މައްތާ 8:15 - ކިތާބުލް މުޤައްދަސާ15 އީސާގެފާނު އެކަނބުލޭގެ އަތުގައި އެކަލޭގެފާނުގެ އަތްޕުޅު ބީއްސަވާލެއްވިއެވެ. އެ ހިނދު އެ ކަނބުލޭގެ ގައިން ހުންފިލައި ދިޔައެވެ. އަދި އެ ކަނބުލޭގެ ތެދުވެ އެބޭކަލުންނަށް ފަރިއްކޮޅު ތައްޔާރު ކޮށްދެއްވިއެވެ. အခန်းကိုကြည့်ပါ။ |
އިރުއޮއްސުމާއި ކައިރިވެފައިވީ ހިނދު މީސްތަކުން ޖިންނި އަވަލާފައި ތިބި އެތައް ބަޔަކު އީސާގެފާނުގެ އަރިހަށް ގެނައެވެ. އީސާގެފާނު ވިދާޅުވި އެންމެ ބަސްފުޅަކުން ޖިންނިތައް ފައްސާލައްވައި އެމީހުން ރަނގަޅު ކޮށްދެއްވިއެވެ. އަދި އެތަނުގައި ވީ އެހެން ބަލިމީހުންގެ ބަލިތައް ވެސް އެކަލޭގެފާނު ފަސޭހަ ކޮށްދެއްވި އެވެ.