18 އީސާގެފާނަށް އެކަލޭގެފާނުގެ ވަށައިގެން ތިބި މީސްތަކުންގެ ގިނަކަން ފާހަގަ ކުރެއްވުނު ހިނދު، ކަނޑު ހުރަސްކޮށް އެ ކަނޑުގެ އަނެއްފަރާތަށް ދިއުމަށް އެކަލޭގެފާނުގެ އަސްޙާބީންނަށް އަމުރު ކުރެއްވި އެވެ.
ހަމަ އެހިނދު އީސާގެފާނު އެކަލޭގެފާނުގެ އަސްޙާބީންނަށް ދޯންޏަށް އަރައިގެން ކަނޑުގެ އަނެއްފަރާތަށް ދިއުމަށް އަމުރުކުރެއްވި އެވެ. މީސްތަކުން ފޮނުވާލުމަށް ޓަކައި އެކަލޭގެފާނު އެތަނުގައި މަޑުކުރެއްވިއެވެ.
އީސާގެފާނު ފަރުބަދަ މަތިން ތިރިއަށް ފައިބައި ވަޑައިގެންނެވި ހިނދު، އެކަލޭގެފާނުގެ އަރިހަށް ގިނަ ޢަދަދެއްގެ ބަޔަކު އައިސް ތިއްބެވެ.
އެދުވަހުގެ އިރުއޮއްސެމުން އައި ހިނދު އީސާގެފާނު އެކަލޭގެފާނުގެ އަސްޙާބީންނަށް ދެންނެވިއެވެ. ”މި ކަނޑު ހުރަސްކޮށް އަނެއް ފަރާތަށް ދަމާ ހިނގާ.“
އީސާގެފާނު ދޯނީގައި އަނބުރާ ކަނޑު ހުރަސް ކުރައްވައި އަނެއް ފަރާތަށް ވަޑައިގެންނެވިއެވެ. އަދި ދޯނިން ފައިބައި ވަޑައިގަންނަވާ ކަނޑުގެ އައްސޭރިފަށުގައި ހުންނެވި ހިނދު އެކަލޭގެފާނުގެ ވަށައިގެން ގިނަ ޢަދަދެއްގެ ބަޔަކު ވިއެވެ.
ވަގުތުން އީސާގެފާނު އަސްޙާބީންނަށް ދޯންޏަށް އަރައިގެން ކަނޑުގެ އަނެއްފަރާތުގައި ވާ ރަށެއް ކަމުގައިވާ ބެތުސައިދާ އަށް ދިއުމަށް ބާރުއެޅުއްވިއެވެ. މީސްތަކުން ފޮނުވާލުމަށްޓަކައި އެކަލޭގެފާނު އެތަނުގައި ހުންނެވީއެވެ.
މިހެން ވިދާޅުވުމަށް ފަހު އެކަލޭގެފާނު ވަޑައިގެންނެވިއެވެ. ދެން އެކަލޭގެފާނު ކަނޑު ހުރަސް ކުރައްވާ ކަނޑުގެ އަނެއް ފަރާތަށް ވަޑައިގަތުމަށްޓަކައި ދޯންޏަށް އަރާވަޑައިގެންނެވިއެވެ.
އެހެން ދުވަހަކު އީސާގެފާނު އެކަލޭގެފާނުގެ އަސްޙާބީންނަށް ވިދާޅުވިއެވެ. ”ގަލީލީ ކަނޑުގެ އަނެއް ފަރާތަށް ދަމާ ހިނގާ.“ ދެން އީސާގެފާނު ދޯންޏެއްގައި އެކަލޭގެފާނުގެ އަސްޙާބީންނާއި އެކު ފުރާވަޑައިގަތެވެ.
އެކަލޭގެފާނު ގަދަކަމުން އެމީހުންގެ ރަސްގެފާނު ކަމުގައި ހަދާނެ ކަން އީސާގެފާނަށް އެނގިވަޑައިގަތުމުން އެކަލޭގެފާނު އެތަނުން ވަޑައިގަތެވެ. އަދި ގިނިކަންޏާ ފަރުބަދަތަކު ތެރެއަށް އެނބުރި ވަޑައިގެންނެވިއެވެ.