މައްތާ 8:13 - ކިތާބުލް މުޤައްދަސާ13 އެއަށް ފަހު އީސާގެފާނު އެ އޮފިސަރަށް ވިދާޅުވިއެވެ. ”ތިބާ އެނބުރި ގެއަށްދޭ. ތިބާގެ އީމާންތެރިކަމުގެ ސަބަބުން ތިބާގެ ނޯކަރުގެ ބަލި ރަނގަޅުވާނެ.“ ހަމަ އެހިނދު، އެ އޮފިސަރުގެ ނޯކަރުގެ ބަލި ފަސޭހަވިއެވެ. အခန်းကိုကြည့်ပါ။ |
އީސާގެފާނު ޖަވާބު ދެއްވިއެވެ. ”އެއީ ތިޔަބައިމީހުންގެ އީމާންތެރިކަމުގެ ކުޑަކަމުން. އަހަރެން މިބުނަނީ ތެދެއް. ތިޔަބައިމީހުންގެ އީމާންތެރިކަން ރެވި އޮށެއްހާ ބޮޑު ކަމުގައި ވިނަމަވެސް މި ފަރުބަދައަށް ’ތިޔަ ހުރި ތަނުން ލުހިގެން ދާށޭ‘ ތިޔަބައިމީހުން ބުނިކަމުގައިވާނަމަ، އެ ފަރުބަދަ އެ ހުރިތަނުން ލުހިގެން ދާނެމެ. އަދި ހަމަ އެހެންމެ ތިޔަބައިމީހުންނަށް ނުކުރެއްވޭނެ އެއްވެސް ކަމެއް ނޯންނާނެ.“
ދެން އީސާގެފާނު އެމީހާއަށް ވިދާޅުވިއެވެ. ”މިވާހަކަ އެއްވެސް މީހެއްގެ ކައިރީގައި ނުބުނާތި. އެކަމަކު ތިބާގެ ހަށިގަނޑު އިމާމަކަށް ދެއްކުމަށްދޭ. އަދި މިފަދަ ބަލިތައް ޖެހިފައިވާ މީހުން ފަސޭހަ ވުމުން ތައުރާތުގައި މޫސާގެފާނު އިރުޝާދު ދެއްވާފައިވާ ފަދައިން ޤުރުބާންތައް ހުށަހަޅާ. އެއީ ހުރިހާ އެންމެންނަށް ތިޔަބަލިން ތިބާ ރަނގަޅުވެއްޖެކަން އަންގައި ދިނުމަށް ޓަކާ.“