މައްތާ 7:6 - ކިތާބުލް މުޤައްދަސާ6 ޤުދުސީވެގެންވާ ތަކެތި ކުއްތާތަކަށް ނުދީ. އެއީ އެ ކުއްތާތައް މީހުންނާ ކުރިމަތިލާ ހަމަލާދޭ. އަދި ތިޔަބައިމީހުންގެ އަތުގައިވާ މުތްތައް އޫރުތަކުގެ ކުރިމައްޗަށް ނުއުކާ. އެއީ އެ އޫރުތައް އެ މުތްތަކަށް ފައިން އަރާ މުގުރާ ލާނެ.“ အခန်းကိုကြည့်ပါ။ |
އެކަމަކު މާތްރަސްކަލާނގެ ދަރިކަލުންގެ ޤަދަރު ކުޑަކޮށް އެކަލޭގެފާނުގެ ލޭފޮދުގެ އަގު ވައްޓާލާ މީހާ އެ ކުރަނީ އަދި މާ ނުބައި ކަމެކެވެ. އެހެނީ އެކަލޭގެފާނުގެ ލޭފޮދު އޮހޮރުވިފައި އެވަނީ އަހަރެމެން ސާފުތާހިރު ކުރެއްވުމަށް އެކަލާނގެ ކުރެއްވި ވަޢުދުފުޅަކާ އެއްގޮތްވާ ގޮތުގެ މަތިންނެވެ. ވީއިރު އަހަރެމެންނަށް ނިޢުމަތްދެއްވާ މާތްރޫޙުފުޅާ މެދު އެ ކުރެވެނީ ކިހާ ބޮޑު އިހާނާތެއް ހެއްޔެވެ؟ އެފަދަ ކަމެއް ކުރާ މީހަކަށް ހުރީ ކިހާ ބޮޑު ސަޒާއެއް ހެއްޔެވެ؟
މިހެން ކަންތައް ވެފައި ހުރެމެ އެމީހުން އީމާންކަން ދޫކޮށްލައިފިނަމަ އަލުން އެމީހުން ތައުބާ ކުރުވައިގެން އީމާންކަމުގެ ތެރެއަށް ގެނައުމަކީ ކުރެވޭނެ ކަމެއް ނޫނެވެ. އެހެން ކަންތައް ކުރުމުން އެމީހުން ދެވަނަ ފަހަރަށް މާތްރަސްކަލާނގެ ދަރިކަލުން ސަލީބަށް އަރުވައި މީސްތަކުންގެ ކުރިމަތީގައި އެކަލޭގެފާނު ލަދުގަންނަވާލަނީއެވެ.