Biblia Todo Logo
အွန်လိုင်း သမ္မာကျမ်းစာ

- ကြော်ငြာတွေ -




މައްތާ 8:2 - ކިތާބުލް މުޤައްދަސާ

2 ކުއްލިއަކަށް ޖުޒާމުބަލި ޖެހިފައިވާ މީހަކު އީސާގެފާނުގެ އަރިހަށް އައިސް އެކަލޭގެފާނުގެ ކުރިފުޅު މަތީގައި ކަކޫމައްޗަށް ތިރިވެ ދެންނެވިއެވެ. ”⁠މާތްސާހިބާ. ކަލޭގެފާނު އެދިވަޑައިގަންނަވާނަމަ، ކަލޭގެފާނަށް އަޅުގަނޑު މި ބަލިން ފަސޭހަކޮށް ސާފުތާހިރު ކުރެވިދާނެ.⁠“

အခန်းကိုကြည့်ပါ။ ကော်ပီ




މައްތާ 8:2
37 ပူးပေါင်းရင်းမြစ်များ  

އަހަރެން މީ އިސްކުރެވިފައިވާ ރަސްގެފާނު ވިޔަކަސް ސަރޫވިޔަތުގެ ދަރި ޔުއާބުއާއި އަބީޝާއި މިހާރު އަހަންނަށް ވުރެން މާގަދަ. ވިޔާ ނުދާ ކަންތައް ކުރާ މީހުންނަށް އެމީހުން ކުރި ކުށުގެ ޙައްޤު ސަޒާ މާތްރަސްކަލާނގެ ދެއްވާށި!⁠“


ބަލިމީހުންނަށް ޝިފާ ދީ. މަރުވެފައިވާ މީހުންނަށް ދިރުން ވެސް ދޭތި. ޖުޒާމުބަލި ޖެހިފައިވާ މީހުންގެ ބަލި ހެޔޮ ކޮށްދޭތި. އަދި ޖިންނި އަވަލާފައިވާ މީހުންގެ ކިބައިން ޖިންނި ފައްސާލާ. މި ހުރިހާ ކަމެއް ކުރުމުގެ ބާރު ތިޔަބައިމީހުންނަށް އަހަރެން މި ދެނީ އަގަކާއިނުލައި. ވީމާ މިކަންތައްތަކުގައި އަނެކުންނަށް އެހީތެރިވެދޭ ހިނދު ތިޔަބައިމީހުން ވެސް އަގަކާއި ނުލައި މިކަންތައްތައް ކޮށްދޭތި.


އެބައިމީހުންގެ ކިބައިގައި އީމާންތެރިކަން ނެތުމުގެ ސަބަބުން އީސާގެފާނު އެރަށުގައި ދެއްކެވީ ވަރަށް މަދު މުޢުޖިޒާތަކެވެ.


އެ ހިނދު ދޯނީގައި ތިބި އެންމެން އީސާގެފާނަށް އަޅުކަން ކުރިއެވެ. އަދި އެބައިމީހުން އެކަލޭގެފާނަށް ދެންނެވިއެވެ. ”⁠ކަލޭގެފާނީ ޙަޤީޤަތުގައި ވެސް މާތްރަސްކަލާނގެ ދަރިކަލުން.⁠“


ނަމަވެސް އެ އަންހެނާ އީސާގެފާނުގެ އަރިހަށް ގޮސް އެކަލޭގެފާނުގެ ފައިންޕުޅު މައްޗަށް ތިރިވެ ދެންނެވިއެވެ. ”⁠މާތްސާހިބާ. އަޅުގަނޑަށް އެހީތެރިވެ ދެއްވާ!⁠“


ނަމަވެސް އެ ޚާދިމު ރަސްގެފާނުގެ ފައިންޕުޅު މައްޗަށް ވެއްޓި އާދޭސް ދަންނަވަން ފެށި. ’⁠އަޅުގަނޑަށް ޓަކައި ކެތްތެރިވެ ވަޑައިގަންނަވާ. އަދި އަޅުގަނޑު ސާހިބާއަށް ދަރާފައިވާ އެންމެހާ ދަރަނި އަޅުގަނޑު އަދާކުރާން.⁠‘


އެއަށް ފަހު އެ ކުއްޖާ އޮތް ގެއަށް އެބައިމީހުން ގޮސް ވަނެވެ. އަދި އެ ކުއްޖާ އޭނާގެ މަންމަ، މަރިޔަމްގެފާނާއި އެކުގައި ވަނިކޮށް އެބައިމީހުންނަށް ފެނިގެން ވިއެވެ. އެބައިމީހުން އެކުއްޖާއަށް ސަޖިދަކޮށް އަޅުކަން ކުރިއެވެ. އެބައިމީހުން ގެނައި ހަދިޔާ ފޮށިތައް ހުޅުވައި އެ ކުއްޖާއަށް ޚަޒާނާގެ ގޮތުގައި ރަނާއި ދުންއަޅާނޭ ހުވަނދާއި އަދި މީރުވަސްދުވާ ތަކެތި ވެސް ދިނެވެ.


އެއަށް ފަހު ޔާމީޒު އާއި ޔޫޙަންނާގެ މަންމަ އެ ދެބެއިންނާއި އެކުގައި އީސާގެފާނުގެ އަރިހަށް އައިސް އެކަލޭގެފާނުގެ ކުރިފުޅުމަތީގައި އެކަނބުލޭގެ ކުރުނީސްކޮށް ކަމަކަށް އެދި އާދޭސް ދެންނެވިއެވެ.


އީސާގެފާނު ބެތާނިޔާގައި ސިމްޢާނުގެ ގޭގައި ފަރިއްކުޅުއްވަން އިންނެވިއެވެ. އޭނާއަކީ މީގެ ކުރިން ޖުޒާމު ބަލި ޖެހިފައިވީ މީހެކެވެ.


އީސާގެފާނު އެތަނުގައި ހުންނަވަނިކޮށް އެބައިމީހުންނަށް ފެނުނެވެ. އަދި އެބައިމީހުން އެކަލޭގެފާނަށް އަޅުކަން ކުރިއެވެ. އެކަމަކު ބައެއް އަސްޙާބީންނަށް އެއީ އީސާގެފާނު ކަމާ މެދު ޝައްކު ކުރެވުނެވެ.


ކުއްލިއަކަށް އީސާގެފާނު އެބައިމީހުންނާއި ބައްދަލު ކުރައްވައި ވިދާޅުވިއެވެ. ”⁠އައްސަލާމް ޢަލައިކުމް.⁠“ އެ އަންހެނުން އެކަލޭގެފާނުގެ އަރިހަށް ދިޔައެވެ. އަދި އެކަލޭގެފާނުގެ ފައިތިލަފުޅުގައި ހިފަހައްޓައިގެން ތިބެ އެކަލޭގެފާނަށް އަޅުކަން ކުރިއެވެ.


އިބިލީސް ބުންޏެވެ. ”⁠ކަލޭގެފާނު އަހަރެންނަށް ސަޖިދަކޮށް އަދި އަޅުކަންކޮށްފިނަމަ މި ހުރިހާ ޤައުމުތަކުގެ ވެރިކަން ކަލޭގެފާނަށް އަހަރެން ދޭނަން.⁠“


އީސާގެފާނު ފަރުބަދަ މަތިން ތިރިއަށް ފައިބައި ވަޑައިގެންނެވި ހިނދު، އެކަލޭގެފާނުގެ އަރިހަށް ގިނަ ޢަދަދެއްގެ ބަޔަކު އައިސް ތިއްބެވެ.


އެކަލޭގެފާނުގެ އަސްޙާބީން އެކަލޭގެފާނުގެ އަރިހަށް ވަޑައިގެން އަވަހާރަފުޅުން ހޭލައްވައި އެކަލޭގެފާނަށް ދެންނެވިއެވެ. ”⁠މާތްސާހިބާ، އަޅުގަނޑުމެން ސަލާމަތް ކޮށްދެއްވާ! އަޅުގަނޑުމެން ގެނބި މި މަރުވަނީ!⁠“


އީސާގެފާނު މިފަދައިން ވާހަކަ ދައްކަވަނިކޮށް ދީނީ މަރުކަޒުގެ ވެރިޔަކު އެކަލޭގެފާނުގެ އަރިހަށް އައިސް އެކަލޭގެފާނުގެ ފައިންޕުޅު މައްޗަށް ތިރިވެ ދެންނެވިއެވެ. ”⁠އަޅުގަނޑުގެ އަންހެން ދަރިފުޅު ހަމަ ދެންމެ ނިޔާވެއްޖެ. ނަމަވެސް ކަލޭގެފާނު ވަޑައިގެން އޭނާގެ ގައިގާ ކަލޭގެފާނުގެ އަތްޕުޅު ބީއްސަވާލައްވައިފިނަމަ، އޭނާއަށް އަލުން އަނބުރާ ދިރުން ލިބިދެއްވާނެ!⁠“


ހަމަ އެފަދައިން ބަނީއިސްރާއީލުންގެ މެދުގައި ނަބީ އަލިޔަޝަޢުގެފާނު އުޅުއްވި އިރު، އެތައްބައިވަރު ޖުޒާމުބަލި ޖެހިފައި ވީ ބަޔަކު ބަނީއިސްރާއީލުގައި ވި. ނަމަވެސް އަލިޔަޝަޢުގެފާނު މެދުވެރިކޮށް އޭގެތެރެއިން އެއްވެސް މީހެއްގެ ޖުޒާމުބަލި ރަނގަޅުކޮށް މުޢުޖިޒާތެއް ނުދައްކަވާ. ނަމަވެސް ބަނީއިސްރާއީލުގެ ޤައުމެއް ކަމުގައި ނުހިމެނޭ ސޫރިޔާގައި އުޅުނު ނަޢުމާނު އޭ ކިޔުނު މީހެއްގެ ޖުޒާމުބަލި އަލިޔަޝަޢުގެފާނު މެދުވެރިކޮށް ރަނގަޅުކުރައްވާ އެކަލާނގެ މުޢުޖިޒާތެއް ދެއްކެވި.⁠“


އެމީހާ ދެންނެވިއެވެ. ”⁠މާތް ސާހިބާ! އަޅުގަނޑު މިހިރީ އީމާންވެގެން.⁠“ މިހެން ބުނެފައި އޭނާ އީސާގެފާނު ފައިންޕުޅު މައްޗަށް ސަޖިދައަށް ތިރިވެއްޖެއެވެ.


ޕަތަރަސް ޖަވާބުގައި ބުންޏެވެ. ”⁠ނޫން މާތްސާހިބާ. އަޅުގަނޑު ދުވަހަކު ވެސް ކެއުމަށް ނުތާހިރު ހަރާން ކުރެވިފައިވާ ކާއެއްޗިއްސެއް ނުކަން.⁠“


ޕަތަރަސް އެގޭގެ ދޮރު މައްޗަށް އެރުމާއި އެކު ކޮރުނޭލިޔުސް ޕަތަރަސްއަށް ޤަދަރު ކުރުމުގެ ގޮތުން އޭނާގެ ކުރިމަތީ ކަކޫ ޖެހިއެވެ.


އަހަރެން އެ މަލާއިކަތާއަށް އަޅުކަން ކުރުމަށްޓަކައި ފައިންޕުޅު މައްޗަށް ގުދުވެ ސަޖިދަ ކުރީމެވެ. ނަމަވެސް އެ މަލާއިކަތާ އަހަރެންނަށް ވިދާޅުވިއެވެ. ”⁠ތިޔަފަދައިން އަމަލު ނުކުރޭ! އަހަރެންނަކީ ވެސް ތިބާއާއި އަދި އީސާގެފާނާއި މެދު ހެކިވަނިވި ފަރާތްތަކާއި އެއްފަދައިން މާތްރަސްކަލާނގެ ޚާދިމެއް. އިތުރު ފަރާތަކަށް އަޅުކަން ނުކުރޭ! ހަމައެކަނި އަޅުކަން ކުރަން ޖެހޭނީ މާތްރަސްކަލާނގެ ކިބަފުޅަށް! އެހެނީ އީސާގެފާނާއިމެދު ހެކިދޭ ކޮންމެ މީހަކުމެ ބުނެދެނީ މާތްރަސްކަލާނގެ މާތްރޫޙުފުޅުގެ ބާރުން.⁠“


ကြှနျုပျတို့နောကျလိုကျပါ:

ကြော်ငြာတွေ


ကြော်ငြာတွေ