އެވެ. އަދި ކަނޑު ގަދަވެ ރާޅުތައް ދޯންޏަށް އަރައިފިއެވެ. ނަމަވެސް އީސާގެފާނު އޮންނެވީ އަވަހާރަފުޅު ލައްޕަވާފައެވެ.
އީސާގެފާނު އެކަލޭގެފާނުގެ އަސްޙާބީންނާއި އެކު ދޯނީގައި ފުރާވަޑައިގެންނެވި ހިނދު
އެކަލޭގެފާނުގެ އަސްޙާބީން އެކަލޭގެފާނުގެ އަރިހަށް ވަޑައިގެން އަވަހާރަފުޅުން ހޭލައްވައި އެކަލޭގެފާނަށް ދެންނެވިއެވެ. ”މާތްސާހިބާ، އަޅުގަނޑުމެން ސަލާމަތް ކޮށްދެއްވާ! އަޅުގަނޑުމެން ގެނބި މި މަރުވަނީ!“
ދަތުރު ކުރަމުން ދަނިކޮށް އީސާގެފާނަށް ނިދި ކުރެއްވިއްޖެއެވެ. ކުއްލިއަކަށް ވަރަށް ގަދަ ކޮޅިގަނޑަކާއި ޖެހި ވައި ބާރުވެ ރާޅު ބިޔަވިއެވެ. ދޯނި ދިޔަބޮޑުވެ ގެނބެން ކައިރިވިއެވެ. މިހާދީސާގެ ސަބަބުން އެބައިމީހުން ވަރަށް ބޮޑު ނުރައްކަލަކާއި ކުރިމަތިލާން ޖެހިއްޖެއެވެ.
އަހަރެން އެތާނގައި އޭނާގެ ކައިރީގައި ނުވިކަން އެއީ ކަލޭމެންނަށް ރަނގަޅަކަށް ވީކަމެއް. އެކަމާ އަހަރެން އުފާކުރަން. އެއީ މިކަމުގެ ސަބަބުން ވެސް ކަލޭމެންގެ އީމާންކަން އިތުރު ވާނެތީ. ލާޒަރުގެ ގާތަށް ދަމާހިނގާ.“