Biblia Todo Logo
အွန်လိုင်း သမ္မာကျမ်းစာ

- ကြော်ငြာတွေ -




މައްތާ 7:26 - ކިތާބުލް މުޤައްދަސާ

26 އަހަރެންގެ ބަސްތައް އަޑުއިވި އެއަށް އަމަލު ނުކުރާ މީހާ އަކީ މަޑު ފަސްގަނޑުގެ މަތީގައި ގެ ބިނާކުރި މީހެއް ފަދަ މޮޔައެއް.

အခန်းကိုကြည့်ပါ။ ကော်ပီ




މައްތާ 7:26
9 ပူးပေါင်းရင်းမြစ်များ  

ބުއްދިވެރި އަންހެނާ އޭނާގެ ގެ އާބާދު ކުރެއެވެ. މޮޔަ އަންހެނާ ގެ ބަރުބާދު ކުރެއެވެ.


”⁠އަހަރެންގެ ބަސްތައް އަޑުއަހައި އެއަށް އަމަލުކޮށް އުޅޭ މީހަކީ ހިލަތަކުގެ މަތީގައި ގެ ބިނާ ކުރިފަދަ ބުއްދިވެރިއެއް.


ނުހަނު ބޮޑަށް ވާރޭ ވެހި ފެންބޮޑުވެ ވައިގަދަވެ އެ ގެއަށް އެކަމުގެ އަސަރު ކުރާނެ. ނަމަވެސް އެ ގެއެއް ނުވެއްޓޭނެ. ސަބަބަކީ އެ ގެ ބިނާކޮށްފައި ވަނީ ހިލައިގެ މަތީގައި ކަމުގައިވާތި.


ގަދައަށް ވާރޭވެހި، ފެންބޮޑުވެ، އަދި ވައިގަދަވެ އެ ގެއަށް އެކަމުގެ އަސަރު ފޯރުމުން އެގެ ވެއްޓި ފުނޑުފުނޑުވެގެން ހިނގައިދާނެ.⁠“


ނަމަވެސް އަހަރެންގެ ބަސްތަކުގެ އަޑުއަހާ އެއަށް އަމަލުނުކޮށް އުޅޭ މީހަކީ ބިންގަލަކާ ނުލާ މަޑު ފަސްގަނޑެއްގެ މަތީގައި ގެއެއް އެޅި މީހަކާއި އެއްފަދަ މީހެއް. ބޮޑު ރާޅުތަކުގެ ހަމަލާ އެގެއަށް ލިބުމާއިއެކު މުޅި ގެ ފުނޑުފުނޑުވެ ވީރާނާވެ ނެތި ހިނގައްޖެ.⁠“


މޮޔަޔާ! ހެޔޮ އަމަލުތައް ކުރުންމަތީގައި ނުވެ އީމާންތެރިކަމުގެ މާނައެއް ނެތްކަން ސާބިތުކޮށްދިނުމަށް ތިބާ އެދެމުތަ؟


ތިމަންރަސްކަލާނގެ، އިސްރާއީލުގެ ވެރި މާތްކަލާނގެ އަންގަވާފައި ވާނީ ކަލެއާއި ކަލޭގެ އާއިލާ ތިމަންކަލާނގެއަށް ޚިދުމަތްކުރުމަށް އިމާމުންގެ ގޮތުގައި އަބަދުވެސް ވާނެކަމަށް. އެހެނެއްކަމަކު މިހާރު ކަންތައް މިދަނީ މާ މައްޗަށް. ތިމަންކަލާނގެ މިހާރު މި އަންގަވަނީ ތިމަންކަލާނގެ ޤަދަރު ކުރައްވާނީ ތިމަންކަލާނގެއަށް ޤަދަރު ކުރާ ބަޔަކަށޭ. ތިމަންކަލާނގެއަށް ނިކަމެތިކޮށް ހިތާމީހުން ވާނީ ނިކަމެތި ކުރެވިގެންވާ މީހުންގެ ތެރޭގައޭ.


ကြှနျုပျတို့နောကျလိုကျပါ:

ကြော်ငြာတွေ


ကြော်ငြာတွေ