Biblia Todo Logo
အွန်လိုင်း သမ္မာကျမ်းစာ

- ကြော်ငြာတွေ -




މައްތާ 7:29 - ކިތާބުލް މުޤައްދަސާ

29 އެހެނީ އެކަލޭގެފާނު އުނގަންނަވައި ދެއްވީ އެމީހުންގެ ދީނުގެ ދަންނަބޭކަލުންގެ ގޮތުގައެއް ނޫނެވެ. އެއާ ޚިލާފަށް އެކަލޭގެފާނު އުނގަންނަވައި ދެއްވީ އާރާއިބާރު ލިބިވަޑައިގެންފައިވާ ބޭކަލެއްގެ ގޮތުގައެވެ.

အခန်းကိုကြည့်ပါ။ ကော်ပီ




މައްތާ 7:29
23 ပူးပေါင်းရင်းမြစ်များ  

އީސާގެފާނު އެބޭކަލުންނާއި ހަމައަށް ވަޑައިގެން ވިދާޅުވިއެވެ. ”⁠އުޑާއި ބިމުގައިވާހާ އަމުރުވެރިކަން އަހަރެންނަށް ވަނީ ދެއްވާފަ.


އަހަރެން ތިޔަބައިމީހުންނަށް ބުނަން. ފަރީސީންނާއި އަދި ދީނުގެ އެހެނިހެން ދަންނަބޭކަލުންނަށް ވުރެން ބޮޑަށް ތިޔަބައިމީހުންނަށް ކިޔަމަންތެރިކަން އަދާނުކުރެވޭހާ ހިނދަކު ތިޔަބައިމީހުންނަށް މާތްރަސްކަލާނގެ ރަސްކަންފުޅުގެ ތެރެއަކަށް ނުވަދެވޭނެ.⁠“


އެކަމަކު އަހަރެން ތިޔަބައިމީހުންނަށް ބުނަން. ތިބާ ޖިންސީ އެދުން ހިތުއަޅައިގެން އަންހެނަކާ ދިމާއަށް ބަލާލިޔަސް ތިބާއަށް ހިތުން ޒިނޭއެއް ކުރެވި ނިމިއްޖެ.


އެކަމަކު އަހަރެން ތިޔަބައިމީހުންނަށް ބުނަން. ’⁠ތިޔަބައިމީހުންގެ އަނބީން، ޖިންސީ ފާފައެއް ނުކުރާހާ ހިނދަކު، ވަރިކޮށްގެން ނުވާނެޔޭ!⁠‘ އެހެނީ އެކަމުގެ ސަބަބުން އެ އަންހެނާއަށް ޒިނޭ ކުރެވެން މެދުވެރިވެދާނެ! އަދި އެއަންހެނާއާ އިންނަ ފިރިހެނާ ވެސް، މީހެއްގެ އަނތްބަކާއެކު ޒިނޭގެ ގުޅުން ހިންގާ މީހެއް ފަދައިން ވެދާނެ!⁠“


އެކަމަކު ތިޔަބައިމީހުންގެ ޢަދާވާތްތެރިން ދެކެ ލޯބިވުމަށް އަހަރެން ތިޔަބައިމީހުންނަށް ބުނަން. ތިޔަބައިމީހުންނަށް އިހާނާތްތެރިކޮށް ހިތާ މީހުންނަށް ހެޔޮ އެދި ދުޢާކުރޭ.


އީސާގެފާނު މިބަސްފުޅުތައް ވިދާޅުވެ ނިމުމުން އެއްވެފައި ތިބި މީހުން އެކަލޭގެފާނުގެ އުނގަންނަވައި ދެއްވުމާއި މެދު ހައިރާންވިއެވެ.


އީސާގެފާނު ފަރުބަދަ މަތިން ތިރިއަށް ފައިބައި ވަޑައިގެންނެވި ހިނދު، އެކަލޭގެފާނުގެ އަރިހަށް ގިނަ ޢަދަދެއްގެ ބަޔަކު އައިސް ތިއްބެވެ.


އީސާގެފާނު ވިދާޅުވިއެވެ. ”⁠އެހެންވެއްޖިއްޔާ އަހަރެން މިކުރާ ކަންތައްތައް ކުރަން އަހަރެންނަށް އަމުރު ލިބުނީ ކޮންފަރާތަކުން ކަމެއް އަހަރެން ވެސް ކަލޭމެން ގާތު ބުނާކަށް ނުޖެހޭނެ.⁠“


އެއީ އެދުވަހު އަހަރެން ކަލޭމެން ބުނަންވީ ބަސްތަކާއި ބުއްދި ކަލޭމެންނަށް ދޭނަން. އެއީ އެއާއިމެދު ކަލޭމެންގެ ދުޝްމިނުންނަށް އެއްބަސްނުވެ ދެކޮޅު ނެހެދޭނެ ފަދަ ތެދު ޙިކުމަތްތެރި ބަސްތައް ކަމުގައި ވާނެ.


ނަމަވެސް މާތްރަސްކަލާނގެ މާތްރޫޙުފުޅު މެދުވެރިކޮށް އިސްތިފާނުއަށް ލިބެމުން ދިޔަ އެހީއާއި ވިސްނުމާއި ޙިކުމަތުގެ ސަބަބުން އެމީހުންނަކަށް އިސްތިފާނު އާއި ދެކޮޅަށް ޖަދަލުކޮށް ބަހުސް ކުރުމުގެ ކުޅަދާނަކަމެއް ނުލިބުނެވެ.


ကြှနျုပျတို့နောကျလိုကျပါ:

ကြော်ငြာတွေ


ကြော်ငြာတွေ