މައްތާ 8:17 - ކިތާބުލް މުޤައްދަސާ17 މިކަން މިހެން ހިނގީ ނަބީ ޔަޝަޔާޙުގެފާނުގެ ފޮތުގައި ލިޔެވިފައިވާ ކަންތައް އެފަދައިން ހިނގަދިއުމަށެވެ. ލިޔެވިގެން ވެއެވެ: ”އަހަރެމެންގެ ވޭންތައް އެކަލޭގެފާނު އުފުއްލަވައެވެ. އަދި އެކަލޭގެފާނު އަހަރެމެންގެ ބަލިތައް ގެންދަވައެވެ.“ အခန်းကိုကြည့်ပါ။ |
މި ހުރިހާކަމެއް ހިނގައި ނިމިދާހުށީ ނަބީބޭކަލަކު މެދުވެރި ކުރައްވާ މާތްރަސްކަލާނގެ ވަޙީކުރައްވާފައިވާ ގޮތުގައެވެ. އެކަލާނގެ ވަޙީ ކުރެއްވިއެވެ. ”ނިކަން ބައްލަވާ! ބިކުރުވެރި ކަނބުލޭގެއަކު އާލާސްވެ އިންނަވާ ފިރިހެން ދަރިކަލަކާއިގެން ރައްކައުވެ ވަޑައިގަންނަވާ ހުއްޓެވެ. އެ ދަރިކަލުންގެ ނަންފުޅަކަށް އެބައިމީހުން ދޭނީ ޢިންމާނޫޢީލް އެވެ.“ (އެނަމުގެ މާނައަކީ ”މާތްކަލާނގެ އަހަރެމެންނާއެކު ވޮޑިގެންވޭ“ މިހެންނެވެ.)