Biblia Todo Logo
အွန်လိုင်း သမ္မာကျမ်းစာ

- ကြော်ငြာတွေ -




މައްތާ 8:10 - ކިތާބުލް މުޤައްދަސާ

10 މިވާހަކަތައް އީސާގެފާނު އަޑުއައްސަވައި އެކަލޭގެފާނު ޙައިރާންވެ ވަޑައިގެންނެވިއެވެ. އަދި އެކަލޭގެފާނުގެ އަރިހުގައި ތިބި މީސްތަކުންނާއި ދިމާލަށް އެނބުރި ވަޑައިގަންނަވާ ވިދާޅުވިއެވެ. ”⁠އަހަރެން މިބުނަނީ ތެދެއް. މުޅި ބަނީއިސްރާއީލުންގެ ތެރެއިން ވެސް މިވަރުގެ އީމާންކަން ހުރި މީހަކު އަހަރެން ނުދެކެން!

အခန်းကိုကြည့်ပါ။ ကော်ပီ




މައްތާ 8:10
9 ပူးပေါင်းရင်းမြစ်များ  

ޔޫސުފުގެފާނުގެ އަޚުން އެބައިމީހުންގެ އުމުރުގެ ތަރުތީބުން އެކަލޭގެފާނުގެ ކުރިފުޅުމަތީގައި އިށީނދެގެން ތިއްބެވެ. އެއީ އެންމެ ދޮށީ މީހާއިން ފެށިގެން އެންމެ ހަގު މީހާއަށް ހަމައަށް ތަރުތީބުންނެވެ. މިކަންތައް ކުރެއްވި ގޮތުން އެބައިމީހުން އެކަކު އަނެކެއްގެ މޫނަށް ހައިރާން ކަމާއެކު ބަލަމުން ދިޔައެވެ.


އީސާގެފާނު ޖަވާބުގައި ވިދާޅުވިއެވެ. ”⁠ދައްތާ. ދައްތަގެ އީމާންތެރިކަން ވަރަށް ވެސް މަތިވެރި. ދައްތަ އެދިގެންވާ ކަމެއް އަހަރެން ދައްތައަށް ކޮށްދޭނަން.⁠“ އަދި ހަމަ އެ ހިނދު އެ އަންހެނާގެ ދަރިފުޅު ބަލިން ފަސޭހަވެ ރަނގަޅުވިއެވެ.


ގިނަ ބަޔަކު އިރުމަތީ ފަރާތުންނާއި ހުޅަނގުފަރާތުން އައިސް އިބްރާހީމްގެފާނާއި، އިސްޙާޤުގެފާނާއި، އަދި ޔަޢުޤޫބުގެފާނާއި އެކުގައި އިށީނދެ ތިބެ މާތްރަސްކަލާނގެ ރަސްކަންފުޅުގައި ޖާފަތުން ކާނެ.


އެހެނީ އަޅުގަނޑަކީ ވެސް އަޅުގަނޑުގެ މައްޗަށް ތިބި އޮފިސަރުންގެ ދަށުގައި ހުރި މީހަކީން. ހަމައެހެންމެ އަޅުގަނޑުގެ އަމުރުވެރިކަމުގެ ދަށުގައި ފަހުލަވާނުން އެބަތިބި. އޭގެތެރެއިން ފަހުލާނަކަށް އަޅުގަނޑު ދާން އެންގުމުން އޭނާ ދޭ. އަދި ފަހުލަވާނަކަށް އަޅުގަނޑު އަންނަން އެންގުމުން އެ ފަހުލަވާނަކު އާދޭ. އަޅުގަނޑުގެ ނޯކަރަށް ކަމެއް ކުރުމަށް އަމުރު ކުރުމުން އެ ނޯކަރު އެކަމެއް ކުރޭ.⁠“


މިބައިމީހުންގެ އީމާންތެރިކަން ދެކެވަޑައިގެން އީސާގެފާނު އެބަލި މީހާއަށް ވިދާޅުވިއެވެ. ”⁠ރަޙުމަތްތެރިޔާ. ކަލޭގެ ފާފަތައް ފޮހެވިއްޖެ.⁠“


އީސާގެފާނު އަންހެން މީހާއަށް ވިދާޅުވިއެވެ. ”⁠ކަލޭގެ އީމާންތެރިކަމުގެ ސަބަބުން ކަލޭ ދިންނަވައިފި. ހިތްހަމަޖެހިގެން ދޭ!⁠“


އީސާގެފާނަށް އިވިވަޑައިގެން ރޯމުގެ ސިފައިންގެ މީހާގެ މިބަސްތަކުގެ ސަބަބުން އީސާގެފާނު ހައިރާންވެ ވަޑައިގެން އެކަލޭގެފާނުގެ އަރިހުގައި ވީ މީސްތަކުންނަށް ވިދާޅުވިއެވެ. ”⁠މިފަދަ މަތިވެރި އީމާންކަމެއް މުޅި ބަނީއިސްރާއީލުންގެ ތެރެއިން ވެސް އަހަރެން ނުދެކެން.⁠“


އެމީހުން މި ކަންތައްތަކުން ހައިރާންވެ ބުންޏެވެ. ”⁠މި ވަނީ ކިހިނެއް؟ އަހަރެމެންގެ އަމިއްލަ ޤައުމުގެ ބަސްތަކުން މިހާ ފުރިހަމަކޮށް ވާހަކަ ދައްކާ މިއެންމެންނަކީ ގަލީލީގެ މީހުންނެއް ނޫންތަ؟ އަހަރެމެންނަކީ ދުނިޔޭގެ އެކި ޤައުމުތަކުގެ މީހުން. އެކަމަކު އަހަރެމެންނަށް މިއިވެނީ އަހަރެމެންގެ އަމިއްލަ ބަސްތަކުން މިމީހުން ވާހަކަ ދައްކާ އަޑު.


ကြှနျုပျတို့နောကျလိုကျပါ:

ကြော်ငြာတွေ


ကြော်ငြာတွေ