Biblia Todo Logo
အွန်လိုင်း သမ္မာကျမ်းစာ

- ကြော်ငြာတွေ -




މައްތާ 8:22 - ކިތާބުލް މުޤައްދަސާ

22 އީސާގެފާނު ވިދާޅުވިއެވެ. ”⁠އަހަރެންނާއި އެކުގައި އާދޭ. އަދި މަރުވެފައިވާ މީހުން، އެމީހުންގެ ތެރެއިން މަރުވާ އެހެން މީހުން ވަޅުލިޔަދީ!⁠“

အခန်းကိုကြည့်ပါ။ ကော်ပီ




މައްތާ 8:22
17 ပူးပေါင်းရင်းမြစ်များ  

އީސާގެފާނަށް ތަބާވެގެންވާ އެހެން މީހަކު އެކަލޭގެފާނަށް ދެންނެވިއެވެ. ”⁠މާތްސާހިބާ. ފުރަތަމައިން އަޅުގަނޑު ގޮސް އަޅުގަނޑުގެ ބައްޕަ ވަޅުލާފައި އަންނަން ދެން މަޑުކޮށްލައްވާ.⁠“


އެތަން ދޫކުރައްވައި އީސާގެފާނު ވަޑައިގެންނެވި މަގުމަތީގައި ޓެކްސް ނަގާ މީހެއް ކަމުގައިވާ މައްތާ އާއި އެކަލޭގެފާނާއި ދިމާވިއެވެ. އެ ހިނދު މައްތާ އިނީ އޭނާ ޓެކްސް ނެގުމަށް ހަދާފައިވާ އޮފީހުގައެވެ. މައްތާއަށް އީސާގެފާނު ވިދާޅުވިއެވެ. ”⁠އަހަރެންނާއި އެކު އާދޭ.⁠“ އޭނާ ތެދުވެ އެކަލޭގެފާނާއި އެކުގައި ދިޔައެވެ.


އެ ކަނޑުގެ އައްސޭރިފަށުގައި އޮތްގޮތަށް އެކަލޭގެފާނު ހިންގަވަމުން ގެންދެވި ހިނދު އަލްފައިއަސްގެ ފިރިހެންދަރި، ލާވީ އޭނާ ޓެކްސް ނަގަން އިންނަ ކޮށިގަނޑުގައި އިންދާ އެކަލޭގެފާނަށް ފެނިވަޑައި ގެންނެވިއެވެ. އަދި އީސާގެފާނު އޭނާއަށް ވިދާޅުވިއެވެ. ”⁠އަހަރެންނާ އެކު އާދޭ!⁠“ އެ ހިނދު ލާވީ ތެދުވެ އެކަލޭގެފާނާއި އެކުގައި ދިޔައެވެ.


މިއަދު މަގޭ މަރުވެފައި ވީ ދަރިފުޅަށް އަލުން އާ ޙަޔާތެއް ލިބިއްޖޭ. މަގޭ ގެއްލިފައި ވީ ދަރިފުޅު ފެނިއްޖޭ.⁠‘ ދެން އެއަށް ފަހު އެބައިމީހުން މިކަން ފާހަގަ ކުރުމަށްޓަކައި އުފާ ފާޅުކުރުމަށް ފެށި.


ނަމަވެސް މިއަދު ކަލޭގެ ގެއްލިފައި ވީ ކޮއްކޮ އެނބުރި އައި ހިނދު އެކަމުގެ އުފަލުގައި އަހަރެމެން މިކެއުން ތައްޔާރުކޮށް އުފާ ފާޅުކުރަން ޖެހޭނޭ. އެއީ ކަލޭގެ ކޮއްކޮ ވީ މަރުވެފައޭ. ނަމަވެސް މިހާރު އޭނާއަށް އަލުން ޙަޔާތެއް ލިބިއްޖޭ. އޭނާ ވީ ގެއްލިފައޭ. ނަމަވެސް އަލުން އޭނާ ފެނިއްޖޭ.⁠‘⁠“


އީސާގެފާނު ވަޑައިގެން މަގުމަތީ ދިމާވި އެހެން މީހަކަށް އެކަލޭގެފާނު ވިދާޅުވިއެވެ. ”⁠އަހަންނާ އެކު އާދޭ.⁠“ މިމީހާ އީސާގެފާނަށް ދެންނެވިއެވެ. ”⁠މާތްސާހިބާ. ފުރަތަމައިން އަޅުގަނޑު ގޮސް އަޅުގަނޑުގެ ބައްޕަ ވަޅުލާފައި އަންނަން ދެން މަޑުކޮށްލައްވާ.⁠“


އީސާގެފާނު ވިދާޅުވިއެވެ. ”⁠މަރުވެފައިވާ މީހުން އެމީހުންގެ ތެރޭން މަރުވާ މީހުން ވަޅުލިޔަދީ! ނަމަވެސް ކަލޭ މާތްރަސްކަލާނގެ ރަސްކަންފުޅާއި ބެހޭގޮތުން މީސްތަކުންނަށް އިޢުލާން ކުރޭ.⁠“


އަނެއްދުވަހު އީސާގެފާނު ގަލީލީ ސަރަހައްދަށް ވަޑައިގަތުމަށް ގަސްތުކުރައްވައި ވަޑައިގެންނެވިއެވެ. އެތާނގައި އީސާގެފާނު ފިލިޕުއާއި ބައްދަލު ކުރެއްވިއެވެ. އެވަގުތު އީސާގެފާނު އޭނާއަށް ވިދާޅުވިއެވެ. ”⁠އަހަރެންނާއި އެކު އާދޭ.⁠“


އެކަލޭގެފާނު މިހެން މި ވިދާޅުވީ ޕަތަރަސް މަރުވާނީ މާތްރަސްކަލާނގެ ނަންފުޅު މަތިވެރި ވާނެ ފަދަ ގޮތެއްގައި ކަމަށް އިޝާރާތް ކުރައްވައެވެ. ދެން އީސާގެފާނު އޭނާއަށް ވިދާޅުވިއެވެ. ”⁠އަހަރެންނާ އެކު އާދޭ!⁠“


އީސާގެފާނު ވިދާޅުވިއެވެ. ”⁠އޭނާ އަހަރެން އެނބުރި އަންނަން ދެން ދުނިޔޭގައި ހުންނަން އަހަރެން އެދުނު ކަމުގައި ވިޔަސް އެކަމާ ނުބެހޭ. ކަލޭ އަހަރެންނާއި އެކުގައި އާދޭ.⁠“


މާޒީގައި ތިޔަބައިމީހުންނީ ރޫޙާނީ ގޮތުން މަރުވެފައިވާ ބައެކެވެ. ސަބަބަކީ މާތްރަސްކަލާނގެ ކިބަފުޅަށް ތިޔަބައިމީހުން އުރެދި، ފާފަވެރިވުމުންނެވެ.


ވީމާ، މާތްރަސްކަލާނގެ ކިބަފުޅަށް އުރެދުމުގެ ސަބަބުން އޭރު އަހަރެމެން ރޫޙާނީ ގޮތުން މަރުވެފައި ވިޔަސް އަލްމަސީޙާއި އެކުގައި އެއްބައިވަންތަވުމުން އެކަލާނގެ އާ ޙަޔާތެއް އަހަރެމެންނަށް ދެއްވިއެވެ. މާތްރަސްކަލާނގެ ނިޢުމަތްފުޅުން ތިޔަބައިމީހުންނަށް ސަލާމަތްތެރިކަން ލިބިގެންވެއެވެ.


އެއީ އެއަލިކަމުގައި އެންމެހާ ތަކެތި ފެނިދެނިވެއެވެ. އެގޮތުން މުޤައްދަސް ފަތްފުށްތަކުގައި މިފަދައިން ބަޔާންކުރައްވާފައި ވެއެވެ. ”⁠ނިދާފައިވާ އިންސާނާ ނިކަން ހޭލާށޭ! މަރުވެފައިވާ މީހުންގެ މެދުން ތެދުވޭ. އަދި އަލްމަސީޙުގެ ނޫރުފުޅުން ތިބާގެ މައްޗަށް އަލިކަން ވިދާ ބަބުޅާނެ.⁠“


މާޒީގައި ތިޔަބައިމީހުން ވަނީ ތިޔަބައިމީހުން ކުރި ފާފައިގެ ސަބަބުން ރޫޙާނީ ގޮތުން މަރުވެފައެވެ. އެއީ އޭރު ތިޔަބައިމީހުންގެ ފާފަވެރި ތަބީޢަތް ކަނޑާ އެއްލާލެވިފައި ނުވާތީއެވެ. ދެން މާތްކަލާނގެ ތިޔަބައިމީހުންގެ ފާފަތައް ފުއްސަވައި އަލްމަސީޙާއި އެކުގައި ދިރުއްވީއެވެ.


ނަމަވެސް މިފަދަ ހުވަފަތް އަންހެނުން އެދުންވެރި ހިތަކައިގެން ދިރިއުޅުން ވޭތުކުރާ ކަމުގައި ވަނީނަމަ ދިރިހުރި ކަމުގައިވިޔަސް ރޫޙާނީ ގޮތުން އެކަނބަލުން ވަނީ މަރުވެފައެވެ.


ကြှနျုပျတို့နောကျလိုကျပါ:

ကြော်ငြာတွေ


ကြော်ငြာတွေ