މައްތާ 8:12 - ކިތާބުލް މުޤައްދަސާ12 އެކަމަކު މާތްރަސްކަލާނގެ ރަސްކަންފުޅު ތައްޔާރު ކުރެވިގެން ވަނީ ގިނަ ބަނީއިސްރާއީލުންނަށް ކަމުގައި ވިޔަސް، އެ ރަސްކަންފުޅުން އެބައިމީހުން ބޭރުކުރެވި، އަދި އެތަނެއްގައި މީސްތަކުން ލިބޭ ވޭނުން ރޮއި އަދި ދަތް ކުނޑިވިކަމުން ދާ ފަދަ އަނދިރި ކަމުގެ ތެރެއަށް އެބައިމީހުން އެއްލައިލެވޭނެ.“ အခန်းကိုကြည့်ပါ။ |
އެކަލާނގެ ރަސޫލުންނާއި ނަބީބޭކަލުންނަށް އެކަލާނގެ އެންގެވީ ހަމަ ތިޔަބައިމީހުންނަށް މި ކަންތައްތައް އަންގައިދިނުމަށް. އަދި މާތްރަސްކަލާނގެ ކަލޭމެންގެ ކާބަފައިކަލުން ކަމުގައިވާ އިބްރާހީމްގެފާނަށް ކުރެއްވި ޢަހުދުނާމާއަކީ ހަމަ ކަލޭމެންނާއެކުގައި ވެސް ކުރެވިފައިވާ ޢަހުދުނާމާއެއް. އަދި މި ޢަހުދުނާމާއާ ބެހޭ ގޮތުން ކަލޭމެންނަށް ވެސް ވަނީ އެންގެވިފަ. މާތްރަސްކަލާނގެ އިބްރާހީމްގެފާނަށް ވަޙީކުރެއްވި. ’ކަލޭގެ ދަރިކޮޅުގެ މީހެއް މެދުވެރިކޮށް ތިމަންކަލާނގެ މުޅި ދުނިޔޭގެ އެންމެންގެ މައްޗަށް ރަޙުމަތް ލައްވާނަމޭ.‘