Biblia Todo Logo
အွန်လိုင်း သမ္မာကျမ်းစာ

- ကြော်ငြာတွေ -




މައްތާ 8:14 - ކިތާބުލް މުޤައްދަސާ

14 ޕަތަރަސްގެ ގެއަށް އީސާގެފާނު ވަޑައިގެންނެވި ހިނދު ޕަތަރަސްގެ މައިދައިތަ ހުން އައިސް ބަލިވެ އެނދުމަތީ އޮށޯވެ އޮތްތަން އެކަލޭގެފާނަށް ފެނިވަޑައިގެންނެވިއެވެ.

အခန်းကိုကြည့်ပါ။ ကော်ပီ




މައްތާ 8:14
9 ပူးပေါင်းရင်းမြစ်များ  

ޕަތަރަސް ޖަވާބުގައި ބުންޏެވެ. ”⁠ކީއްވެ ނުދައްކަވަންވީ؟⁠“ ޕަތަރަސް ގެއަށް ވަދެގެން ދިޔަ ހިނދު ފުރަތަމަ އީސާގެފާނު އޭނާއަށް ބުންޏެވެ. ”⁠ޝަމްއޫނު ޕަތަރަސް، ތިބާއަށް ފެންނަ ގޮތަކީ ކޮބާ؟ ދުނިޔަވީ ރަސްރަސްކަލުން ޓެކްސް ނަގާނީ ކޮންބައެއްގެ އަތުން ތަ؟ ރަސްގެފާނުގެ ދަރިންގެ އަތުންތަ ނޫނީ އެހެނިހެން މީހުންގެ އަތުންތަ؟⁠“


އީސާގެފާނު އެކަނބުލޭގެ އަތުގައި އެކަލޭގެފާނުގެ އަތްޕުޅު ބީއްސަވާލެއްވިއެވެ. އެ ހިނދު އެ ކަނބުލޭގެ ގައިން ހުންފިލައި ދިޔައެވެ. އަދި އެ ކަނބުލޭގެ ތެދުވެ އެބޭކަލުންނަށް ފަރިއްކޮޅު ތައްޔާރު ކޮށްދެއްވިއެވެ.


އީސާގެފާނު އޭނާއަށް ވިދާޅުވިއެވެ. ”⁠ހިޔަޅުތައް އުޅޭނެ ހޮހަޅަތައް ހުރޭ. އުދުހޭ ދޫނިތަކަށް ހާލިތައް ހުރޭ. އެކަމަކު އިންސާނާގެ ދަރިކަލުން ބޯ އަޅާލާނެ ތަނެއް ވެސް ނުވޭ.⁠“


މިގޮތުން މިފަދަ ބޮޑު މީހަކު ވާންޖެހޭނީ އޭނާގެ ދިރިއުޅުމާއި ގުޅޭގޮތުން ދެކެވޭ ބަދުނާމު ލިބޭފަދަ ވާހަކަތަކުން ދުރުހެލިވެފައިވާ މީހަކަށެކެވެ. އޭނާގެ އަނބިމީހާއަށް ވާފާތެރި މީހެއްކަމުގައި ވާންޖެހޭނެއެވެ. އަމިއްލަ ނަފްސުގެ މައްޗަށް ބާރުފޯރުވޭ ހެޔޮ ވިސްނޭ މީހެއް ކަން ސާބިތުކޮށް ދިނުމުގެ އިތުރުން އިޙްތިރާމް ލިބިގެންވާ މީހެއް ކަމުގައި ވާންޖެހޭނެއެވެ. އޭނާގެ ކައިރިއަށް ޒިޔާރަތްކުރާ މެހުމާނުންނަށް ހެޔޮ ގޮތުގައި މެހުމާންދާރީ އަދާ ކުރުމާއެކު މީސްތަކުންނަށް ތެދު ޚަބަރު އަންގައިދެވޭފަދަ އަމަލުތަކުގެ ވެރިއެއް ކަމުގައި ވާންޖެހޭނެއެވެ.


އެމީހުން ދައުވާ ކުރަމުން ދިޔައީ ކައިވެނި ކުރުމަކީ ރަނގަޅު ކަމެއް ނޫން ކަމަށާއި ވަކި ބާވަތްތަކެއްގެ ތަކެތި ކެއުމަށް މަނާ ކުރުވަމުންނެވެ. ނަމަވެސް އެކަލާނގެ މިތަކެތި ހެއްދެވީ ތެދު ޙަޤީޤަތް އެނގިފައިވާ އީމާންވީ މީސްތަކުން މިތަކެތި ކާހިނދު އެމީހުން އެކަމަށްޓަކައި ޝުކުރުވެރި ވާނެ ފަދައިން ވުމަށެވެ.


ކައިވެންޏަށް އެންމެން ވެސް އިޙްތިރާމް ކުރަންވާނެއެވެ. އަބަދުވެސް ބައިވެރިޔާއަށް ވަފާތެރި ވާންވާނެވެ. އެހެނީ ކައިވެނީގައި ބޭވަފާތެރިވާ މީހުންނާއި ވަހުޝީ މީހުންނަށް މާތްރަސްކަލާނގެ ޢަޒާބު ދެއްވާނެއެވެ.


ကြှနျုပျတို့နောကျလိုကျပါ:

ကြော်ငြာတွေ


ကြော်ငြာတွေ