މައްތާ 8:16 - ކިތާބުލް މުޤައްދަސާ16 އިރުއޮއްސުމާއި ކައިރިވެފައިވީ ހިނދު މީސްތަކުން ޖިންނި އަވަލާފައި ތިބި އެތައް ބަޔަކު އީސާގެފާނުގެ އަރިހަށް ގެނައެވެ. އީސާގެފާނު ވިދާޅުވި އެންމެ ބަސްފުޅަކުން ޖިންނިތައް ފައްސާލައްވައި އެމީހުން ރަނގަޅު ކޮށްދެއްވިއެވެ. އަދި އެތަނުގައި ވީ އެހެން ބަލިމީހުންގެ ބަލިތައް ވެސް އެކަލޭގެފާނު ފަސޭހަ ކޮށްދެއްވި އެވެ. အခန်းကိုကြည့်ပါ။ |
އެތަނުގައި ތިބި މީސްތަކުން ހަލުއިކޮށް ދުވެފައި އަންނަތަން އެކަލޭގެފާނަށް ފެނިވަޑައިގެންނެވި ހިނދު، އެ ޖިންނިއަށް އެކަލޭގެފާނު އަމުރު ކުރެއްވިއެވެ. ”އޭ. މީސްތަކުން މަންމަނުކޮށް އަދި ބީރު ކުރަމުން ގެންދާ ނުބައި ވެގެންވީ ރޫޙާ، އެ ފިރިހެން ކުއްޖާގެ ހަށިގަނޑުން ނުކުމޭ. އަދި މިއަށް ފަހު އޭނާއަށް އެއްވެސް އުނދަގުލެއް ކޮށްގެންނުވާނެ!“
އަދި މީގެ އިތުރުން، އެމީހުންގެ ތެރޭގައި ޖިންނީންގެ ސަބަބުން ބަލިތައް ޖެހިފައި ވީ އެތައް ބައެއް ވެސް ރަނގަޅުކުރެއްވިއެވެ. މި ޖިންނިތަކަށް އީސާގެފާނަކީ ކޮން ބޭކަލެއްކަން އެނގެއެވެ. އެޖިންނިތައް ގޮވާ ހަޅޭއްލެވިއެވެ. ”ކަލޭގެފާނު ތިޔައީ މާތްރަސްކަލާނގެ ދަރިކަލުން.“ އީސާގެފާނު އެ ޖިންނިތަކަށް ވާހަކަ ނުދެއްކުމަށް ހަރުކަށިކަމާއި އެކު އަމުރުފުޅު ކުރެއްވިއެވެ. އެއީ އެއެއްޗިއްސަށް އެކަލޭގެފާނަކީ މާތްރަސްކަލާނގެ ޚާއްސަކުރެއްވި އަލްމަސީޙުކަން އެނގޭކަން އީސާގެފާނަށް އެނގިވަޑައިގެންފައި ވާތީއެވެ.
އީސާގެފާނުގެ މަންދޫބުން މީސްތަކުންގެ ބަލިތައް ފަސޭހަ ކުރަމުން ދިޔުމުގެ ސަބަބުން މީސްތަކުން އެމީހުންގެ ތެރޭގައިވާ ބަލިމީހުން އެނދުއެނދަށާއި އަށިގަނޑުތަކަށް ލައިގެން ގެނެސް މަގުމަތީގައި ބައިތިއްބިއެވެ. އެއީ އީސާގެފާނުގެ މަންދޫބެއް ކަމުގައިވާ ޕަތަރަސް އެހެން ލައިގެން ދާއިރު، އެބަލި މީހުންގެ މައްޗަށް އޭނާގެ ހިޔަނި އެޅިއްޖެ ނަމަވެސް އެމީހުންގެ ބަލިތައް ފަސޭހަވާނެ ކަމުގެ އުންމީދުގައެވެ.