Biblia Todo Logo
အွန်လိုင်း သမ္မာကျမ်းစာ

- ကြော်ငြာတွေ -




މައްތާ 8:1 - ކިތާބުލް މުޤައްދަސާ

1 އީސާގެފާނު ފަރުބަދަ މަތިން ތިރިއަށް ފައިބައި ވަޑައިގެންނެވި ހިނދު، އެކަލޭގެފާނުގެ އަރިހަށް ގިނަ ޢަދަދެއްގެ ބަޔަކު އައިސް ތިއްބެވެ.

အခန်းကိုကြည့်ပါ။ ကော်ပီ




މައްތާ 8:1
12 ပူးပေါင်းရင်းမြစ်များ  

ފަރީސީނުންގެ ބޭނުމަކީ ކޮބައިކަން އީސާގެފާނު ދެނެވަޑައިގެން އެތަން ދޫކުރައްވާ ވަޑައިގެންނެވިއެވެ. އަދި ގިނަ ޢަދަދެއްގެ މީހުން އެކަލޭގެފާނުގެ ފަހަތްޕުޅުގައި ދިޔައެވެ. އެމީހުންގެ ތެރޭގައި ތިބި ހުރިހާ ބަލިމީހުންނަށް ޝިފާ ދެއްވިއެވެ.


ގިނަ ޢަދަދެއްގެ ބަޔަކު އެބައިމީހުންގެ ތެރޭގައިވާ ކޮރުމީހުންނާއި ވާބަލީގެ މީހުންނާއި ލޯފަން މީހުންނާއި މަންމަނުންނާއި އަދި މިނޫން ވެސް އެހެނިހެން ބަލިތައް ޖެހިފައިވާ މީހުން އީސާގެފާނުގެ ފައިންޕުޅު ދޮށަށް ގެނައެވެ. އަދި އެކަލޭގެފާނު އެ ހުރިހާ އެންމެންގެ ބަލި ހެޔޮކޮށްދެއްވިއެވެ.


އެ ހިނދު އެތަނުގައި ގިނަ ޢަދަދެއްގެ ބަޔަކު އެކަލޭގެފާނުގެ އަރިހުގައި ވިއެވެ. އަދި އެބައިމީހުންގެ ތެރޭގައިވާ ގިނަ ބައެއްގެ ބަލި އެކަލޭގެފާނު ރަނގަޅު ކޮށްދެއްވިއެވެ.


އީސާގެފާނާއި އެކަލޭގެފާނުގެ އަސްޙާބީން ޖެރިކޯއިން ފުރި ހިނދު ގިނަ ޢަދަދެއްގެ ބަޔަކު އެކަލޭގެފާނުގެ ފަހަތްޕުޅުން އައެވެ.


ގަލީލީ އާއި ދެކާޕޮލިސް އާއި ޖެރޫސަލަމް އާއި ޖުދެއާ ކަރައިންނާއި އަދި އުރުދުން ކޯރުގެ އިރުމަތިފަރާތުގެ ސަރަހައްދުގައިވާ ރަށްތަކުގެ މީހުން އެކަލޭގެފާނުގެ ފަހަތްޕުޅުން ދިޔައެވެ.


އެހެނީ އެކަލޭގެފާނު އުނގަންނަވައި ދެއްވީ އެމީހުންގެ ދީނުގެ ދަންނަބޭކަލުންގެ ގޮތުގައެއް ނޫނެވެ. އެއާ ޚިލާފަށް އެކަލޭގެފާނު އުނގަންނަވައި ދެއްވީ އާރާއިބާރު ލިބިވަޑައިގެންފައިވާ ބޭކަލެއްގެ ގޮތުގައެވެ.


އީސާގެފާނަށް އެކަލޭގެފާނުގެ ވަށައިގެން ތިބި މީސްތަކުންގެ ގިނަކަން ފާހަގަ ކުރެއްވުނު ހިނދު، ކަނޑު ހުރަސްކޮށް އެ ކަނޑުގެ އަނެއްފަރާތަށް ދިއުމަށް އެކަލޭގެފާނުގެ އަސްޙާބީންނަށް އަމުރު ކުރެއްވި އެވެ.


ކުއްލިއަކަށް ޖުޒާމުބަލި ޖެހިފައިވާ މީހަކު އީސާގެފާނުގެ އަރިހަށް އައިސް އެކަލޭގެފާނުގެ ކުރިފުޅު މަތީގައި ކަކޫމައްޗަށް ތިރިވެ ދެންނެވިއެވެ. ”⁠މާތްސާހިބާ. ކަލޭގެފާނު އެދިވަޑައިގަންނަވާނަމަ، ކަލޭގެފާނަށް އަޅުގަނޑު މި ބަލިން ފަސޭހަކޮށް ސާފުތާހިރު ކުރެވިދާނެ.⁠“


އީސާގެފާނު އެކަލޭގެފާނުގެ އަސްޙާބީންނާއިއެކު ގަލީލީ ކަނޑަށް ވަޑައިގަތެވެ. އަދި އެކަލޭގެފާނުގެ ފަހަތްޕުޅުން ގިނަ ޢަދަދެއްގެ ބަޔަކު ދިޔައެވެ. އެބައިމީހުންގެ ތެރޭގައި ގަލީލީންނާއި ޖުދެއާއިންނާއި، ޖެރޫސަލަމުންނާއި، އިދުމެއާގެ ސަރަހައްދުންނާއި، އުރުދުން ކޯރުގެ އިރުމަތީ ރަށްތަކުގެ އިތުރުން، އެ ސަރަހައްދުގެ ވަށައިގެންވީ ރަށްތަކުގެ ތެރެއިން ޞޫރާއި ޞައިދޫންގެ އަހުލުވެރިން ވެސް ވިއެވެ. މިބައިމީހުން އީސާގެފާނުގެ އަރިހަށް އައި ސަބަބަކީ އެކަލޭގެފާނު ކުރައްވަމުން ގެންދަވާ މުޢުޖިޒާތީ ކަންތައްތަކުގެ ޚަބަރު ލިބުމުންނެވެ.


އެހެން ނަމަވެސް އީސާގެފާނުގެ ޚަބަރު އެރަށުގެ ތެރެއަށް ފެތުރިގެން ހިނގައްޖެއެވެ. އަދި ނަތީޖާއެއްގެ ގޮތުން އެތައް ބަޔަކު އެކަލޭގެފާނުގެ ބަސްފުޅުގެ އަޑު އެހުމަށާއި ބަލިތަކުން ފަސޭހަވުމަށް އެދި އެކަލޭގެފާނުގެ އަރިހަށް އައެވެ.


ကြှနျုပျတို့နောကျလိုကျပါ:

ကြော်ငြာတွေ


ကြော်ငြာတွေ