20 ހަމައެފަދައިން، ދޮގު ނަބީންނަކީ ކޮބައިކަން އެމީހުންގެ އަމަލުތަކުން ތިޔަބައިމީހުންނަށް އެނގޭނެ.“
”ރަނގަޅު މޭވާ އަޅާނީ ރަނގަޅު ގަހެއްގައި. އަދި ނުބައި މޭވާ އަޅާނީ ނުބައި ގަހެއްގައި. އެހެނީ ގަހުގެ ބާވަތް އެނގޭނީ އޭގެ މޭވާއިން.
އެފަދަ މީހުންގެ އަމަލުތަކުން އެމީހުންނީ ކޮންފަދަ ބައެއްކަން ތިޔަބައިމީހުންނަށް އެނގޭނެ. ކަށިގަސްތަކަކުން މޭބިސްކަދުރެއް އަދި ވައްތީނިއެއް ނުބިނދެވޭނެ.
ގަހަކުން ލިބޭ ފައިދާ އެނގޭނީ އެގަހެއްގައި އަޅާ މޭވާއެއްގެ ގޮތުން. ކަށި ގަހަކުން މީހަކަށް ވައްތީންޏެއް ނުބިނދެވޭނެ. އަދި ކަށި ވެލަކުން މޭބިސްކަދުރެއް ވެސް ނުލިބޭނެ.
އެހެން ކަމުން އަހަރެން ތިޔަބައިމީހުންނަށް ބުނަން. މި ބައިމީހުން އެކުރާ ކަންތަކާ ނުބެހޭ. އެމީހުން އެކުރާ ކަމެއް ކުރަން ދޫކޮށްލާ. އެމީހުން އެ ކުރާ ކަންތަކަކީ އިންސާނެއްގެ ރޭވުމެއްގެ މަތިން ކުރާކަމެއް ނަމަ އެކަން އުވި ނެތިގެން ހިނގައިދާނެ.
އަހަރެންގެ އަޚުންނާއި އުޚުތުންނޭވެ! ވައްތީނި ގަހަކުން ޒައިތޫނި ލިބިދޭނޭ އެއްވެސް ގޮތެއް ނުވެއެވެ. އަދި މޭބިސްކަދުރު ވެލަކުން ވައްތީނި ލިބިދޭނޭ ގޮތެއް ވެސް ނުވެއެވެ. ހަމައެފަދައިން ލޮނުފެނުގެ އާރަކުން މީރު ފެން ލިބިދޭނޭ ގޮތެއް ވެސް ހަމަ ނުވެއެވެ.